ފެށުން 42:20 - ކިތާބުލް މުޤައްދަސާ20 އެއަށް ފަހު ކަލޭމެންގެ އެންމެ ހަގު ކޮއްކޮ އަހަރެންގެ ކުރިމައްޗަށް މިތަނަށް ގެނެސްދީ. އޭރުން ކަލޭމެންގެ ބުނުންތަކުގެ ދޮގުތެދު އަހަރެންނަށް އެނގި ކަލޭމެން މަރުން ސަލާމަތް ކޮށްދޭނަން.“ ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނުގެ މި ހުށަހެޅުމަށް އެއްބަސްވެ အခန်းကိုကြည့်ပါ။ |
ކަލޭމެންގެ އެންމެ ހަގު ކޮއްކޮ ތިމަން ގާތަށް ގެނައިމައޭ. އެހެން ހެދުމުން ކަލޭމެންނަކީ ތެދުވެރި ބައެއް ކަމުގައްޔާއި ޖާސޫސުން ނޫންކަން ތިމަން ޔަޤީންކުރާނަމޭ. އެއަށް ފަހު ހިފެހެއްޓިފައިވާ ކަލޭމެންގެ އަޚާ މިނިވަން ކޮށްދޭނަމޭ. އަދި އެއްވެސް ހުރަހަކާއި ނުލައި ކަލޭމެންނަށް މި ޤައުމަށް އައިސް ވިޔަފާރި ކުރެވޭނެޔޭ.‘“