Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 43:26 - ކިތާބުލް މުޤައްދަސާ

26 ޔޫސުފުގެފާނު ގަނޑުވަރަށް ވަޑައިގަތުމުން، އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިގެން އެކަލޭގެފާނަށް ވެދުމަށް ގެނައި ހަދިޔާތައް އެރުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 43:26
11 ပူးပေါင်းရင်းမြစ်များ  

އެންމެހާ ވަންހަތަކުގެ މީސްތަކުން ދަރިފުޅުގެ އަމުރަށް ކިޔަމަންތެރިވެ ދަރިފުޅަށް ޚިދުމަތް ކުރާނެ. ދަރިފުޅުގެ ގާތްތިމާގެ މީހުންގެ މައްޗަށް ދަރިފުޅު ވެރިކަން ހިންގުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާނެ. އަދި ދަރިފުޅުގެ އެއްބަނޑު ކުދިން ދަރިފުޅަށް ކުރުނީސް ކުރާނެ. ދަރިފުޅަށް ބަދު ކަންތައްތަކަށް ހިތާ ފަރާތްތަކާއި މެދު މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. އަދި ދަރިފުޅަށް ބަރަކާތަށް އެދޭ ފަރާތްތަކަށް ބަރަކާތް ލެވިގެންވާނެ.⁠“


އެއަށް ފަހު އެކަލޭގެފާނު އާއިލާގެ އެންމެ ކުރީގައި ހުންނަވައިގެން ޢީސޫއާއި ބައްދަލު ކުރުމަށް ހިންގަވާ ވަޑައިގެންނެވިއެވެ. އަދި ޢީސޫއާއި ހަމައަށް ދެވުމުގެ ކުރިން، ޢީސޫއަށް ޤަދަރު ކުރުމުގެ ގޮތުން ބިންމަތީގައި އެކަލޭގެފާނުގެ އިސްތަށިފުޅުޖައްސަވައި ހަތްފަހަރު ގުދުވެ ކުރުނީސް ކުރެއްވިއެވެ.


އޭރު މިޞްރުގެ ގަވަރުވަނަރަކަށް ހުންނެވީ ޔޫސުފުގެފާނެވެ. އެކަލޭގެފާނަކީ އެ ހުރިހާ ގޮވާމެއް ވިއްކުމާ ހަވާލުވެ ހުންނެވި ވެރިޔާއެވެ. ޔޫސުފުގެފާނުގެ ބޭބެއިން އައިސް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިފިއެވެ.


އެއަށް ފަހު އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނު އެބައިމީހުންނާއި މުޚާތަބު ކުރައްވައި މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަކަމުގައި އިތުރު އެހެން ގޮތެއް ނެތް ކަމުގައިވާނަމަ އަހަރެން މި ބުނާ ފަދައިން އަމަލުކުރޭ. މި ރަށުން ލިބެންހުރި އެންމެ ރަނގަޅު ބާވަތްތަކުން ކަލޭމެންގެ ގޯނިތައް ފުރާލާ. ބާމާއި، މާމުޔާއި، ހުވަނދާއި ޕިސްތާ ބަދަނާއި އަލްމަންޑުގެ އިތުރުން ހަވާދުގެ ބާވަތްތައް އެ ރަށުގެ އަމީރަށް ހަދިޔާގެ ގޮތުގައި ގެންދޭ.


އެބައިމީހުން ޖަވާބުގައި މިފަދައިން ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ ޚާދިމު، އަޅުގަނޑުމެންގެ ބަފައިކަލުން ހެޔޮ ޙާލުކޮޅުގައި ދުނިޔޭގައި އެބަހުންނެވި.⁠“ މިހެން ބުނުމަށް ފަހު، އެބައިމީހުން ޔޫސުފުގެފާނަށް ޤަދަރުކުރުމުގެ ގޮތުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސް ކުރިއެވެ.


ދެން މޫސާގެފާނު ވަޑައިގެން އެކަލޭގެފާނުގެ ބަފާކަލޭގެއާ ބައްދަކުރެއްވިއެވެ. އެކަލޭގެފާނު އޭނާއަށް ކުރުނީސް ކުރައްވައި ބޮސްދެއްވައި ހެއްދެވިއެވެ. އަދި ދެބައިމީހުން އެކަކު އަނެކެއްގެ ހާލު އަހުވާލު އަހައި އޮޅުން ފިލުއްވިއެވެ. އޭގެ ފަހުން އެމީހުން މޫސާގެފާނުގެ ފޭލިގެކޮޅަށް ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ