Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 43:16 - ކިތާބުލް މުޤައްދަސާ

16 އެބައިމީހުންނާއި އެކުގައި ބަންޔާމީން ހުރި ތަން ޔޫސުފުގެފާނަށް ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ގަނޑުވެރުގެ އެންމެ އިސް ޚާދިމަށް މިފަދައިން ވިދާޅުވިއެވެ. ”⁠އެބައިމީހުން އަހަރެންގެ ގަނޑުވަރަށް ގެންދޭ. ރަނގަޅު ޖަނަވާރެއް ކަތިލައި ޖާފަތެއް ތައްޔާރުކުރޭ. އަދި މިއަދުގެ މެންދުރުގެ ޖާފަތް އެބައިމީހުން ކުރާނީ އަހަރެންނާއި އެކުގައި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 43:16
12 ပူးပေါင်းရင်းမြစ်များ  

އެކަމަކު އަބްރާމް ދެންނެވިއެވެ. ”⁠ސާހިބުވަންތަ މާތްރަސްކަލާނކޯ! މިއަޅާއަށް ތިޔަ ބަރަކާތްލެއްވުމުގެ އޮތީ ކޮން މޮޅެއްތޯ؟ މިއަޅާއަކަށް އެންމެ ކުޑަމިނުން ދަރިޔަކު ވެސް ލިބިފައެއް ނުވޭ. އިނބަރަސްކަލާނގެ މިއަޅާއަށް ދަރިޔަކު ދެއްވާފައި ނުވާ ހިނދު މިއަޅާގެ ހުރިހާ ތަނަވަސްކަމެއް ދާނީ ދިމިޝްޤުގެ އަލީޢާޒަރަށް.


އިސްޙާޤުގެފާނު ކިރުތުނބުން ވީއްލައި ކައިބޮއި އުޅެވެން ފެށުމުން އެކަން ފާހަގަ ކުރެއްވުމުގެ ގޮތުން އިބްރާހީމްގެފާނު ވަރަށް ބޮޑު ޖާފަތެއް ދެއްވިއެވެ.


އެހެންވެ އިސްޙާޤުގެފާނު ބޮޑު ޖާފަތެއް އެބޭކަލުންނަށް ތައްޔާރު ކުރެއްވިއެވެ. ދެން އެބޭކަލުން ކައި ބޮއި ހެއްދެވިއެވެ.


އެއަށް ފަހު ޔަޢުޤޫބުގެފާނު އެތަނުގައި ވީ ފަރުބަދައިގެ މަތީގައި މާތްރަސްކަލާނގެ ކިބަފުޅަށް ޖަނަވާރެއް ކަތިލައްވައި ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވިއެވެ. އަދި އެތަނުގައި ވީ އެކަލޭގެފާނުގެ ގާތްތިމާގެ ފަރާތްތަކާއި އެނޫން ވެސް މީހުންނަށް މި ޚާއްސަ ޤުރުބާނުގެ ޖާފަތަށް ދަޢުވަތު ދެއްވިއެވެ. އަދި އެ ހުރިހާ އެންމެން ކައިބޮއި ހެދުމަށް ފަހު އެ ފަރުބަދަ މަތީގައި ރޭ ކުރިއެވެ.


ވީމާ، އެކަލޭގެފާނު އެންގެވި ފަދައިން އެ ޚާދިމު ކަންތައް ކުރިއެވެ. ދެން އެބައިމީހުން ޔޫސުފުގެފާނުގެ ގަނޑުވަރަށް ގެންދެވުނެވެ.


އެމީހުން ޔޫސުފުގެފާނުގެ ގަނޑުވަރުގެ ދޮރާއްޓާއި އަރާ ހަމަވުމާއެކު އެގަނޑުވަރުގެ ކަންތައްތަކާއި ހަވާލުވެގެން ހުރި މީހާގެ ކައިރިއަށް ދިޔައެވެ.


ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގެ އިސްވެރިއަކަށް ހުރި ޚާދިމަށް މިފަދައިން އަމުރުކުރެއްވިއެވެ. ”⁠އެބައިމީހުންނަށް އުފުއްލެވޭނެ ވަރަކަށް އެބައިމީހުންގެ ގޯނިތަކަށް ގޮވާން އަޅައި ފުރާލާ. އަދި އެއިން ކޮންމެ މީހަކު ގެނައި ފައިސާ އެމީހެއްގެ ގޯނީގެ ތެރެއަށްލާ.


އެބައިމީހުންނަށް އަވަށާއި މާދުރަށް ނުދެވެނީސް ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގެ އިސް ޚާދިމަށް މިފަދައިން ވިދާޅުވިއެވެ. ”⁠އެބައިމީހުންގެ ފަހަތުންދޭ. އަދި ތިބާ އެބައިމީހުންނާއި ހަމައަށް ދެވުމުން މިފަދައިންބުނޭ. ’⁠ހެޔޮ ކަމުގެ ބަދަލުގައި ތިޔަފަދަ ނުބައިކަމެއް ތިޔަ ކުރީ ކީއްވެ؟


އެކަމަނާ ޖަނަވާރެއް ކަތިލައި އޭގެ މަހާއި މޭބިސްކަދުރުދިޔަ ގެނެސް ބޮޑު ޖާފަތެއް ތައްޔާރު ކޮށްފިއެވެ.


އަހަރެންގެ އަތުގައި ހުރި ރޮއްޓަކާއި ފެނެއް އަދި އެއްގަމު މަހެއް ތިޔަހެން އައި ނައި ތަނެއް ނޭނގި އަންނަ ބަޔަކަށެއް ނުދޭނަން. އެއީ ކެހެރި ކޮށާ މީހުންނަށް ދޭން ހުރި އެއްޗެހި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ