Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 43:19 - ކިތާބުލް މުޤައްދަސާ

19 އެމީހުން ޔޫސުފުގެފާނުގެ ގަނޑުވަރުގެ ދޮރާއްޓާއި އަރާ ހަމަވުމާއެކު އެގަނޑުވަރުގެ ކަންތައްތަކާއި ހަވާލުވެގެން ހުރި މީހާގެ ކައިރިއަށް ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 43:19
8 ပူးပေါင်းရင်းမြစ်များ  

އެކަމަކު އަބްރާމް ދެންނެވިއެވެ. ”⁠ސާހިބުވަންތަ މާތްރަސްކަލާނކޯ! މިއަޅާއަށް ތިޔަ ބަރަކާތްލެއްވުމުގެ އޮތީ ކޮން މޮޅެއްތޯ؟ މިއަޅާއަކަށް އެންމެ ކުޑަމިނުން ދަރިޔަކު ވެސް ލިބިފައެއް ނުވޭ. އިނބަރަސްކަލާނގެ މިއަޅާއަށް ދަރިޔަކު ދެއްވާފައި ނުވާ ހިނދު މިއަޅާގެ ހުރިހާ ތަނަވަސްކަމެއް ދާނީ ދިމިޝްޤުގެ އަލީޢާޒަރަށް.


އެއަށް ފަހު ކަލޭމެންގެ އެންމެ ހަގު ކޮއްކޮ އަހަރެންގެ ކުރިމައްޗަށް މިތަނަށް ގެނެސްދީ. އޭރުން ކަލޭމެންގެ ބުނުންތަކުގެ ދޮގުތެދު އަހަރެންނަށް އެނގި ކަލޭމެން މަރުން ސަލާމަތް ކޮށްދޭނަން.⁠“ ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނުގެ މި ހުށަހެޅުމަށް އެއްބަސްވެ


އެބައިމީހުންނާއި އެކުގައި ބަންޔާމީން ހުރި ތަން ޔޫސުފުގެފާނަށް ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ގަނޑުވެރުގެ އެންމެ އިސް ޚާދިމަށް މިފަދައިން ވިދާޅުވިއެވެ. ”⁠އެބައިމީހުން އަހަރެންގެ ގަނޑުވަރަށް ގެންދޭ. ރަނގަޅު ޖަނަވާރެއް ކަތިލައި ޖާފަތެއް ތައްޔާރުކުރޭ. އަދި މިއަދުގެ މެންދުރުގެ ޖާފަތް އެބައިމީހުން ކުރާނީ އަހަރެންނާއި އެކުގައި.⁠“


ޔޫސުފުގެފާނުގެ އަޚުންނަށް އެބައިމީހުން ގެންދެވުނީ ޔޫސުފުގެފާނުގެ ގަނޑުވަރަށްކަން އެނގުނު ހިނދު ވަރަށް ބިރުގަތެވެ. އަދި އެމީހުން އެކަކު އަނެކަކަށް މިފަދައިން ބުންޏެވެ. ”⁠ޔަޤީން އަހަރެމެން އެތަނަށް މިގެންދަނީ އަހަރެމެންގެ ގޯނިތަކުގެ ތެރޭގައި ވީ ފައިސާގެ ސަބަބުން. އޭނާ އެއުޅެނީ އެފައިސާ އެއީ އަހަރެމެން ވަގަށް ނެގި އެއްޗެއް ކަމަށް ހަދާފަ، އަހަރެމެން އެންމެން އަޅުންގެ ގޮތުގައި ހިފަހައްޓަން. އަދި އަހަރެމެންގެ ހުރިހާ ހިމާރުތައް ވެސް އަތުލަން.⁠“


އަދި އެބައިމީހުން މިފަދައިން އެމީހާއަށް ބުންޏެވެ. ”⁠ސާހިބާ. އަޅުގަނޑުމެން މީގެކުރިން ފަހަރެއްގައި މިރަށަށް ގޮވާން ގަތުމަށް އައީމު.


ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގެ އިސްވެރިއަކަށް ހުރި ޚާދިމަށް މިފަދައިން އަމުރުކުރެއްވިއެވެ. ”⁠އެބައިމީހުންނަށް އުފުއްލެވޭނެ ވަރަކަށް އެބައިމީހުންގެ ގޯނިތަކަށް ގޮވާން އަޅައި ފުރާލާ. އަދި އެއިން ކޮންމެ މީހަކު ގެނައި ފައިސާ އެމީހެއްގެ ގޯނީގެ ތެރެއަށްލާ.


ދުވަސް ނިމުމުން، މަސައްކަތްތެރިންގެ ތެރެއިން އިސްކޮށްހުރި މީހާއަށް މޭބިސްކަދުރު ދަނޑުގެ ވެރިޔާ ބުނި. ’⁠މަސައްކަތްކުރި އެންމެންނަށް ގޮވާ. އަދި އެމީހުންނަށް އުޖޫރަވެސް ދީ. ފަށާނީ އެންމެފަހުން އައި މީހާއިން ފެށިގެން އަދި ނިންމާނީ އެންމެ ފުރަތަމަ އައި މީހާއަށް.⁠‘


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ވަރަށް ބޮޑު މުއްސަންޖަކު ވި. އޭނާގެ މެނޭޖަރު އޭނާގެ އެއްޗިހި އިސްރާފުކުރާ ކަމަށް ތުހުމަތު ކުރެވުނު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ