Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 43:23 - ކިތާބުލް މުޤައްދަސާ

23 ދެން ޚާދިމުކަލޭގެ މިފަދައިން ޖަވާބު ދިނެވެ. ”⁠އެއީ އެއްވެސް ކަމެއް ނޫން. އެއްގޮތަކަށް ވެސް ތިޔަކަމާއި ބިރު ނުގަނޭ. ތިޔަބައިމީހުންގެ ގޯނިތަކަށް އެފައިސާ ލައްވާފައި އެވަނީ ތިޔަބައިމީހުންގެ ކަލާނގެ، އަދި ތިޔަބައިމީހުންގެ ކާބަފައިންގެ ވެސް ވެރި ކަލާނގެމެ. ތިޔަބައިމީހުން ގޮވާން ގަތުމަށްޓަކައި ކުރީފަހަރު އަހަރެންގެ އަތަށް ދިން ފައިސާ އަހަރެންނަށް ހަމައަށް ލިބުނު.⁠“ އެއަށް ފަހު ޚާދިމުކަލޭގެ ޝިމްޢޫން ޖަލުން ނެރެގެން އެބައިމީހުންގެ ގާތަށް ގެނައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 43:23
17 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ޔޫސުފުގެފާނު އެތަނުން ދުރަށް ވަޑައިގެން ކީރިތިކުރައްވަން ފެއްޓެވިއެވެ. އޭގެ ފަހުން އެކަލޭގެފާނު އެބައިމީހުންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވުމަށް ފަހު އިތުރަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ޖަލުގައި ހައްޔަރު ކުރާނޭ މީހަކަށް އެކަލޭގެފާނު ޝިމްޢޫން ޚިޔާރު ކުރެއްވިއެވެ. ހަމަ އެ ހިނދު އެމީހުންގެ ކުރިމަތީގައި ޝިމްޢޫން ބަނދެލައިފިއެވެ.


އެ ހިނދު އޭނާގެ އަނެއް އަޚުންނަށް މިފަދައިން ބުންޏެވެ. ”⁠އަހަރެން ގޮވާން ގަތުމަށް ދިން ފައިސާ މިހިރީ އަނބުރާ ދީފައި. އަހަރެން ދިން ފައިސާތައް މިހިރީ އަހަރެންގެ ގޯނި ތެރޭގައި!⁠“ މިކަންތައްތައް ވީ ގޮތުން އެ އެންމެން ނުހަނު ބިރުގަތެވެ. އަދި އެކަކު އަނެކަކަށް މިފަދައި ބުނަމުން ދިޔައެވެ. ”⁠މާތްކަލާނގެ އަހަރެމެންނަށް މިޖައްސަވަނީ ކޮން ފަދަ ކަންތައްތަކެއް؟⁠“


އެ ހިނދު ޔަޢުޤޫބުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ހުރިހާ އެންމެން އަހަރެންގެ ޔޫސުފާއި ޝިމްޢޫން އަހަރެންނާއި ވަކިކުރުވައިފި! މިހާރު ތިޔަ އުޅެނީ ބަންޔާމީން އާއި އަހަރެންނާއި ވަކިކުރުވަން! އެންމެހާ ކަންތައްތައް ތިޔަ ކުދިން ކުރަމުން ތިޔަ ގެންދަނީ އަހަރެންނާއި ދެކޮޅަށް.⁠“


ކަލޭމެން އެ ރަށުގެ އަމީރާއި ބައްދަލުކުރާ ހިނދު އޭނާ ކަލޭމެންނަށް ރަޙުމް ކުރައްވައި ޝިމްޢޫން ދޫކޮށްލައި އަދި ބަންޔާމީން ކަލޭމެންނާއި އެކުގައި އެނބުރި ފޮނުވުމަށް އެދި ކުޅަދުންވަންތަ ކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަމު. ނަމަވެސް އަހަރެންގެ ދަރިން އަހަރެންނަށް ގެއްލުނަސް އަހަރެންނަށް ލިބޭ ހިތާމަތަކަށް އަހަރެން ކެތްތެރިވާނަމު.⁠“


އަދި އަޅުގަނޑުމެން މިފަހަރު ގަންނަ ގޮވާމަށް އަގު އަދާކުރާނޭ އިތުރު ފައިސާ ވެސް އަޅުގަނޑުމެން ގެނައީމު. ކުރީފަހަރު އަޅުގަނޑުމެން ގޮވާމަށް ދިން ފައިސާ އަޅުގަނޑުމެންގެ ގޯނިތަކުގެ ތެރެއަށްލީ ކާކުކަމެއް އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ނޭނގެ.⁠“


ކަލޭމެން ގެއަކަށް ވަންނައިރު އެގެއެއްގެ ބަޔަކަށް ސަލާމް ލެއްވުމަށް އެދޭތި.


މިހުރިހާ އަސްޙާބީން މިކަމާއިމެދު ވާހަކަ ދައްކަމުން ގެންދަނިކޮށް މިމީހުންނަށް ފެނުނީ ޚުދު އީސާގެފާނު އެތާނގައި ވަނިކޮށެވެ. އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭމެންގެ މައްޗަށް ސަލާމް ލައްވާށި.⁠“


އަހަރެން ކަލޭމެންނާއި ވަކިވެ މިދަނީ ކަލޭމެންނަށް ހަދިޔާއެއް ދީފައި، އެ ހަދިޔާއަކީ ފުރާނައިގެ ހިތްހަމަޖެހުން. މި ހިތްހަމަޖެހުމަކީ އަހަރެންގެ ފަރާތުން ކަލޭމެންނަށް ލިބިދޭ ހިތްހަމަޖެހުމެއް. އަދި މިދުނިޔޭގެ އެއްވެސް އުފަލަކުން ކަލޭމެންނަކަށް ފުރާނައިގެ ހިތްހަމަ ޖެހުމެއް ނުހޯދޭނެ. ވީމާ އެއްވެސް ކަމަކާއި ކަންބޮޑުވެ ބިރުގަނެގެން ނޫޅޭ.


އެއީ އެ އާދީއްތަ ދުވަހުގެ ހަވީރު އީސާގެފާނުގެ އަސްޙާބީން އެއްތަންވެ ދޮރުލައްޕައިގެން ތިއްބެވެ. އެއީ ބަނީއިސްރާއީލުންގެ ވެރިން ދެކެ ބިރުންނެވެ. ދެން އީސާގެފާނު ވަޑައިގެން އެމީހުންގެ މެދަށް ހުއްޓިވަޑައިގެން ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް!⁠“


ދެން އެކަލޭގެފާނު އަނެއްކާވެސް އެމީހުންނަށް ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް! އަހަރެން ކަލޭމެން މިފޮނުވަނީ ބައްޕާފުޅު އަހަރެން ވެސް ފޮނުއްވި ފަދައިން!⁠“


ހަފުތާއެއްގެ ފަހުން އަނެއްކާވެސް އަސްޙާބީންތައް އެތެރޭގައި އެއްތަންވެ ތިއްބެވެ. އޭރު ތޯމާސް ވެސް އެމީހުންނާ އެކުގައި ހުއްޓެވެ. ދޮރުތައް ހުރީ ތަޅުލާފައެވެ. އެކަމަކު އީސާގެފާނު ވަޑައިގެން އެމީހުންގެ މެދަށް ހުއްޓިވަޑައިގެންފައި ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް!⁠“


އަދި އޭނާގެ ގާތު މިހެން ބުނާށޭ ވެސް ބުންޏެވެ. ”⁠ދާއޫދު ކަލެއަށާއި ކަލޭގެ އާއިލާއަށް ދިގު އުމުރެއް ދެއްވައި ތަނަވަސްކަން އިތުރު ކުރެއްވުން އެދި ހެޔޮ ދުޢާ ސަލާމް ފޮނުވައޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ