ފެށުން 41:8 - ކިތާބުލް މުޤައްދަސާ8 ޖެހިގެންއައި ދުވަހުގެ ހެނދުނު ފިރުޢައުނު ރަސްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅާމެދު އޭނާއަށް ހުންނެވުނީ ކަންބޮޑުފުޅުވެ ފުން ވިސްނުންފުޅެއްގެ ތެރޭގައެވެ. އެހެންވީމާ، މުޅި މިޞްރުގައި ވީ އެންމެހާ ބުއްދިވެރިންނާއި ކަހީނުން އެއްކުރެއްވުމަށް ފަހު އެބައިމީހުންނަށް އެ ރަސްގެފާނުގެ ހުވަފެންފުޅުތައް ވިދާޅުވެ ދެއްވިއެވެ. ނަމަވެސް އެބައިމީހުންގެ ތެރެއިން އެއްވެސް މީހަކަށް މި ހުވަފެންތަކުގެ ތަޢުބީރު ދަންނަވާކަށް ނޭގުނެވެ. အခန်းကိုကြည့်ပါ။ |
ދެ ޚާދިމުން ޖަވާބުގައި އެކަލޭގެފާނަށް ދެންނެވިއެވެ. ”އަހަރެމެން ދެމީހުންނަށް ރޭގައި ދެ ހުވަފެނެއް ފެނުނު. ނަމަވެސް އެ ދެ ހުވަފެނުގެ މާނަ އަހަރެމެން ދެމީހުންނަށް އޮޅުންފިލުވައި ދެވޭވަރުގެ މީހަކު މިތަނަކު ނެތް.“ އެ ދެ ޚާދިމުންނަށް ޔޫސުފުގެފާނު ވިދާޅުވިއެވެ. ”ހުވަފެން ތަޢުބީރު ކޮށްދެއްވޭނޭ ހަމައެކަނި ފަރާތަކީ މާތްކަލާނގެ. ތިޔަބައިމީހުންނަށް ފެނުނު ހުވަފެން އަހަރެންނަށް ކިޔައިދީބަލަ.“
ފިރުޢައުނު ރަސްގެފާނު ޔޫސުފުގެފާނަށް ވިދާޅުވިއެވެ. ”އަހަރެން ތިބާ މިތަނަށް ހާޒިރު ކުރި ސަބަބަކީ ރޭގައި އަހަރެންނަށް ފެނުނު ހުވަފެން ތަޢުބީރު ކުރުވަން. މިތަނުގައި މިތިބަ އެއްވެސް މީހަކަށް އެ ހުވަފެން ތަޢުބީރު ކޮށްދޭކަށް ނޭނގުނު. ތިބާއަށް ވަރަށް ފުރިހަމައަށް ހުވަފެން ތަޢުބީރު ކުރަން އެނގޭ ކަމުގައި އަހަރެން އަޑުއެހީމު.“
އޭގެތެރެއިން އެއްދުވަހަކު ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ތަފާތު ދެބަޔަކަށް ހިމެނޭ ބަޔަކު ޕައުލް އާއި ބަހުސް ކުރުމަށް އައެވެ. މިމީހުންގެ ތެރެއިން އެއްބަޔަކީ އެޕިކޫރިން ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. އަނެއްބަޔަކީ އިސްތޮއިކުގެ ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. މީގެތެރެއިން އެއްބަޔަކު ބުންޏެވެ. ”މި ތަނެއްދޮރެއް ނުދަންނަ މީހާ މި ކިޔަނީ ކޯންޗެކޭތަ؟“ އަދި އަނެއްބައިމީހުން އެކަކުއަނެކަކަށް ބުންޏެވެ. ”ހީވަނީ އޭނާ އެދައްކަނީ އެހެން ކޮންމެންމެސް ޤައުމެއްގެ ކަލާނގެތަކުގެ ވާހަކަ ހެން.“ މިމީހުންނަށް މިހެން ހީވި ކަމަކީ އެއީ ޕައުލް އީސާގެފާނާއި ބެހޭ ވާހަކަތަކާއި އަދި އެކަލޭގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވުނު ކަމާމެދު ވާހަކަދައްކަމުން ގެންދިޔައީތީއެވެ.