Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 43:11 - ކިތާބުލް މުޤައްދަސާ

11 އެއަށް ފަހު އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނު އެބައިމީހުންނާއި މުޚާތަބު ކުރައްވައި މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަކަމުގައި އިތުރު އެހެން ގޮތެއް ނެތް ކަމުގައިވާނަމަ އަހަރެން މި ބުނާ ފަދައިން އަމަލުކުރޭ. މި ރަށުން ލިބެންހުރި އެންމެ ރަނގަޅު ބާވަތްތަކުން ކަލޭމެންގެ ގޯނިތައް ފުރާލާ. ބާމާއި، މާމުޔާއި، ހުވަނދާއި ޕިސްތާ ބަދަނާއި އަލްމަންޑުގެ އިތުރުން ހަވާދުގެ ބާވަތްތައް އެ ރަށުގެ އަމީރަށް ހަދިޔާގެ ގޮތުގައި ގެންދޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 43:11
37 ပူးပေါင်းရင်းမြစ်များ  

ދެން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ނޫން. ތިބާގެ ލޮލުން އަހަރެންނާއިމެދުގައި ރުހޭކަން އަހަރެންނަށް ފެންނާނީ އަހަރެންގެ ފަރާތުން މި ހަދިޔާ ތިބާ ގަބޫލު ކުރުމުން. ތިބާ ފެނި އަދި ތިބާ އަހަރެންނަށް މަރުޙަބާ ކީ ހިނދު ތިބާގެ މޫނު ފެނުނު ހިނދު، މާތްކަލާނގެ މޫނުފުޅު ފެނުމެކޭ އެއްފަދަ ވީހެން އަހަރެންނަށް ހީކުރެވުނު.


ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނު ވަޅުގެ ތެރެއަށް ވައްޓާލުމަށް ފަހު އެތަނުގައި އެބައިމީހުން ކާން އިށީނެވެ. އެބައިމީހުން ކާންފެށިތަނާހެން ތަންކޮޅެއް ދުރުން އެބައިމީހުންނާއި ދިމާއަށް ގާފިލާއެއް އަންނަތަން ފެނިއްޖެއެވެ. އެއީ ޖިލްޢާދުން މިޞްރަށްދާ އިސްމާޢީލީންގެ ވިޔަފާރި ގާފިލާއެކެވެ. އެބައިމީހުންގެ ޖަމަލުތައް ބަރުކޮށްފައިވީ ހަވާދާއި މީރުވަސްދުވާ ހުވަނދުންނާއި ބާމުންނެވެ.


މިކަމުގައި އަހަރެމެން ވަގުތުތައް ބޭކާރުކޮށް ނުލިނަމަ ދެފަހަރު އެ ރަށަށް ގޮސްފައި އާދެވޭހާ ދުވަސް މިހާރު ފާއިތުވެ ހިނގައްޖެ.⁠“


ކަލޭމެން އެ ރަށުގެ އަމީރާއި ބައްދަލުކުރާ ހިނދު އޭނާ ކަލޭމެންނަށް ރަޙުމް ކުރައްވައި ޝިމްޢޫން ދޫކޮށްލައި އަދި ބަންޔާމީން ކަލޭމެންނާއި އެކުގައި އެނބުރި ފޮނުވުމަށް އެދި ކުޅަދުންވަންތަ ކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަމު. ނަމަވެސް އަހަރެންގެ ދަރިން އަހަރެންނަށް ގެއްލުނަސް އަހަރެންނަށް ލިބޭ ހިތާމަތަކަށް އަހަރެން ކެތްތެރިވާނަމު.⁠“


ވީމާ، އެބައިމީހުން ޔަޢުޤޫބުގެފާނު ވިދާޅުވި ފަދައިން ހަދިޔާތައް ބަންދު ކޮށްގެން ކުރީފަހަރަށް ވުރެން ދެގުނަ އިތުރަށް ފައިސާ ހިފައިގެން އަދި ބަންޔާމީން ގޮވައިގެން މިޞްރަށް ގޮސް ޔޫސުފުގެފާނާއި ބައްދަލު ކުރިއެވެ.


ދެން އެއަށް ފަހު، ޔޫސުފުގެފާނު މެންދުރު ވަޑައިގަތުމުގެ ކުރިން އެބައިމީހުން އެކަލޭގެފާނަށް އެރުވުމަށްޓަކައި ގެނައި ހަދިޔާތައް ތައްޔާރު ކުރިއެވެ. އެއީ މެންދުރުގެ ފަރިއްކޮޅު އެބައިމީހުން އެ ގަނޑުވަރުގައި އެކަލޭގެފާނާއި އެކުގައި ކުރަން ހަމަޖެހިފައިވާކަން އެބައިމީހުން އަހާފައިވާތީއެވެ.


ޔޫސުފުގެފާނު ގަނޑުވަރަށް ވަޑައިގަތުމުން، އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިގެން އެކަލޭގެފާނަށް ވެދުމަށް ގެނައި ހަދިޔާތައް އެރުވިއެވެ.


އަހަރެން މިއައީ އެމީހުން މިޞްރުގެ މީހުންގެ އަތްދަށުން ސަލާމަތްކުރުމަށް ރަނގަޅު ސަރާސަރު ބިމަކަށް ގެންދިއުމަށް. އެ ބިމަކީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމެއް. އެބިމުގައި މިހާރު ދިރިއުޅެމުން ދަނީ ކަންޢާނީންނާއި ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި، އަދި ޔަބޫސީނުން.


އެހެން މީހެއްގެ ދަރަންޏަކާ ހަވާލުވުމަކީ މޮޔަކަމެކެވެ. ގާތްމީހެއްގެ ދަރަންޏަކާ ވެސް މަތިނުވާށެވެ.


ހަދިޔާއަކީ ދޮރު ހުޅުވައިދޭ އެއްޗެކެވެ. ހަދިޔާތައް، މުހިންމު މީހުންނާ ތިމާ ކައިރިކޮށްދެއެވެ.


ވެރިމީހާގެ ރުހުން ހޯދަން އެންމެން ބޭނުންވެއެވެ. ހަދިޔާދޭ މީހެއްގެ ރައްޓެއްސަކަށް ވާން ވެސް ބޭނުންވެއެވެ.


ސިއްރުން ދެވޭ ހަދިޔާއަކުން ރުޅިއައިސް ހުންނަ މީހާގެ ރުޅިވެރިކަން މަތަވެދެއެވެ.


އަހަރެމެންނަށް ޕައުލް ޖެރޫސަލަމަށް ނުދާނެ ގޮތެއް އެތައް ވަރަކަށް ވާހަކަދައްކާ ވެސް ނުހެދުނެވެ. އެހެން ކަމުން އަހަރެމެން އޭނާއަށް އިތުރަށް އާދޭސް ކުރުން ހުއްޓަލާ ބުނީމެވެ. ”⁠މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަންތައް ވުމަށް އެދި އަހަރެމެން ދުޢާ ކުރަން.⁠“


އަޅުގަނޑު މި ގެނައި ހަދިޔާ ސާހިބުގެ ފަހަތުން އަންނަ ޒުވާނުންނަށް ދެއްވާ.


”⁠އެ އަވަށަށް ވެސް ދެވިދާނެ. އެކަމަކު ދިޔަޔަސް ތިޔަ ބުނާ ނަބީ ބޭކަލަކު ފައިންޕުޅު ފެނިދާނެތަ؟ އަހަރެމެން ގެނައި ކާއެތިކޮޅު ވެސް މިހިރީ ހުސްވެފައި. އެ ކަލޭގެފާނަށް އަހަރެމެން ދޭނީ ކޮން އެއްޗެއް؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ