ފެށުން 42:23 - ކިތާބުލް މުޤައްދަސާ23 އެބައިމީހުން ދެއްކި ވާހަކަތައް ޔޫސުފުގެފާނަށް އެނގިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުންނަށް އެކަމެއް ނޭނގެއެވެ. ސަބަބަކީ ޔޫސުފުގެފާނު އެބައިމީހުންނާއި މުޚާތަބު ކުރެއްވީ ތަރުޖަމާނަކު މެދުވެރިކުރައްވައި މިޞްރުގެ ބަހުރުވައިންނެވެ. အခန်းကိုကြည့်ပါ။ |
އެ ހިނދު ޔޫސުފުގެފާނު އެތަނުން ދުރަށް ވަޑައިގެން ކީރިތިކުރައްވަން ފެއްޓެވިއެވެ. އޭގެ ފަހުން އެކަލޭގެފާނު އެބައިމީހުންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވުމަށް ފަހު އިތުރަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ޖަލުގައި ހައްޔަރު ކުރާނޭ މީހަކަށް އެކަލޭގެފާނު ޝިމްޢޫން ޚިޔާރު ކުރެއްވިއެވެ. ހަމަ އެ ހިނދު އެމީހުންގެ ކުރިމަތީގައި ޝިމްޢޫން ބަނދެލައިފިއެވެ.