Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 43:15 - ކިތާބުލް މުޤައްދަސާ

15 ވީމާ، އެބައިމީހުން ޔަޢުޤޫބުގެފާނު ވިދާޅުވި ފަދައިން ހަދިޔާތައް ބަންދު ކޮށްގެން ކުރީފަހަރަށް ވުރެން ދެގުނަ އިތުރަށް ފައިސާ ހިފައިގެން އަދި ބަންޔާމީން ގޮވައިގެން މިޞްރަށް ގޮސް ޔޫސުފުގެފާނާއި ބައްދަލު ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 43:15
6 ပူးပေါင်းရင်းမြစ်များ  

އޭގެ ފަހުން އެ ހުރިހާ އެންމެން އެމީހުންގެ ގޯނިތައް މޮހެ ގޮވާންތައް ހުސްކުރަމުން ދިޔަ ހިނދު އެއިން ކޮންމެ މީހެއްގެ ގޯނީގެ ތެރޭގައި އެމީހުން ގޮވާން ގަތުމަށް ދިން ފައިސާތައް ހުއްޓާ ފެނުނެވެ. މި ފައިސާ އެބައިމީހުންނަށާއި އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނަށް ފެނިވަޑައިގެންނެވި ހިނދު ބިރުވެތިވެ ވަޑައިގަތެވެ.


އެއަށް ފަހު އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނު އެބައިމީހުންނާއި މުޚާތަބު ކުރައްވައި މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަކަމުގައި އިތުރު އެހެން ގޮތެއް ނެތް ކަމުގައިވާނަމަ އަހަރެން މި ބުނާ ފަދައިން އަމަލުކުރޭ. މި ރަށުން ލިބެންހުރި އެންމެ ރަނގަޅު ބާވަތްތަކުން ކަލޭމެންގެ ގޯނިތައް ފުރާލާ. ބާމާއި، މާމުޔާއި، ހުވަނދާއި ޕިސްތާ ބަދަނާއި އަލްމަންޑުގެ އިތުރުން ހަވާދުގެ ބާވަތްތައް އެ ރަށުގެ އަމީރަށް ހަދިޔާގެ ގޮތުގައި ގެންދޭ.


އަދި އެފަހަރު އަޅުގަނޑުމެން އެނބުރި ރަށަށް ދިޔަ މަގުމަތީގައި ރޭވުމުން އަޅުގަނޑުމެން ތަނެއްގައި މަޑުކޮށް އަޅުގަނޑުމެންގެ ގޯނިތައް ހުޅުވި އިރު އަޅުގަނޑުމެން ގޮވާން ގަތުމަށް ދިން ފައިސާ އަޅުގަނޑުމެންގެ ގޯނިތަކުގެ ތެރޭގައި ހުރި. އަދި މިފަހަރު އަޅުގަނޑުމެން އެނއެބުރި މިއައީ އެފައިސާ ވެސް ހިފައިގެން.


ދެން އެއަށް ފަހު، ޔޫސުފުގެފާނު މެންދުރު ވަޑައިގަތުމުގެ ކުރިން އެބައިމީހުން އެކަލޭގެފާނަށް އެރުވުމަށްޓަކައި ގެނައި ހަދިޔާތައް ތައްޔާރު ކުރިއެވެ. އެއީ މެންދުރުގެ ފަރިއްކޮޅު އެބައިމީހުން އެ ގަނޑުވަރުގައި އެކަލޭގެފާނާއި އެކުގައި ކުރަން ހަމަޖެހިފައިވާކަން އެބައިމީހުން އަހާފައިވާތީއެވެ.


ވެރިމީހާގެ ރުހުން ހޯދަން އެންމެން ބޭނުންވެއެވެ. ހަދިޔާދޭ މީހެއްގެ ރައްޓެއްސަކަށް ވާން ވެސް ބޭނުންވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ