ފެށުން 41:7 - ކިތާބުލް މުޤައްދަސާ7 އަދި އިރުވައިގެ ހޫނުވައިން މިލައިމޯޅިވެ ހިކިވެފައިވާ ހަތް ކުރާގަނޑު، ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑު ކައިލިއެވެ. އެ ހިނދު ފިރުޢައުނު ރަސްގެފާނަށް އަވަހާރަފުޅުން ހޭލެވި އަދި އެއީ އޭނާއަށް ފެނިވަޑައިގެންނެވި ހުވަފެނެއްކަން އެނގިވަޑައިގެންނެވިއެވެ. အခန်းကိုကြည့်ပါ။ |
ޖެހިގެންއައި ދުވަހުގެ ހެނދުނު ފިރުޢައުނު ރަސްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅާމެދު އޭނާއަށް ހުންނެވުނީ ކަންބޮޑުފުޅުވެ ފުން ވިސްނުންފުޅެއްގެ ތެރޭގައެވެ. އެހެންވީމާ، މުޅި މިޞްރުގައި ވީ އެންމެހާ ބުއްދިވެރިންނާއި ކަހީނުން އެއްކުރެއްވުމަށް ފަހު އެބައިމީހުންނަށް އެ ރަސްގެފާނުގެ ހުވަފެންފުޅުތައް ވިދާޅުވެ ދެއްވިއެވެ. ނަމަވެސް އެބައިމީހުންގެ ތެރެއިން އެއްވެސް މީހަކަށް މި ހުވަފެންތަކުގެ ތަޢުބީރު ދަންނަވާކަށް ނޭގުނެވެ.