Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 43:21 - ކިތާބުލް މުޤައްދަސާ

21 އަދި އެފަހަރު އަޅުގަނޑުމެން އެނބުރި ރަށަށް ދިޔަ މަގުމަތީގައި ރޭވުމުން އަޅުގަނޑުމެން ތަނެއްގައި މަޑުކޮށް އަޅުގަނޑުމެންގެ ގޯނިތައް ހުޅުވި އިރު އަޅުގަނޑުމެން ގޮވާން ގަތުމަށް ދިން ފައިސާ އަޅުގަނޑުމެންގެ ގޯނިތަކުގެ ތެރޭގައި ހުރި. އަދި މިފަހަރު އަޅުގަނޑުމެން އެނއެބުރި މިއައީ އެފައިސާ ވެސް ހިފައިގެން.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 43:21
12 ပူးပေါင်းရင်းမြစ်များ  

އަދި ކަލޭމެންގެ ގޯނިތަކުގެ ތެރެއަށް ކުރީ ފަހަރު ލާފައި އޮތް ފައިސާގެ ދެގުނަ އިތުރަށް ފައިސާ ގެންދޭ. ފަހަރެއްގައި އެ ފައިސާ ލެވިފައި އެވަނީ ކޮންމެވެސް މީހަކަށް އޮޅިގެން ކަމުގައި ވެދާނެ.


ވީމާ، އެބައިމީހުން ޔަޢުޤޫބުގެފާނު ވިދާޅުވި ފަދައިން ހަދިޔާތައް ބަންދު ކޮށްގެން ކުރީފަހަރަށް ވުރެން ދެގުނަ އިތުރަށް ފައިސާ ހިފައިގެން އަދި ބަންޔާމީން ގޮވައިގެން މިޞްރަށް ގޮސް ޔޫސުފުގެފާނާއި ބައްދަލު ކުރިއެވެ.


އަދި އެބައިމީހުން މިފަދައިން އެމީހާއަށް ބުންޏެވެ. ”⁠ސާހިބާ. އަޅުގަނޑުމެން މީގެކުރިން ފަހަރެއްގައި މިރަށަށް ގޮވާން ގަތުމަށް އައީމު.


އަދި އަޅުގަނޑުމެން މިފަހަރު ގަންނަ ގޮވާމަށް އަގު އަދާކުރާނޭ އިތުރު ފައިސާ ވެސް އަޅުގަނޑުމެން ގެނައީމު. ކުރީފަހަރު އަޅުގަނޑުމެން ގޮވާމަށް ދިން ފައިސާ އަޅުގަނޑުމެންގެ ގޯނިތަކުގެ ތެރެއަށްލީ ކާކުކަމެއް އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ނޭނގެ.⁠“


އަހަރެމެންގެ ގޯނިތަކުގައި ވީ ފައިސާ އަހަރެމެންނަށް ކަންޢާނުން ފެނުނު ހިނދު، އެ ފައިސާ އަނބުރާ އަހަރެމެން ގެނެސް ދިނީމު. ވީމާ، ތިބާގެ ސާހިބާގެ ގަނޑުވަރުން ރަންކޮޅެއް ވެސް ރިހިކޮޅެއް ވެސް އަހަރެމެން ވަގަކަށް ނުނަގަމު.


ކަލޭމެން އަހަރެމެންނަށްޓަކައި ދުޢާ ކުރުންމަތީ ތިބޭށެވެ. އަހަރެމެންގެ ޒަމީރު ސާފުސީދާކަން އަހަރެމެންނަށް އެނގެއެވެ. އަހަރެމެން ދިރިއުޅެމުން ދާއިރު ކުރާ ކޮންމެ ކަމެއް ކުރުމަށް ހިތްއެދެނީ ހެޔޮ ގޮތުގައެވެ.


ފައިސާ ދެކެ ލޯބި ނުވާށެވެ. އަތުގައި ހުރި މިންވަރަކާ މެދު ރުހިގެން ތިބޭށެވެ. އެހެނީ މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ ތިމަންކަލާނގެ ކަލޭމެން އެއްލަވާ ނުލައްވާނަމޭ އެވެ. އަދި ކަލޭމެން ދޫކޮށް ވެސް ނުލައްވާނަމޭ އެވެ.


އީމާންނުވެތިބި އަވަށްޓެރިން ތިޔަބައިމީހުންނީ ވިޔާނުދާ ބައެއް ކަމުގައި ބުނެ ބަދުނާމުކުރާނެއެވެ. ނަމަވެސް ތިޔަބައިމީހުންގެ ހެޔޮ އަމަލު ތައް އެބައިމީހުން ބަލާނެއެވެ. އަދި ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ މަތިވެރިކަމާމެދު ސަނާ ކިޔާނެއެވެ.


އަދި ތިޔަބައިމީހުންގެ ޟަމީރުގެ ސާފު ކަމާއެކުގައެވެ. އެހެންވީމާ، ތިޔަބައިމީހުންނާއި ދެކޮޅަށް ނޭދެވޭ ވާހަކަތައް ދައްކަމުން ދާ ބަޔަކުނަމަ، ތިޔަބައިމީހުން އުޅެމުންގެންދާ ހެޔޮލަފާ ދިރިއުޅުން ފެނި އެބައިމީހުން ލަދުވެތިވާނެއެވެ. ސަބަބަކީ ތިޔަބައިމީހުން އަލްމަސީޙަށް އީމާން ވެގެންވުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ