ފެށުން 42:11 - ކިތާބުލް މުޤައްދަސާ11 އަޅުގަނޑުމެން އެންމެންނީ އެއްބަފާ ކުދިން. އަޅުގަނޑުމެންނަކީ ތެދުވެރި ބައެއް. ޖާސޫސޫންނެއް ނޫން.“ အခန်းကိုကြည့်ပါ။ |
ކަލޭމެންގެ ތެރޭން އެކަކު ގޮސް ކޮއްކޮ ގޮވައިގެން އާދޭ. ދެންތިބި މީހުން އޭނާ އަންނަންދެން ތިބެންޖެހޭނީ ޖަލުގައި. އޭރުން ކަލޭމެންގެ ވާހަކަތަކުގެ ތެދުދޮގު ވެސް އެނގިދާނެ. އެކަމަކު ކަލޭމެން ތިޔަ ހެދީ ދޮގެއް ނަމަ ފިރުޢައުނު ރަސްގެފާނުގެ ފުރާނަ ގަންދީ ބުނަން، އޭރުން ކަލޭމެން ވާނީ ޖާސޫސް ކުރަން އައި ބައެއްކަމަށް.“
އެކުދިން ޖަވާބުގައި ބުންޏެވެ. ”އަހަރެމެންގެ އާއިލާ އާއި ބެހޭ ގޮތުން ފަރުވާތެރިކަމާއެކު އޭނާ ސުވާލުތައް ކުރައްވަމުން ގެންދެވި. އަހަރެމެންގެ ބަފައިކަލުން ދުނިޔޭގައި ހުންނެވިތޯ އާއި، އިތުރު އެހެން ކޮއްކޮއަކު ހުރިތޯ އޭނާ އަހާ އޮޅުންފިލުވި. އަހަރެމެން އޭނާގެ ސުވާލުތަކަށް ޖަވާބުދާރީވީ. އަހަރެމެންނަށް ކިހިނެއްތަ އެނގޭނީ އަހަރެމެންގެ އެހެން ކޮއްކޮއެއް ހުރިނަމަ އެރަށަށް އޭނާ ގެންދިއުމަށް އޭނާ އެދިވަޑައިގަންނަވާނެ ކަމެއް؟“
އަމިއްލައަށް ތާރީފު ލިބިގަތުމަށް ވާހަކަ ދައްކާ މީހަކު އެކަންތައް އެކުރަނީ އޭނާގެ އަމިއްލަ ނަން ކުރިއަރުވައި މޮޅުކަން ހޯދައިގަތުމަށް. އެކަމަކު އެމީހާ އެވާހަކަ ދައްކަނީ އޭނާ ފޮނުވި ފަރާތަށް މޮޅުކަން ހޯދައިދީ އެފަރާތަށް ރީތި ނަން ލިއްބައި ދިނުމަށް ކަމަށް ވާނަމަ އެމީހަކީ ތެދުވެރިއެއް. އެފަދަ މީހަކީ ދޮގުވެރިޔަކަށް ނުވާނެ.