Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 43:18 - ކިތާބުލް މުޤައްދަސާ

18 ޔޫސުފުގެފާނުގެ އަޚުންނަށް އެބައިމީހުން ގެންދެވުނީ ޔޫސުފުގެފާނުގެ ގަނޑުވަރަށްކަން އެނގުނު ހިނދު ވަރަށް ބިރުގަތެވެ. އަދި އެމީހުން އެކަކު އަނެކަކަށް މިފަދައިން ބުންޏެވެ. ”⁠ޔަޤީން އަހަރެމެން އެތަނަށް މިގެންދަނީ އަހަރެމެންގެ ގޯނިތަކުގެ ތެރޭގައި ވީ ފައިސާގެ ސަބަބުން. އޭނާ އެއުޅެނީ އެފައިސާ އެއީ އަހަރެމެން ވަގަށް ނެގި އެއްޗެއް ކަމަށް ހަދާފަ، އަހަރެމެން އެންމެން އަޅުންގެ ގޮތުގައި ހިފަހައްޓަން. އަދި އަހަރެމެންގެ ހުރިހާ ހިމާރުތައް ވެސް އަތުލަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 43:18
20 ပူးပေါင်းရင်းမြစ်များ  

އެކަކު އަނެކަކަށް މިފަދައިން ބުނަމުން ދިޔައެވެ. ”⁠އަހަރެމެންނަށް މިފަދައިން ޢުޤޫބާތް ލިބެމުން ދަނީ އަހަރެމެންގެ ކޮއްކޮ ޔޫސުފާއި މެދު އަހަރެމެން އަމަލުކުރިގޮތުން. އޭނާ ގަންފައިވާ ބިރާ ހިތާމަތައް އަހަރެމެންނަށް ފެނި، އަހަރެމެންގެ ކިބައިން އޭނާ ސަލާމަތަށް އެދި އާދޭސް ކުރަމުން ގެންދިޔަ ހިނދު އަހަރެމެން ދިނީ ބީރުކަންފަތެއް. މިއަދު އަހަރެމެންނަށް ޖެހިފައި މިވާ މުސީބާތަކީ އެކަމުގެ ނަތީޖާ.⁠“


އެބައިމީހުން ދަތުރުކޮށް ދިޔަ މަގުމަތީގައި އިރުއޮއްސުމާއެކު އެބައިމީހުން މަޑުކުރިއެވެ. އެ ހިނދު އޭގެތެރެއިން އެކަކު އޭނާގެ ހިމާރަށް ކާންދިނުމަށްޓަކައި އޭނާގެ ގޯނި މޮހާލިއިރު އޭނާ ގޮވާން ގަތުމަށް ދިން ފައިސާތައް އެ ގޯނީގެ ތެރޭގައިވާ ގޮވާންތަކުގެ މަތީގައި ހުރިތަން އޭނާއަށް ފެނުނެވެ.


އެ ހިނދު އޭނާގެ އަނެއް އަޚުންނަށް މިފަދައިން ބުންޏެވެ. ”⁠އަހަރެން ގޮވާން ގަތުމަށް ދިން ފައިސާ މިހިރީ އަނބުރާ ދީފައި. އަހަރެން ދިން ފައިސާތައް މިހިރީ އަހަރެންގެ ގޯނި ތެރޭގައި!⁠“ މިކަންތައްތައް ވީ ގޮތުން އެ އެންމެން ނުހަނު ބިރުގަތެވެ. އަދި އެކަކު އަނެކަކަށް މިފަދައި ބުނަމުން ދިޔައެވެ. ”⁠މާތްކަލާނގެ އަހަރެމެންނަށް މިޖައްސަވަނީ ކޮން ފަދަ ކަންތައްތަކެއް؟⁠“


އޭގެ ފަހުން އެ ހުރިހާ އެންމެން އެމީހުންގެ ގޯނިތައް މޮހެ ގޮވާންތައް ހުސްކުރަމުން ދިޔަ ހިނދު އެއިން ކޮންމެ މީހެއްގެ ގޯނީގެ ތެރޭގައި އެމީހުން ގޮވާން ގަތުމަށް ދިން ފައިސާތައް ހުއްޓާ ފެނުނެވެ. މި ފައިސާ އެބައިމީހުންނަށާއި އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނަށް ފެނިވަޑައިގެންނެވި ހިނދު ބިރުވެތިވެ ވަޑައިގަތެވެ.


ވީމާ، އެކަލޭގެފާނު އެންގެވި ފަދައިން އެ ޚާދިމު ކަންތައް ކުރިއެވެ. ދެން އެބައިމީހުން ޔޫސުފުގެފާނުގެ ގަނޑުވަރަށް ގެންދެވުނެވެ.


އެމީހުން ޔޫސުފުގެފާނުގެ ގަނޑުވަރުގެ ދޮރާއްޓާއި އަރާ ހަމަވުމާއެކު އެގަނޑުވަރުގެ ކަންތައްތަކާއި ހަވާލުވެގެން ހުރި މީހާގެ ކައިރިއަށް ދިޔައެވެ.


އަހަރެމެންގެ ގޯނިތަކުގައި ވީ ފައިސާ އަހަރެމެންނަށް ކަންޢާނުން ފެނުނު ހިނދު، އެ ފައިސާ އަނބުރާ އަހަރެމެން ގެނެސް ދިނީމު. ވީމާ، ތިބާގެ ސާހިބާގެ ގަނޑުވަރުން ރަންކޮޅެއް ވެސް ރިހިކޮޅެއް ވެސް އަހަރެމެން ވަގަކަށް ނުނަގަމު.


މި ޚަބަރު ހެރޮދު ރަސްގެފާނަށް ލިބުމާއެކު ބުންޏެވެ. ”⁠އޭނާ އަކީ ޔަޙުޔާގެފާނޭ! އޭނާގެ ބޮލާއި ކަނދުރާ ވަކިކޮށްލީ އަހަރެން، އެކަމަކު އޭނާ އަލުން ދިރިގެން އައީ އޭ!⁠“ މިކަން ހިނގައިދިޔައީ މިފަދައިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ