Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 42:24 - ކިތާބުލް މުޤައްދަސާ

24 އެ ހިނދު ޔޫސުފުގެފާނު އެތަނުން ދުރަށް ވަޑައިގެން ކީރިތިކުރައްވަން ފެއްޓެވިއެވެ. އޭގެ ފަހުން އެކަލޭގެފާނު އެބައިމީހުންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވުމަށް ފަހު އިތުރަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ޖަލުގައި ހައްޔަރު ކުރާނޭ މީހަކަށް އެކަލޭގެފާނު ޝިމްޢޫން ޚިޔާރު ކުރެއްވިއެވެ. ހަމަ އެ ހިނދު އެމީހުންގެ ކުރިމަތީގައި ޝިމްޢޫން ބަނދެލައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 42:24
15 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެރަށުގެ އެންމެހާ ފިރިހެނުން ޚިތާނު ކުރެވި، އޭގެ ތިންވަނައަށް ވީ ދުވަހު އެކަމުގެ ތަދު އިޙުސާސް ކުރަމުން ދިޔަ ހިނދު ދީނާގެ ދެބެއިން ކަމުގައިވާ ޝިމްޢޫން އާއި ލާވީ އެމީހުންގެ ކަނޑިތައް ހިފައިގެން ސިއްރިޔާތުގައި ރަށު ތެރެއަށް ވަދެ އެރަށުގެ އެންމެހާ ފިރިހެނުންނަށް ޙަމަލާދީ ގަތުލުކޮށްފިއެވެ.


އެބައިމީހުން ދެއްކި ވާހަކަތައް ޔޫސުފުގެފާނަށް އެނގިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުންނަށް އެކަމެއް ނޭނގެއެވެ. ސަބަބަކީ ޔޫސުފުގެފާނު އެބައިމީހުންނާއި މުޚާތަބު ކުރެއްވީ ތަރުޖަމާނަކު މެދުވެރިކުރައްވައި މިޞްރުގެ ބަހުރުވައިންނެވެ.


ކަލޭމެން އެ ރަށުގެ އަމީރާއި ބައްދަލުކުރާ ހިނދު އޭނާ ކަލޭމެންނަށް ރަޙުމް ކުރައްވައި ޝިމްޢޫން ދޫކޮށްލައި އަދި ބަންޔާމީން ކަލޭމެންނާއި އެކުގައި އެނބުރި ފޮނުވުމަށް އެދި ކުޅަދުންވަންތަ ކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަމު. ނަމަވެސް އަހަރެންގެ ދަރިން އަހަރެންނަށް ގެއްލުނަސް އަހަރެންނަށް ލިބޭ ހިތާމަތަކަށް އަހަރެން ކެތްތެރިވާނަމު.⁠“


ދެން ޚާދިމުކަލޭގެ މިފަދައިން ޖަވާބު ދިނެވެ. ”⁠އެއީ އެއްވެސް ކަމެއް ނޫން. އެއްގޮތަކަށް ވެސް ތިޔަކަމާއި ބިރު ނުގަނޭ. ތިޔަބައިމީހުންގެ ގޯނިތަކަށް އެފައިސާ ލައްވާފައި އެވަނީ ތިޔަބައިމީހުންގެ ކަލާނގެ، އަދި ތިޔަބައިމީހުންގެ ކާބަފައިންގެ ވެސް ވެރި ކަލާނގެމެ. ތިޔަބައިމީހުން ގޮވާން ގަތުމަށްޓަކައި ކުރީފަހަރު އަހަރެންގެ އަތަށް ދިން ފައިސާ އަހަރެންނަށް ހަމައަށް ލިބުނު.⁠“ އެއަށް ފަހު ޚާދިމުކަލޭގެ ޝިމްޢޫން ޖަލުން ނެރެގެން އެބައިމީހުންގެ ގާތަށް ގެނައެވެ.


އެއަށް ފަހު، ޔޫސުފުގެފާނު އެބައިމީހުންގެ ކުރިމަތިން ދުރަށް ވަޑައިގެންނެވުމަށް އަވަސްވެވަޑައިގެންނެވިއެވެ. އެއީ އެކަލޭގެފާނަށް ބަންޔާމީން ފެނިވަޑައިގެންނެވުމުން ކުރި އަސަރަށް ކެތްތެރިވެ ވަޑައިނުގެންނެވިގެންނެވެ. އެހެންވެ، އެކަލޭގެފާނުގެ އަމިއްލަފުޅު ކޮޓަރިކޮޅަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި އެކަލޭގެފާނު ނުހަނު ގަދަޔަށް ކީރިތި ކުރެއްވިއެވެ.


ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ޚާދިމުންގެ ކުރިމަތީގައި އިތުރަށް ކެތެއް ނުކުރެއްވުނެވެ. ވީމާ، އެކަލޭގެފާނު ހަރުއަޑުފުޅުން އެކަލޭގެފާނުގެ ނޯކަރުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެމެން މިތަނުގައި ބައިތިއްބާފައި އެހެން އެންމެން ބޭރަށްދޭ.⁠“ ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އަޚުން އެކަހެރިވި ހިނދު އެކަލޭގެފާނީ ޔޫސުފުގެފާނުކަން އެބައިމީހުންނަށް ހާމަކޮށްދެއްވިއެވެ.


އެކަލޭގެފާނު އަޑުހަރުކޮށް ކީރިތި ކުރެއްވުމުގެ ސަބަބުން މިޞްރުގެ މީސްތަކުންނާއި އަދި ރަސްގެފާނުގެ ގަނޑުވަރުގައި ތިބި މީސްތަކުންނަށް އެކަލޭގެފާނު ކީރިތި ކުރެއްވި އަޑު އިވުނެވެ.


އީސާގެފާނު ޖެރޫސަލަމާއި އަރާ ހަމަ ވެ އެރަށް ފެނިވަޑައިގަތުމުން އެކަލޭގެފާނު އެރަށާއި މެދު ހިތާމަ ކުރައްވާ ކީރިތި ކުރެއްވިއެވެ.


އެ އުއްތަމަ އިމާމު އަހަރެމެންގެ ބަލިފައި ދެނެވަޑައިގަންނަވަ އެވެ. އެހެނީ އަހަރެމެންނާ ކުރިމަތިވި ހުރިހާ އިމްތިހާނެއް އެކަލޭގެފާނާ ވެސް ވަނީ ކުރިމަތިވެފައެވެ. ވިޔަސް އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ