Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 43:14 - ކިތާބުލް މުޤައްދަސާ

14 ކަލޭމެން އެ ރަށުގެ އަމީރާއި ބައްދަލުކުރާ ހިނދު އޭނާ ކަލޭމެންނަށް ރަޙުމް ކުރައްވައި ޝިމްޢޫން ދޫކޮށްލައި އަދި ބަންޔާމީން ކަލޭމެންނާއި އެކުގައި އެނބުރި ފޮނުވުމަށް އެދި ކުޅަދުންވަންތަ ކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަމު. ނަމަވެސް އަހަރެންގެ ދަރިން އަހަރެންނަށް ގެއްލުނަސް އަހަރެންނަށް ލިބޭ ހިތާމަތަކަށް އަހަރެން ކެތްތެރިވާނަމު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 43:14
30 ပူးပေါင်းရင်းမြစ်များ  

އަބްރާމްގެ އުމުރުފުޅުން ނުވަދިހަ ނުވަވަނަ އަހަރުގައި މާތްރަސްކަލާނގެ އަބްރާމްއަށް ފާޅުވެ ވޮޑިގަތެވެ. އަދި ވަޙީ ކުރެއްވިއެވެ. ”⁠ތިމަން ކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ! ތިމަންކަލާނގެއަށް ބޯލަނބައި ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރޭ.


އެތަނުގެ ނަމެއްގެ ގޮތުގައި ”⁠މާތްރަސްކަލާނގެ މެދުވެރި ކުރެއްވުން⁠“ ކަމުގައި ވިދާޅުވެ އެތަނަށް އިބްރާހީމްގެފާނު ނަންދެއްވިއެވެ. މި ފޮތް ލިޔުނު ދުވަސްވަރު ހަރުބަހެއްގެ ގޮތުގައި އެޙާދިސާއަށް ނިސްބަތްކުރައްވާ މީސްތަކުން މިފަދައިން ބުނެއުޅުނެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ ފަރުބަދައިގައި މެދުވެރިކޮށްދެއްވާނެ.⁠“


ކުޅަދުންވަންތަ ކަލާނގެ ދަރިފުޅުގެ ކައިވެންޏަށް ރަޙުމަތްލައްވައި ގިނަގުނަ ދަރިން ދެއްވާހުށި. އެގޮތުން ދަރިފުޅު ގިނަ ޤައުމުތަކެއްގެ ބަފައިކަލުން ކަމުގައިވާނެ!


އަދި މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ ހުރިހާ އެންމެންގެ ކާބަފައި ކަމުގައި ވެސް ވާނެމެ.


މާތްރަސްކަލާނގެ ޔޫސުފުގެފާނަށް އެހީތެރިވެ ވޮޑިގެންނެވިއެވެ. ވީމާ، ޖަލު ބެލެހެއްޓުމުގެ އިސްވެރިއަކަށް ހުރި މީހާގެ ހިތުގައި ޔޫސުފުގެފާނާއިމެދު ނުހަނު ހިތްހަމަޖެހުން އުފެދުނެވެ.


އެ ހިނދު ޔޫސުފުގެފާނު އެތަނުން ދުރަށް ވަޑައިގެން ކީރިތިކުރައްވަން ފެއްޓެވިއެވެ. އޭގެ ފަހުން އެކަލޭގެފާނު އެބައިމީހުންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވުމަށް ފަހު އިތުރަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ޖަލުގައި ހައްޔަރު ކުރާނޭ މީހަކަށް އެކަލޭގެފާނު ޝިމްޢޫން ޚިޔާރު ކުރެއްވިއެވެ. ހަމަ އެ ހިނދު އެމީހުންގެ ކުރިމަތީގައި ޝިމްޢޫން ބަނދެލައިފިއެވެ.


އެ ހިނދު ޔަޢުޤޫބުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ހުރިހާ އެންމެން އަހަރެންގެ ޔޫސުފާއި ޝިމްޢޫން އަހަރެންނާއި ވަކިކުރުވައިފި! މިހާރު ތިޔަ އުޅެނީ ބަންޔާމީން އާއި އަހަރެންނާއި ވަކިކުރުވަން! އެންމެހާ ކަންތައްތައް ތިޔަ ކުދިން ކުރަމުން ތިޔަ ގެންދަނީ އަހަރެންނާއި ދެކޮޅަށް.⁠“


އަދި ކަލޭމެންގެ ކޮއްކޮ ގޮވައިގެން މިޞްރުގެ އަމީރު އަރިހަށްދޭ.


ޚާދިމްކަލޭގެ ގޯނިތައް ބަލަމުން ގެންދިޔައީ އެންމެ ދޮށީ ކުއްޖާއިން ފެށިގެން އެންމެ ހަގު ކުއްޖާއަށެވެ. އެންމެފަހުން އެ ތަށި ބަންޔާމީންގެ ގޯނީގެތެރެއިން ފެނިއްޖެއެވެ.


މިއީ ދާއޫދުގެފާނުގެ ދަރިކަލުން އިސްރާއީލުގެ ރަސްގެފާނު ސުލައިމާނުގެފާނުގެ ހަރުބަސްފުޅުތަކެވެ.


މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުމުން އަދާވާތްތެރިން ވެސް އެމީހުނާ ސުލްޙަ ވެއެވެ.


ރަސްގެފާނުގެ ހިތެކޭ މާތްރަސްކަލާނގެ އިރާދަފުޅާ އެއްގޮތަށް ދެމެމުން އަންނަ ކޯރެކޭ ތަފާތެއް ނެތެވެ. މާތްރަސްކަލާނގެ އިރާދަ ކުރެއްވި ކޮޅަކަށް އެކޯރުގެ ފެންގަނޑު ދެމެމުން ދާނެއެވެ.


މާތްރަސްކަލާނގެ މިއަޅާ މެދުވެރިކޮށް ދުނިޔެއަށް މިފޮނުއްވާ ނިޢުމަތުގެ ސަބަބުން އެކަލާނގެ ކިބަފުޅަށް ބިރުވެތިވެ ޙުރުމަތްތެރިކޮށް ހިތާ މީހުންގެ ދަރިދަރިކޮޅަށް ވެސް އެކަލާނގެ ރަޙުމަތްފުޅު ލެއްވިގެން ވާނެ.


ޕިލާތުސް ބުންޏެވެ. ”⁠އަހަރެން ލިޔުނު އެއްޗެއް އަހަރެން އެވަނީ ލިޔެ ނިންމާފައި.⁠“


އަހަރެމެންނަށް ޕައުލް ޖެރޫސަލަމަށް ނުދާނެ ގޮތެއް އެތައް ވަރަކަށް ވާހަކަދައްކާ ވެސް ނުހެދުނެވެ. އެހެން ކަމުން އަހަރެމެން އޭނާއަށް އިތުރަށް އާދޭސް ކުރުން ހުއްޓަލާ ބުނީމެވެ. ”⁠މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަންތައް ވުމަށް އެދި އަހަރެމެން ދުޢާ ކުރަން.⁠“


މާތްރަސްކަލާނގެ އެކަލޭގެފާނަށް ދިމާވި ހުރިހާ އުނދަގުލެއްގައި އެކަލޭގެފާނަށް އެހީފުޅުވެ ވޮޑިގެންވި. އަދި މިޞްރުގެ ވެރިޔާ ފިރުޢައުނުގެ ހިތުގައި އެކަލޭގެފާނުގެ މައްޗަށް ޤަދަރު ލެއްވި. އަދި އޭގެ އިތުރުން މާތްރަސްކަލާނގެ ޔޫސުފުގެފާނަށް ވަރަށް މަތިވެރި ޙިކުމަތްތެރިކަން ވެސް ދެއްވި. މިޞްރުގެ ރަސްގެފާނު ޔޫސުފުގެފާނަށް މުޅި މިޞްރުގެ ގަވަރުނަރުކަން ދެއްވި. އަދި އެ ރަސްގެފާނުގެ ގަނޑުވަރުގެ ހުރިހާ މުދަލަކާއި އަގުހުރި އެއްޗެއް ޔޫސުފުގެފާނުގެ ބެއްލެވުމުގެ ދަށަށް ދޫކޮށްލެއްވި.


އަހަރެންނާއިމެދު މާތްރަސްކަލާނގެ ކޮޅެއްނެތްހާ ކެތްތެރިކަމާއެކު ބައްލަވާ ވޮޑިގެން އަހަރެންފަދަ އެންމެ ނުބައި ފާފަވެރިއަކަށް އެކަލާނގެ ރަޙުމަތްވަންތަކަން ދެއްވުމުގެ ބޭނުންފުޅަކީ އީސާ އަލްމަސީޙާއި މެދު ޢާންމު ނަމޫނާއެއްކަމުގައި އަހަރެން ލެއްވުމެވެ. ހަމައެހެންމެ، އެހެންމީހުން މިކަން ބަލައި އެނގި އެކަލޭގެފާނު ގަބޫލުކޮށް އީމާން ވުމުން ނިމުންނުވާ ޙަޔާތް ލިބުމެވެ.


މި ސިޓީ އަހަރެން މި ލިޔަނީ ތެދުވެރި އީމާންތެރި ދަރިއެއް ކަމުގައިވާ ތިމޮތީ އަށެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ތިބާއަށް ރަޙުމަތާއި ނިޢުމަތުގެ އިތުރުން ސުލްޙަވެރިކަން ދެއްވާށިއެވެ.


މިސިޓީ ލިޔެ މި ފޮނުވަނީ އީމާންތެރިކަމުގައި ވީ އަހަރެންގެ ދަރިފުޅު، ތީތުސް އަށެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު ތިބާއަށް ނިޢުމަތާއި އަދި ސުލްޙަވެރިކަން ދެއްވާށިއެވެ!


މާތްރަސްކަލާނގެ، މަތިވެރި ބައްޕާފުޅު އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙު އަހަރެމެންނަށް ނިޢުމަތާއި ރަޙުމަތް ލެއްވުން އެދި ދުޢާކުރަމެވެ. އެ ފަރާތްޕުޅުން ސުލްޙަވެރިކަމާއި ތެދު ޙަގީގަތާއި އަދި ލޯބި އަހަރެމެންނަށް ދެއްވާށިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ