Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 42:15 - ކިތާބުލް މުޤައްދަސާ

15 ނަމަވެސް ކަލޭމެންގެ ބުނުންތަކުގެ ތެދުކަން ސާބިތު ކޮށްދިނުމަށް އަހަރެން ކަލޭމެންނަށް ފުރުސަތެއް ދޭނަން. ކަލޭމެންގެ އެންމެ ހަގު ކޮއްކޮ މިތަނަށް ގެނައުމަށް ފަހުގައި މެނުވީ ކަލޭމެންނަށް މި ޤައުމުން ނުދެވޭނޭ ކަމުގައި ފިރުޢައުނު ރަސްގެފާނުގެ ފުރާނަ ގަންދީ އަހަރެން ބުނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 42:15
19 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔޫސުފުގެފާނު ވަރަށް ނުރުހުންތެރިކަން ފައުޅު ކުރައްވާގޮތް ދައްކަވައި އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވިއެވެ. ”⁠އެހެނެއްނުވާނެ! ކަލޭމެން މި ޤައުމަށް ތިޔަ އައީ މި ޤައުމުގެ ބަލިފައިތައް ބަލައި ދެނެގަތުމަށް!⁠“


ޔޫސުފުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ބުނިފަދައިން ކަލޭމެންނަކީ ޖާސޫސުކުރާ ބަޔަކީމު!


ކަލޭމެންގެ ތެރޭން އެކަކު ގޮސް ކޮއްކޮ ގޮވައިގެން އާދޭ. ދެންތިބި މީހުން އޭނާ އަންނަންދެން ތިބެންޖެހޭނީ ޖަލުގައި. އޭރުން ކަލޭމެންގެ ވާހަކަތަކުގެ ތެދުދޮގު ވެސް އެނގިދާނެ. އެކަމަކު ކަލޭމެން ތިޔަ ހެދީ ދޮގެއް ނަމަ ފިރުޢައުނު ރަސްގެފާނުގެ ފުރާނަ ގަންދީ ބުނަން، އޭރުން ކަލޭމެން ވާނީ ޖާސޫސް ކުރަން އައި ބައެއްކަމަށް.⁠“


އެއަށް ފަހު ކަލޭމެންގެ އެންމެ ހަގު ކޮއްކޮ އަހަރެންގެ ކުރިމައްޗަށް މިތަނަށް ގެނެސްދީ. އޭރުން ކަލޭމެންގެ ބުނުންތަކުގެ ދޮގުތެދު އަހަރެންނަށް އެނގި ކަލޭމެން މަރުން ސަލާމަތް ކޮށްދޭނަން.⁠“ ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނުގެ މި ހުށަހެޅުމަށް އެއްބަސްވެ


”⁠މިޞްރުގެ ގަވަރުނަރު އަޅުގަނޑުމެންނާ ވާހަކަ ދެއްކީ ވަރަށް ހަރުކަށިކޮށް. އަދި އަޅުގަނޑުމެންގެ ބޮލުގައި އެ ޤައުމާއި ދެކޮޅަށް ޖާސޫސު ކުރުމުގެ ތުހުމަތު އެޅުއްވި.


ކަލޭމެންގެ އެންމެ ހަގު ކޮއްކޮ ތިމަން ގާތަށް ގެނައިމައޭ. އެހެން ހެދުމުން ކަލޭމެންނަކީ ތެދުވެރި ބައެއް ކަމުގައްޔާއި ޖާސޫސުން ނޫންކަން ތިމަން ޔަޤީންކުރާނަމޭ. އެއަށް ފަހު ހިފެހެއްޓިފައިވާ ކަލޭމެންގެ އަޚާ މިނިވަން ކޮށްދޭނަމޭ. އަދި އެއްވެސް ހުރަހަކާއި ނުލައި ކަލޭމެންނަށް މި ޤައުމަށް އައިސް ވިޔަފާރި ކުރެވޭނެޔޭ.⁠‘⁠“


ޔޫސުފުގެފާނަށް އެކަލޭގެފާނުގެ އަޚުން ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް އެބައިމީހުން އެނގިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުންނަށް ޔޫސުފުގެފާނެއް ނޭނގެއެވެ. ހަމައެހެންމެ ޔޫސުފުގެފާނު ވެސް އެކަލޭގެފާނަށް އެބައިމީހުން އެނގިވަޑައިނުގަންނަވާކަމަށް ހެއްދެވިއެވެ. އަދި ވަރަށް ހަރުކަށި ރާގަކާއި އަޑުފުޅަކުން މިފަދައިން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ކޮށް ރަށަކުން އައި ބައެއް؟⁠“ އެބައިމީހުން ޖަވާބުގައި ދެންނެވިއެވެ. ”⁠އަޅުގަނޑުމެންނަކީ ގޮވާން ގަތުމަށްޓަކައި ކަންޢާނުން އައި ބަޔަކީމު.⁠“


ނަމަވެސް ޔަހޫޛާ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެމެން އެރަށަށް ދާނަމަ އަހަރެމެންގެ ކޮއްކޮ ގޮވައިގެން ނޫންގޮތަކަށް އެރަށަށް ގޮސްގެން ނުވާނެ ކަމުގައި ބުނެ އެ ރަށުގެ އަމީރު ވަނީ ވަރަށް ހަރުކަށި އިންޒާރެއް ދެއްވާފަ. އޭނާ ނުލައި އަހަރެމެން ދިޔަ ކަމުގައި ވިއަސް އެ ބޭފުޅާ އާއި ބައްދަލެއް ނުވާނެ.


ނަމަވެސް ބަންޔާމީން އަހަރެމެންނާއި އެކުގައި ދިއުމަށް ބަފައިކަލުން ރުހިނުލައްވާނަމަ އެ ރަށަށް ދިއުމުގެ ބޭނުމެއް ނެތް. އެއީ އަހަރެމެން އޭނާ ނުލައި ދިޔަ ކަމުގައި ވިޔަސް، އެ ރަށުގެ އަމީރާއި ބައްދަލު ނުވާނޭ ކަމުގެ އިންޒާރު އެ ބޭފުޅާ އަހަރެމެންނަށް ދެއްވާފައި ވާތީ.⁠“


މަގޭ އަޚުންނާއި އުޚުތުންނޭވެ! މިބަޔާންވެ ދިޔަ އެންމެހާ ކަންތައްތަކުގެ އިތުރުން އަހަރެން ބުނަމެވެ. ދުނިޔެއާއި ސުވަރުގެ ގަންދީ ހުވާ ކޮށްގެންނުވާނެއެވެ. އަދި އެކައްޗެއް ގަންދީ ވެސް ހުވައިކޮށްގެން ނުވާނެއެވެ. އޭގެ ބަދަލުގައި ހަމައެކަނި އާނއެކޭ ނުވަތަ ނޫނެކޭ ބުނެ އެގޮތްމަތީ ދެމިހުންނާށެވެ. މިގޮތުގައި ކަލޭމެން އަމަލު ނުކޮށްފިނަމަ މާތްރަސްކަލާނގެ ޙަޟްރަތުގައި ކަލޭމެން ކުށްވެރިވާނެއެވެ.


”⁠އަޅުގަނޑުގެ ސާހިބާ! ޔަޤީނުން ވެސް އަޅުގަނޑު މިއީ މީގެ އަހަރުތަކެއްގެ ކުރިން މިތަނުގައި ހުރެ މާތްރަސްކަލާނގެއަށް ދުޢާ ދެންނެވި އަންހެންމީހާ.


ދާއޫދު ހަނގުރާމައަށް ނުކުތްތަން ފެނުނު ހިނދު ސިފައިންގެ ވެރިޔަކަށް ހުރި އަބްނައިރު ކުރެން ޝާއުލްގެފާނު އެއްސެވިއެވެ. ”⁠މީ ކާކުގެ ދަރިއެއްތަ؟⁠“ ”⁠މަސާހިބު. އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނޭނގޭ.⁠“


ދާއޫދު ބުންޏެވެ. ”⁠އަހަރެން ހުވާ ކޮށްފާ މިބުނަނީ. ކަލޭ އަހަރެންނާ މެދު އޮންނަ ގާތް ގުޅުން ކަލޭގެ ބައްޕާފުޅަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެކަލޭގެފާނު ހިތްޕުޅަށް އަރާ ވަޑައިގަންނަވާނެ ’⁠ޔޫނަތައިންގެ ގާތުގައި އެވާހަކަ ބުނެފިއްޔާ އޭނާ ދެރަ ވެދާނެ.⁠‘ އެހެންވީމާ އެވާހަކަ ވިދާޅު ނުވީ. އެކަމަކު ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެއާއި ކަލޭގެ ފުރާނަ ގަންދީ ބުނަން، އަހަރެން މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގައި. އަހަރެން މަރުނުވެ ސަލާމަތް ވުމަކީ އުނދަގޫކަމެއް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ