Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 43:24 - ކިތާބުލް މުޤައްދަސާ

24 ޚާދިމްކަލޭގެ އެބައިމީހުން ޔޫސުފުގެފާނުގެ ގަނޑުވަރަށް ގެންގޮސް އެބައިމީހުންގެ އަތްފައި ދޮވުމަށްޓަކައި ފެން ދިނެވެ. އަދި އެބައިމީހުންގެ ސަވާރީތައް ކަމުގައިވާ ހިމާރުތަކަށް ކާން ދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 43:24
7 ပူးပေါင်းရင်းမြစ်များ  

މިއަޅާއަށް ގެނެވިފައި މިވާ ފެންފޮދުން ތިޔަބޭކަލުންގެ ދެ ފައިތިލަ ދޮންނެވުމަށް ފަހު މިގަހުގެ ހިޔަލުގައި އަރާމު ކުރައްވާ.


ލޫޠުގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑުމިއީ ތިޔަ ބޭކަލުންގެ ޚާދިމަކީން. ތިޔަ ބޭކަލުން ފެންވަރާ ނިދިކުރެއްވުމަށް އަޅުގަނޑުގެ ގެއަށް މެހެމާނުންގެ ގޮތުގައި ދުރުވޭ. މާދަމާ އިރުއެރުމުން ތިޔަބޭކަލުންގެ މަގުގައި ކުރިއަށް ދުރުވޭ.⁠“ އެމަލާއިކަތުން ވިދާޅުވިއެވެ. ”⁠ނޫން އަހަރެމެން މިރަށުގެ މައިދާނުގައި މިރޭ މަޑުކޮށްލަފާނަން.⁠“


އެހެންވެ އިބްރާހީމްގެފާނުގެ ޚާދިމު ލަބާން އާއިއެކުގައި އެ ގެއަށް ދިޔައެވެ. އަދި ޖަމަލުތަކުގެ މަތީގައިވާ އެންމެހާ މުދާތައް ލަބާން ބާލައިދީ ޖަމަލުތަކަށް ވިނަ ކާންދީހެދުމަށް ފަހު ޚާދިމުކަލޭގެއަށް ފެން ގެނެސް ދިނެވެ. އެއީ އެކަލޭގެ އާއި އަދި އެކަލޭގެއާއި އެކުގައި ވީ މީސްތަކުންގެ ފައި ދޮވުމަށެވެ.


ދެން ދާއޫދުގެފާނު އުރިއްޔާ އަށް އެންގެވިއެވެ. ”⁠އަރާމުކޮށްލަން ގެޔަށްދޭ!⁠“ ދެން އުރިއްޔާ ރަސްގެފާނުގެ ގަނޑުވަރުން ނިކުމެއްޖެއެވެ. ރަސްގެފާނު އޭނާ ދާން ނުކުތީމާ އޭނާއަށް ހަދިޔާއެއް ވެސް ފޮނުއްވިއެވެ.


ދެން އެކަލޭގެފާނު އެ އަންހެންމީހާ އާއި ދިމާލަށް އެނބުރިވަޑައިގަތް ޝަމްއޫނަށް ވިދާޅުވިއެވެ. ”⁠މި އަންހެން މީހާ މިކަންތައް ކުރިގޮތް ދެކެބަލަ. އަހަރެން ކަލޭގެ ގެއަށް އައީ ކަލޭ ދަޢުވަތު ދިނީމަ. އެކަމަކު ކަލޭ އަހަރެންގެ ފައި ދޮވެލުމަށް ފެންފޮދެއް ވެސް ނުދޭ. ނަމަވެސް މި އަންހެން މީހާ އޭނާގެ ކަރުނައިން އަހަރެންގެ ފައި ދޮވެ އޭނާގެ އިސްތަށިގަނޑުން ފޮހެދިން.


ހުވަފަތް މިފަދަ އަންހެނުންނަށް މީހުންގެ އިޙްތިރާމް ލިބިދޭނެ ސަބަބަކީ އެކަނބަލުން ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެކަނބަލުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރި ނަމައެވެ. އެކަނބަލުންނާއި ބީރައްޓެހި ފަރާތްތަކަށް ހެޔޮކޮށް ހިތި ނަމައެވެ. އެކަނބަލުންގެ ޚިދުމަތް މަސީޙީންނަށް އިޚުލާސްތެރި ކަމާއެކު ލިބިދިން ނަމައެވެ. ދަތިޙާލުގައި ވީ ފަރާތްތަކަށް އެކަނބަލުން އެހީތެރިވި ނަމައެވެ. އެކަނބަލުން އަބަދުވެސް ހެޔޮ އަމަލުތަކަށް ތައްޔާރު ވެގެންހުންނަ ނަމައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ