ފެށުން 42:9 - ކިތާބުލް މުޤައްދަސާ9 އަދި މީގެ އަހަރުތަކެއް ކުރިން ޔޫސުފުގެފާނުގެ ކުރިފުޅުމަތީގައި އެކަލޭގެފާނުގެ އެންމެހާ އަޚުން ކުރުނީސް ކުރަނިކޮށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ މަތިން އެކަލޭގެފާނަށް ހަނދުމަފުޅު ވިއެވެ. އެ ހިނދު އެކަލޭގެފާނު މިފަދައިން އެބައިމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެންނަކީ ޖާސޫސުކުރާ ބަޔަކީމު! ކަލޭމެން މި ޤައުމަށް ތިޔަ އައީ މި ޤައުމުގެ ބަލިފަޔަކީ ކޮބައިތޯ ބެލުމަށް!“ အခန်းကိုကြည့်ပါ။ |
ކަލޭމެންގެ ތެރޭން އެކަކު ގޮސް ކޮއްކޮ ގޮވައިގެން އާދޭ. ދެންތިބި މީހުން އޭނާ އަންނަންދެން ތިބެންޖެހޭނީ ޖަލުގައި. އޭރުން ކަލޭމެންގެ ވާހަކަތަކުގެ ތެދުދޮގު ވެސް އެނގިދާނެ. އެކަމަކު ކަލޭމެން ތިޔަ ހެދީ ދޮގެއް ނަމަ ފިރުޢައުނު ރަސްގެފާނުގެ ފުރާނަ ގަންދީ ބުނަން، އޭރުން ކަލޭމެން ވާނީ ޖާސޫސް ކުރަން އައި ބައެއްކަމަށް.“
ކަލޭމެންގެ އެންމެ ހަގު ކޮއްކޮ ތިމަން ގާތަށް ގެނައިމައޭ. އެހެން ހެދުމުން ކަލޭމެންނަކީ ތެދުވެރި ބައެއް ކަމުގައްޔާއި ޖާސޫސުން ނޫންކަން ތިމަން ޔަޤީންކުރާނަމޭ. އެއަށް ފަހު ހިފެހެއްޓިފައިވާ ކަލޭމެންގެ އަޚާ މިނިވަން ކޮށްދޭނަމޭ. އަދި އެއްވެސް ހުރަހަކާއި ނުލައި ކަލޭމެންނަށް މި ޤައުމަށް އައިސް ވިޔަފާރި ކުރެވޭނެޔޭ.‘“
ޢައްމޫނީންގެ ބޮޑުން ރަސްގެފާނު ހަނޫނަށް ދަންނަވައްޕެވެ. ”ދާއޫދު ރަސްގެފާނު މިތަނަށް މީހުން އެފޮނުއްވީ ކަލޭގެފާނަށް ހެޔޮ އެދި ތައުޒިޔާ ކިޔަންކަމަށް ހީވެލައްވާތޯ؟ އެއްގޮތަކަށް ވެސް އެހެނެއް ނޫން. އެމީހުން އެ ފޮނުއްވީ މިތަނުގެ ކަންތައް ހުރިނެތް ގޮތް ބަލައި ހަނގުރާމައަށް އަންނަންވެގެން ޖާސޫސު ކުރަން.“
ދެން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނުގެ އަރިހަށް ބަޔަކު ޖާސޫސް ކުރުމަށް ފޮނުވިއެވެ. އެމީހުން އީސާގެފާނުގެ އަރިހަށް ދިޔައީ ރަނގަޅު ޞާލިޙު ދީންވެރި ބަޔަކު ކަމުގައި ހެދިގެންނެވެ. އަދި މީސްތަކުންގެ ކުރިމަތީގައި އީސާގެފާނުގެ ކިބައިން ކުށެއް ކުރުވޭތޯ ބަލަންވެގެން އެމީހުން އެކަލޭގެފާނާއި މި ސުވާލު ކުރިއެވެ. އެއީ އެމީހުންގެ ބޭނުމަކީ އެކަލޭގެފާނުގެ ކިބައިން ސަރުކާރާއި އިދިކޮޅު ބަހެއް ހޯދުމެވެ. އެއީ އޭރުން އެމީހުންނަށް އެކަލޭގެފާނު ސަރުކާރާއި އިދިކޮޅުވީ ކަމުގެ ކުށުގައި ހައްޔަރު ކުރެވޭނެތީއެވެ.