ފެށުން 42:13 - ކިތާބުލް މުޤައްދަސާ13 އެބައިމީހުން ވިސްނައިދިނުމުގެ ގޮތުން މިފަދައިން ބުންޏެވެ. ”ސާހިބާ. އަޅުގަނޑުމެންނީ އެއްބަފާ ބާރަ ކުދިންގެ ތެރެއިން ހިމެނިގެންވީ ދިހަ ކުދިން. އަޅުގަނޑުމެންގެ ބަފައިކަލުންނާއި އެކުގައި އަޅުގަނޑުމެން ދިރިއުޅެމުން ގެންދަނީ ކަންޢާނުގައި. އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ވަނީ ބަފައިކަލުންނާއި އެކުގައި ކަންޢާނުގައި. އަދި އަޅުގަނޑުމެންގެ ދެންހުރި ކޮއްކޮ މިހާރަކު ދުނިޔެއަކު ނެތް.“ အခန်းကိုကြည့်ပါ။ |
ނަމަވެސް ޔަޢުޤޫބުގެފާނު ރައްދުގައި ވިދާޅުވިއެވެ. ”އަހަރެން ތިޔަ ކުދިންނާއި އެކުގައި ބަންޔާމީނު ދިއުމަށް ހުއްދައެއް ނުކުރާނަމު. އޭނާގެ ބޭބެ ޔޫސުފު ނިޔާވެއްޖެ. ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބުނު ދަރިންގެ ތެރެއިން ހުރީ އޭނާ އެކަނި. މިޞްރަށް ދާ މަގުމަތީގައި ދިމާވެދާނޭ ނުރައްކާތެރި ޙާދިސާއަކާ މެދުގައި އަހަރެން ބިރުވެތިވަމު. އެހެންވެއްޖެނަމަ އަހަރެން މުސްކުޅިވި ދުވަހުގައި ނިމިގެންދާނީ ހިތާމައިން ފުރިފައިވާ ޙާލުގައި.“
ޔޫސުފުގެފާނު އެކަލޭގެފާނާއި އެއްބަނޑު ކޮއްކޮ ބަންޔާމީންއަށް ބައްލަވާލައްވައި މިފަދައިން ވިދާޅުވިއެވެ. ”ތިޔަބައިމީހުން އަހަރެންގެ ގާތު ބުނި ތިޔަބައިމީހުންގެ އެންމެ ހަގު ކޮއްކޮ އަކީ މިއީތަ؟“ އެއަށް ފަހު އެކަލޭގެފާނު ބެންޔާމީނަށް ވިދާޅުވިއެވެ. ”ދަރިފުޅާ! މާތްކަލާނގެ ތިޔަ ދަރިކަލުންނަށް ރަޙުމަތްލާވާށި!“
އެކުދިން ޖަވާބުގައި ބުންޏެވެ. ”އަހަރެމެންގެ އާއިލާ އާއި ބެހޭ ގޮތުން ފަރުވާތެރިކަމާއެކު އޭނާ ސުވާލުތައް ކުރައްވަމުން ގެންދެވި. އަހަރެމެންގެ ބަފައިކަލުން ދުނިޔޭގައި ހުންނެވިތޯ އާއި، އިތުރު އެހެން ކޮއްކޮއަކު ހުރިތޯ އޭނާ އަހާ އޮޅުންފިލުވި. އަހަރެމެން އޭނާގެ ސުވާލުތަކަށް ޖަވާބުދާރީވީ. އަހަރެމެންނަށް ކިހިނެއްތަ އެނގޭނީ އަހަރެމެންގެ އެހެން ކޮއްކޮއެއް ހުރިނަމަ އެރަށަށް އޭނާ ގެންދިއުމަށް އޭނާ އެދިވަޑައިގަންނަވާނެ ކަމެއް؟“
އަދި އަޅުގަނޑުމެން ޖަވާބުގައި އަޅުގަނޑުމެންގެ މުސްކުޅި ބަފަޔަކު ހުންނަ ކަމުގައްޔާއި އަދި އަޅުގަނޑުމެންގެ ބައްޕަ އުމުރުފުޅުން ޢަޖޫޒުވެފައިވީ ހިނދު ލިބިވަޑައިގެންނެވި އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ހުންނެވި ކަމުގައި އަޅުގަނޑުމެން ދެންނެވީމު. އަދި އޭނާ އާއި އެއްބަޑު އަނެއް ކޮއްކޮ ވަނީ ނިޔާވެފައި ކަމުގައި ވެސް ދެންނެވީމު. ވީމާ، އެ ކޮއްކޮ އާއި އެއްބަނޑު އޭނާ ނޫން ދެވަނަ ކުއްޖަކު ނުވާކަމުގައި ވެސް ދެންނެވީމު. އަދި އަޅުގަނޑުމެންގެ ބައްޕަ އެ ކޮއްކޮ ދެކެ ނުހަނު ލޯބިފުޅުވާ ކަމުގައި ވެސް ދެންނެވީމު.
އިރުމަތިން އައި ނަކަތްތެރިން ހެރޮދަށް އޮޅުވާލުމުން އޭނާ ނުހަނު ރުޅިއައެވެ. ވުމާއެކު، ބައިތުލަޙަމް އާއި އަދި މުޅި އެހިސާބުގެ ވަށައިގެންވާ ކައިރި ސަރަހައްދުތަކުގައި ތިބި ދެ އަހަރުގެ ހުރިހާ ކުޑަ ފިރިހެން ކުދިން ނޫނީ އެ އުމުރަށް ވުރެން ހަގު ފިރިހެން ކުދިން ގަތުލު ކުރުމަށް ހެރޮދު އޭނާގެ ލަޝްކަރުންނަށް އަމުރު ނެރުނެވެ. މި ގޮތަށް މިކަން ކުރަން އޭނާ ނިންމީ އެ ނަކަތްތެރިންގެ ފަރާތުން އޭނާއަށް އެނގިގެންވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.