Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 42:27 - ކިތާބުލް މުޤައްދަސާ

27 އެބައިމީހުން ދަތުރުކޮށް ދިޔަ މަގުމަތީގައި އިރުއޮއްސުމާއެކު އެބައިމީހުން މަޑުކުރިއެވެ. އެ ހިނދު އޭގެތެރެއިން އެކަކު އޭނާގެ ހިމާރަށް ކާންދިނުމަށްޓަކައި އޭނާގެ ގޯނި މޮހާލިއިރު އޭނާ ގޮވާން ގަތުމަށް ދިން ފައިސާތައް އެ ގޯނީގެ ތެރޭގައިވާ ގޮވާންތަކުގެ މަތީގައި ހުރިތަން އޭނާއަށް ފެނުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 42:27
9 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެބައިމީހުންގެ ހިމާރުތަކުގެ މައްޗަށް އެތަކެތި ބަރުކުރުމަށް ފަހު މިޞްރުން އެބައިމީހުން ފުރިއެވެ.


އޭގެ ފަހުން އެ ހުރިހާ އެންމެން އެމީހުންގެ ގޯނިތައް މޮހެ ގޮވާންތައް ހުސްކުރަމުން ދިޔަ ހިނދު އެއިން ކޮންމެ މީހެއްގެ ގޯނީގެ ތެރޭގައި އެމީހުން ގޮވާން ގަތުމަށް ދިން ފައިސާތައް ހުއްޓާ ފެނުނެވެ. މި ފައިސާ އެބައިމީހުންނަށާއި އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނަށް ފެނިވަޑައިގެންނެވި ހިނދު ބިރުވެތިވެ ވަޑައިގަތެވެ.


ޔޫސުފުގެފާނުގެ އަޚުންނަށް އެބައިމީހުން ގެންދެވުނީ ޔޫސުފުގެފާނުގެ ގަނޑުވަރަށްކަން އެނގުނު ހިނދު ވަރަށް ބިރުގަތެވެ. އަދި އެމީހުން އެކަކު އަނެކަކަށް މިފަދައިން ބުންޏެވެ. ”⁠ޔަޤީން އަހަރެމެން އެތަނަށް މިގެންދަނީ އަހަރެމެންގެ ގޯނިތަކުގެ ތެރޭގައި ވީ ފައިސާގެ ސަބަބުން. އޭނާ އެއުޅެނީ އެފައިސާ އެއީ އަހަރެމެން ވަގަށް ނެގި އެއްޗެއް ކަމަށް ހަދާފަ، އަހަރެމެން އެންމެން އަޅުންގެ ގޮތުގައި ހިފަހައްޓަން. އަދި އަހަރެމެންގެ ހުރިހާ ހިމާރުތައް ވެސް އަތުލަން.⁠“


އެއަށް ފަހު، އެބައިމީހުން (ޔޫސުފުގެފާނުގެ އަޚުން) ނުހަނު އަވަހަށް ހިމާރުތަކުގެ މަތިން ގޯނިތައް ބިންމައްޗަށް ބާލައި ގޯނިތައް ހުޅުވިއެވެ.


އޭގެ ފަހުން މޫސާގެފާނު ދަތުރުކުރައްވަމުން ވަޑައިގަތް މަގުމަތީ ރޭގަނޑު ހޭދަ ކުރެއްވުމަށް ތަނެއްގައި މަޑުކުރައްވައިފި އެވެ. މާތްރަސްކަލާނގެ އެތަނުގައި މޫސާގެފާނާއި ބައްދަލު ކުރައްވައި އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށް އުޅުއްވިއެވެ.


އަދި އޭނާގެ ޒަޚަމްތައް ސާފުކޮށް ބޭސް އަޅާދިން. ދެން އޭނާ ދަތުރު ކުރަމުން ދިޔަ ހިމާރުގެ މައްޗަށް ޒަޚަމް ވެފައި ވީ މީހާ އަރުވައިގެން އެ ދަތުރުކުރަމުން ދިޔަ މަގުމަތީގައި ވާ މެހުމާނު ގެއަކަށް އޭނާ ގެންދިޔަ. އަދި އެތާނގައި އޭނާ ޒަޚަމް ވެފައި ވީ މީހާއަށް ފަރުވާ ދެމުން ގެންދިޔަ.


އެމީހުންނަށް އެރަށުގެ މެހުމާނު ގެއިން ޖާގައެއް ނުލިބުމުން ޔޫސުފު މަރިޔަމްގެފާނު ގޮވައިގެން ދިޔައީ ގެރިބަކަރިތަކަށްޓަކައި ހަދާފައިވާ ހަރުގެއަކަށެވެ. އެތާނގައި މަރިޔަމްގެފާނު އެކަމަނާގެ އަލަތު ދަރިކަލުންނާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެކަމަނާ އެތުއްޕުޅު ކަލޭގެފާނުގެ ގައިކޮޅު ފޮތިކޮޅަކުން ނިވާކޮށްލައްވާ ގެރިބަކަރިއަށް ކާންދޭ ހުއި އަޅާފައިވާ ފޮށިގަނޑެއްގެ ތެރޭގައި ބޭއްވެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ