Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 42:22 - ކިތާބުލް މުޤައްދަސާ

22 ރައޫބައިން އޭނާގެ އަޚުންނަށް މިފަދައިން ބުންޏެވެ. ”⁠އަހަރެން ތިޔަ އެންމެންގެ ކައިރީގައި އޭނާއަށް އެފަދައިން އަމަލު ނުކުރުމަށް ނޭދެމުތަ؟ ނަމަވެސް ތިޔަ އެންމެން އަހަރެންގެ އަޑެއް ނޭހި. އަދި މިއަދު އަހަރެމެން އޭނާ މަރާލުމުން އެކަމުގެ އަގު އަދާ ކުރަންޖެހޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 42:22
19 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭ ތިޔަކުރީ ކޮންފަދަ އަނިޔާވެރި ކަމެއް؟ ބިންގަނޑުގެ މައްޗަށް އޮހޮރުނު ކަލޭގެ ކޮއްކޮގެ ލޭ ކަލެއަށް އަދަބު ދިނުމަށް އެދި އެބަ އާދޭސް ދަންނަވާ.


އެބައިމީހުން ދެއްކި ވާހަކަތައް ޔޫސުފުގެފާނަށް އެނގިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުންނަށް އެކަމެއް ނޭނގެއެވެ. ސަބަބަކީ ޔޫސުފުގެފާނު އެބައިމީހުންނާއި މުޚާތަބު ކުރެއްވީ ތަރުޖަމާނަކު މެދުވެރިކުރައްވައި މިޞްރުގެ ބަހުރުވައިންނެވެ.


އެކަލޭގެފާނުގެ އަޚުންނަށް އެކަލޭގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންނަކީ ޔޫސުފު. އަހަރެންގެ ބަފައިކަލުން މިއަދު ދުނިޔޭގައި އެބަ ހުންނެވިތަ؟⁠“ ނަމަވެސް އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނަށް ޖަވާބެއް ނުދެއްވައި ހަނުހިމޭނުން ތިއްބެވެ. އެއީ ކަލޭގެފާނުދެކެ އެބައިމީހުން ބިރުގަނެފައި ވުމުގެ ސަބަބުންނެވެ.


ޔަޢުޤޫބުގެފާނު އަވަހާރަވުމަށް ފަހު، ޔޫސުފުގެފާނުގެ ބޭބެމެން މިފަދައިން ބުންޏެވެ. ”⁠ޔޫސުފު އަހަރެމެންދެކެ ރުޅިން ހުރެދާނެ. އަހަރެމެން އޭނާއާމެދުގައި ނުހަނު އިހާނެތިކޮށް ކަންތައް ކުރީމު. އޭނާ އަހަރެމެންގެ ކިބައިން ބަދަލު ހިފުމަށް ރާވަފާނެ.⁠“


އަހަރެންނާއި ކަލޭ ކުރި ނުބައި ކަންތައްތަކުގެ ސަބަބުން އަހަރެމެން މި ގޮތަށް މަރުވުން ޙައްޤު ވެގެން ވޭ. ނަމަވެސް މިމީހާއަކީ އެއްވެސް ނުބައި ކަމެއް ކޮށްފައިވާ މީހެއް ނޫން.⁠“


އެތާނގައި ތިބި އެ ރަށުގެ މީހުންނަށް އެ ހަރުފަ ޕައުލްގެ އަތުގައި އެލިފައި އޮތްތައް ފެނުމުން ބުންޏެވެ. ”⁠ޔަޤީންނޭ. މިމީހާއަކީ މީހަކު މަރާލުމުގެ ކުށުގައި ހައްޔަރު ކުރެވިފައިވާ މީހެކޭ. އޭނާ ކަނޑުވެ މަރުނުވި ކަމުގައި ވިޔަސް ހަމަ ޔަޤީނުން ވެސް އިންސާފުގައި އޭނާ އަކަށް ދިރިހުރުމެއް ނުވޭއޭ.⁠“


އެއްވެސް މީހެއްގެ ތަޤުދީރުގައި ޙިސާރު ކުރެވިގެންވާނަމަ، އެ މީހަކު ޙިޟާރު ކުރެވިގެންދާނެ. އަދި ކަނޑިން ގަތުލު ކުރެވިގެންދާން ހުރިނަމަ، އެ މީހަކު ކަނޑިން ގަތުލު ކުރެވިގެންދާނެ. މި ހިނދު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުން ކެތްތެރިކަމާއި އީމާންތެރިކަމުގައި ދެމި ތިބޭން ޖެހޭނެ.⁠“


އެ ގަދަހޫނުން އެބައިމީހުން އަނދައިގެން ދިޔައެވެ. އަދި އެ މުސީބާތްތައް ފޮނުއްވީތީ މާތްރަސްކަލާނގެ ނަންފުޅަށް އެބައިމީހުން ކުފުރުގެ ބަސްތައް ބުންޏެވެ. ނަމަވެސް އެބައިމީހުން ތައުބާނުވެ އެކަލާނގެ ޖަލާލުވަންތަކަމާއިމެދު އިންކާރު ކުރިއެވެ.


ހެނދުނު ޔޫނަތައިން އޭނާގެ ބައްޕަ ގާތަށް ގޮސް ދާއޫދަށް ތައުރީފުކޮށް ބައްޕަ ގާތު ވާހަކަ ދައްކަމުން ދިޔައެވެ. ”⁠ބައްޕާފުޅު ތީ ރަސްގެފާނު. އޭނާއަކީ ބައްޕާފުޅުގެ ޚާދިމެއް. އޭނާ ބައްޕާފުޅަކަށް ދެރަގޮތެއް ނުހަދާނެ. އަދި އޭނާ ކުރިއްޔާ ކުރި ހުރިހާ ކަމެއް ކުރީ ބައްޕާފުޅަށް ފައިދާ ވާނެ ގޮތަށް.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ