އެ ހިނދު އޭނާގެ އަނެއް އަޚުންނަށް މިފަދައިން ބުންޏެވެ. ”އަހަރެން ގޮވާން ގަތުމަށް ދިން ފައިސާ މިހިރީ އަނބުރާ ދީފައި. އަހަރެން ދިން ފައިސާތައް މިހިރީ އަހަރެންގެ ގޯނި ތެރޭގައި!“ މިކަންތައްތައް ވީ ގޮތުން އެ އެންމެން ނުހަނު ބިރުގަތެވެ. އަދި އެކަކު އަނެކަކަށް މިފަދައި ބުނަމުން ދިޔައެވެ. ”މާތްކަލާނގެ އަހަރެމެންނަށް މިޖައްސަވަނީ ކޮން ފަދަ ކަންތައްތަކެއް؟“