Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 43:27 - ކިތާބުލް މުޤައްދަސާ

27 އެބައިމީހުންގެ ޙާލުއަޙުވާލާއި ޚަބަރު އައްސަވައި އެކަލޭގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން އަހަރެންގެ ގާތު ބުނި ތިޔަބައިމީހުންގެ މުސްކުޅިވެފައިވީ ބަފައިކަލުންގެ ހާލު ކިހިނެއްތަ؟ އެކަލޭގެފާނު ދިރި ދުނިޔޭގައި އެބަ ހުންނެވިތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 43:27
12 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އެކަލޭގެފާނުގެ ބަފައިކަލުން މިފަދައިން ވިދާޅުވިއެވެ. ”⁠އެސަރަހައްދަށް ދޭ. އަދި ތިބާގެ އަޚުންނާއި ކަންބަޅިތަކުގެ ޙާލަކީ ކޮބައިތޯ ބެލުމަށް ފަހު އެނބުރި އައިސް އަހަރެންނަށް އެބައިމީހުންގެ ޚަބަރުދީ.⁠“ އެގޮތުގެ މަތިން ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނު ޙަބްރޫންގެ ވާދީން ފޮނުއްވިއެވެ. ޔޫސުފުގެފާނު ޝަކީމްގެ ރަށްބޭރާ ހަމައަށް ވަޑައިގެންނެވިއެވެ.


ޔޫސުފުގެފާނު ވިދާޅުވިއެވެ. ”⁠ޢިއްޒަތްތެރި ސާހިބާ. ތިޔަފަދަ ކަންތައްތަކަކީ އަޅުގަނޑުގެ އަމިއްލަ ނަފްސަށް ކުޅަދާ ކަންތައްތަކެއް ނޫންމެ. ނަމަވެސް މާތްކަލާނގެ މަނިކުފާނު ހިތްޕުޅާވާ ފަދައިން ތިޔަ ހުވަފެންތަކުގެ މާނަ އަންގަވައި ދެއްވާނެ.⁠“


އަޅުގަނޑުމެން އެންމެންނީ އެއްބަފާ ކުދިން. އަޅުގަނޑުމެންނަކީ ތެދުވެރި ބައެއް. ޖާސޫސޫންނެއް ނޫން.⁠“


އެބައިމީހުން ވިސްނައިދިނުމުގެ ގޮތުން މިފަދައިން ބުންޏެވެ. ”⁠ސާހިބާ. އަޅުގަނޑުމެންނީ އެއްބަފާ ބާރަ ކުދިންގެ ތެރެއިން ހިމެނިގެންވީ ދިހަ ކުދިން. އަޅުގަނޑުމެންގެ ބަފައިކަލުންނާއި އެކުގައި އަޅުގަނޑުމެން ދިރިއުޅެމުން ގެންދަނީ ކަންޢާނުގައި. އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ވަނީ ބަފައިކަލުންނާއި އެކުގައި ކަންޢާނުގައި. އަދި އަޅުގަނޑުމެންގެ ދެންހުރި ކޮއްކޮ މިހާރަކު ދުނިޔެއަކު ނެތް.⁠“


އެކުދިން ޖަވާބުގައި ބުންޏެވެ. ”⁠އަހަރެމެންގެ އާއިލާ އާއި ބެހޭ ގޮތުން ފަރުވާތެރިކަމާއެކު އޭނާ ސުވާލުތައް ކުރައްވަމުން ގެންދެވި. އަހަރެމެންގެ ބަފައިކަލުން ދުނިޔޭގައި ހުންނެވިތޯ އާއި، އިތުރު އެހެން ކޮއްކޮއަކު ހުރިތޯ އޭނާ އަހާ އޮޅުންފިލުވި. އަހަރެމެން އޭނާގެ ސުވާލުތަކަށް ޖަވާބުދާރީވީ. އަހަރެމެންނަށް ކިހިނެއްތަ އެނގޭނީ އަހަރެމެންގެ އެހެން ކޮއްކޮއެއް ހުރިނަމަ އެރަށަށް އޭނާ ގެންދިއުމަށް އޭނާ އެދިވަޑައިގަންނަވާނެ ކަމެއް؟⁠“


އެކަލޭގެފާނުގެ އަޚުންނަށް އެކަލޭގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންނަކީ ޔޫސުފު. އަހަރެންގެ ބަފައިކަލުން މިއަދު ދުނިޔޭގައި އެބަ ހުންނެވިތަ؟⁠“ ނަމަވެސް އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނަށް ޖަވާބެއް ނުދެއްވައި ހަނުހިމޭނުން ތިއްބެވެ. އެއީ ކަލޭގެފާނުދެކެ އެބައިމީހުން ބިރުގަނެފައި ވުމުގެ ސަބަބުންނެވެ.


ދެން މޫސާގެފާނު ވަޑައިގެން އެކަލޭގެފާނުގެ ބަފާކަލޭގެއާ ބައްދަކުރެއްވިއެވެ. އެކަލޭގެފާނު އޭނާއަށް ކުރުނީސް ކުރައްވައި ބޮސްދެއްވައި ހެއްދެވިއެވެ. އަދި ދެބައިމީހުން އެކަކު އަނެކެއްގެ ހާލު އަހުވާލު އަހައި އޮޅުން ފިލުއްވިއެވެ. އޭގެ ފަހުން އެމީހުން މޫސާގެފާނުގެ ފޭލިގެކޮޅަށް ދިޔައެވެ.


ދާއޫދު ގެނައި ތަކެތި ބަނޑޭރިކަލޭގެއާ ހަވާލުކޮށްފައި ދުވެގޮސް އޭނާގެ ބޭބެމެންނާ ހަނގުރާމައިގެ މައިދާނުން ބައްދަލު ކޮށް ހާލު ކިހިނެއް ހޭ އަހައިފިއެވެ.


އޭނާ ދިހަ ޒުވާނުން ނާބާލްގެ ގާތަށް ފޮނުވައިފިއެވެ. އޭނާ އެމީހުންނަށް އެންގީ ކަރްމަލަށް ގޮސް ނާބާލް ހޯދާފައި އޭނާގެ ސަލާމް ރައްދުކޮށް ދޭށޭ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ