Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 43:20 - ކިތާބުލް މުޤައްދަސާ

20 އަދި އެބައިމީހުން މިފަދައިން އެމީހާއަށް ބުންޏެވެ. ”⁠ސާހިބާ. އަޅުގަނޑުމެން މީގެކުރިން ފަހަރެއްގައި މިރަށަށް ގޮވާން ގަތުމަށް އައީމު.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 43:20
9 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނުގެ އެންމެހާ އަޚުން މިފަދައިން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ނޫން ސާހިބާ! އަޅުގަނޑުމެން މި ޤައުމަށް މިއައީ ސާހިބާގެ ޚާދިމުންގެ ގޮތުގައި ހަމައެކަނި ގޮވާން ގަތުމުގެ ބޭނުމުގައި.


އެބައިމީހުން ދަތުރުކޮށް ދިޔަ މަގުމަތީގައި އިރުއޮއްސުމާއެކު އެބައިމީހުން މަޑުކުރިއެވެ. އެ ހިނދު އޭގެތެރެއިން އެކަކު އޭނާގެ ހިމާރަށް ކާންދިނުމަށްޓަކައި އޭނާގެ ގޯނި މޮހާލިއިރު އޭނާ ގޮވާން ގަތުމަށް ދިން ފައިސާތައް އެ ގޯނީގެ ތެރޭގައިވާ ގޮވާންތަކުގެ މަތީގައި ހުރިތަން އޭނާއަށް ފެނުނެވެ.


އެގޮތުގެ މަތިން ޔޫސުފުގެފާނާއި އެއްބަފާ ދިހަ ބެއިން މިޞްރަށް ގޮވާން ގަތުމަށް އެ ރަށަށް ދިއުމަށް ދަތުރު ފެށިއެވެ.


އޭގެ ފަހުން އެ ހުރިހާ އެންމެން އެމީހުންގެ ގޯނިތައް މޮހެ ގޮވާންތައް ހުސްކުރަމުން ދިޔަ ހިނދު އެއިން ކޮންމެ މީހެއްގެ ގޯނީގެ ތެރޭގައި އެމީހުން ގޮވާން ގަތުމަށް ދިން ފައިސާތައް ހުއްޓާ ފެނުނެވެ. މި ފައިސާ އެބައިމީހުންނަށާއި އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނަށް ފެނިވަޑައިގެންނެވި ހިނދު ބިރުވެތިވެ ވަޑައިގަތެވެ.


އެމީހުން ޔޫސުފުގެފާނުގެ ގަނޑުވަރުގެ ދޮރާއްޓާއި އަރާ ހަމަވުމާއެކު އެގަނޑުވަރުގެ ކަންތައްތަކާއި ހަވާލުވެގެން ހުރި މީހާގެ ކައިރިއަށް ދިޔައެވެ.


އަދި އެފަހަރު އަޅުގަނޑުމެން އެނބުރި ރަށަށް ދިޔަ މަގުމަތީގައި ރޭވުމުން އަޅުގަނޑުމެން ތަނެއްގައި މަޑުކޮށް އަޅުގަނޑުމެންގެ ގޯނިތައް ހުޅުވި އިރު އަޅުގަނޑުމެން ގޮވާން ގަތުމަށް ދިން ފައިސާ އަޅުގަނޑުމެންގެ ގޯނިތަކުގެ ތެރޭގައި ހުރި. އަދި މިފަހަރު އަޅުގަނޑުމެން އެނއެބުރި މިއައީ އެފައިސާ ވެސް ހިފައިގެން.


ނަމަވެސް ޔަހޫޛާ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެމެން އެރަށަށް ދާނަމަ އަހަރެމެންގެ ކޮއްކޮ ގޮވައިގެން ނޫންގޮތަކަށް އެރަށަށް ގޮސްގެން ނުވާނެ ކަމުގައި ބުނެ އެ ރަށުގެ އަމީރު ވަނީ ވަރަށް ހަރުކަށި އިންޒާރެއް ދެއްވާފަ. އޭނާ ނުލައި އަހަރެމެން ދިޔަ ކަމުގައި ވިއަސް އެ ބޭފުޅާ އާއި ބައްދަލެއް ނުވާނެ.


އެކުދިން ޖަވާބުގައި ބުންޏެވެ. ”⁠އަހަރެމެންގެ އާއިލާ އާއި ބެހޭ ގޮތުން ފަރުވާތެރިކަމާއެކު އޭނާ ސުވާލުތައް ކުރައްވަމުން ގެންދެވި. އަހަރެމެންގެ ބަފައިކަލުން ދުނިޔޭގައި ހުންނެވިތޯ އާއި، އިތުރު އެހެން ކޮއްކޮއަކު ހުރިތޯ އޭނާ އަހާ އޮޅުންފިލުވި. އަހަރެމެން އޭނާގެ ސުވާލުތަކަށް ޖަވާބުދާރީވީ. އަހަރެމެންނަށް ކިހިނެއްތަ އެނގޭނީ އަހަރެމެންގެ އެހެން ކޮއްކޮއެއް ހުރިނަމަ އެރަށަށް އޭނާ ގެންދިއުމަށް އޭނާ އެދިވަޑައިގަންނަވާނެ ކަމެއް؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ