ފެށުން 43:22 - ކިތާބުލް މުޤައްދަސާ22 އަދި އަޅުގަނޑުމެން މިފަހަރު ގަންނަ ގޮވާމަށް އަގު އަދާކުރާނޭ އިތުރު ފައިސާ ވެސް އަޅުގަނޑުމެން ގެނައީމު. ކުރީފަހަރު އަޅުގަނޑުމެން ގޮވާމަށް ދިން ފައިސާ އަޅުގަނޑުމެންގެ ގޯނިތަކުގެ ތެރެއަށްލީ ކާކުކަމެއް އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ނޭނގެ.“ အခန်းကိုကြည့်ပါ။ |
ދެން ޚާދިމުކަލޭގެ މިފަދައިން ޖަވާބު ދިނެވެ. ”އެއީ އެއްވެސް ކަމެއް ނޫން. އެއްގޮތަކަށް ވެސް ތިޔަކަމާއި ބިރު ނުގަނޭ. ތިޔަބައިމީހުންގެ ގޯނިތަކަށް އެފައިސާ ލައްވާފައި އެވަނީ ތިޔަބައިމީހުންގެ ކަލާނގެ، އަދި ތިޔަބައިމީހުންގެ ކާބަފައިންގެ ވެސް ވެރި ކަލާނގެމެ. ތިޔަބައިމީހުން ގޮވާން ގަތުމަށްޓަކައި ކުރީފަހަރު އަހަރެންގެ އަތަށް ދިން ފައިސާ އަހަރެންނަށް ހަމައަށް ލިބުނު.“ އެއަށް ފަހު ޚާދިމުކަލޭގެ ޝިމްޢޫން ޖަލުން ނެރެގެން އެބައިމީހުންގެ ގާތަށް ގެނައެވެ.