ފެށުން 42:37 - ކިތާބުލް މުޤައްދަސާ37 ދެން ރައޫބައިން އޭނާގެ ބަފައިކަލުންނަށް ދެންނެވިއެވެ. ”އަޅުގަނޑު ބަންޔާމީން އަނބުރާ ބަފައިކަލުންނާއި ހަމައަށް ގެނެސް ނުދީފިނަމަ އަޅުގަނޑުގެ ދެ ފިރިހެން ދަރިން ގަތުލު ކުރެއްވިޔަސް އަޅުގަނޑު އެއްވެސް ޝަކުވާއެއް ނުކުރާނަމު. އަޅުގަނޑަށް އިތުބާރު ކުރައްވާ. އަޅުގަނޑު ބަންޔާމީން އާއިމެދު ޒިންމާވާނަން.“ အခန်းကိုကြည့်ပါ။ |
ނަމަވެސް ޔަޢުޤޫބުގެފާނު ރައްދުގައި ވިދާޅުވިއެވެ. ”އަހަރެން ތިޔަ ކުދިންނާއި އެކުގައި ބަންޔާމީނު ދިއުމަށް ހުއްދައެއް ނުކުރާނަމު. އޭނާގެ ބޭބެ ޔޫސުފު ނިޔާވެއްޖެ. ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބުނު ދަރިންގެ ތެރެއިން ހުރީ އޭނާ އެކަނި. މިޞްރަށް ދާ މަގުމަތީގައި ދިމާވެދާނޭ ނުރައްކާތެރި ޙާދިސާއަކާ މެދުގައި އަހަރެން ބިރުވެތިވަމު. އެހެންވެއްޖެނަމަ އަހަރެން މުސްކުޅިވި ދުވަހުގައި ނިމިގެންދާނީ ހިތާމައިން ފުރިފައިވާ ޙާލުގައި.“