ފެށުން 42:25 - ކިތާބުލް މުޤައްދަސާ25 ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންގެ ގޯނިތައް ގޮވާމުން ފުރައިދީ އަދި އެބައިމީހުން ދޭ ފައިސާތައް ސިއްރުން ގޯނިތަކަށް ލުމަށް އެކަލޭގެފާނުގެ ނޯކަރުންނަށް އަމުރުކުރެއްވިއެވެ. އަދި އެބައިމީހުންގެ ދަތުރަށް ބޭނުންވާނޭ ކެއުން ދިނުމަށް ވެސް އެކަލޭގެފާނު އެންގެވިއެވެ. ޔޫސުފުގެފާނު އަމުރުކުރެއްވި ފަދައިން ހުރިހާ ކަމެއް ޚާދިމުން ކޮށްނިންމިއެވެ. အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންނާއިމެދު އިހާނެތިކޮށް އަމަލުކުރި ފަރާތްތަކާ މެދު ބަދަލު ނުހިފާށެވެ. އަދި ތިޔަބައިމީހުންނާއި މެދު ބަދުބަސް ބުނާނެ ފަރާތްތަކާމެދުގައި ވެސް ބަދަލު ނުހިފާށެވެ. އޭގެ ބަދަލުގައި އެބައިމީހުންނަށް ރަޙުމަތް ލެއްވުމަށް އެދި ދަންނަވާށެވެ. އެހެނީ ތިޔަބައިމީހުންނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވައެވެ.