Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 41:56 - ކިތާބުލް މުޤައްދަސާ

56 ތަދުމަޑުކަމާއި ހައިހޫނުކަން މުޅި މިޞްރަށް ވެރިވެފައި ވަނީ އޭގެ އިންތިހާގައެވެ. އެހެންވީމާ މިޞްރުގެ އަހުލުވެރިންނަށް ގޮވާންތައް ވިއްކެވުމަށް ޔޫސުފުގެފާނު ގުދަންތައް ހުޅުއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 41:56
12 ပူးပေါင်းရင်းမြစ်များ  

އެދުވަސްވަރު ކަންޢާނަށް ވަރަށްބޮޑު ތަދުމަޑުކަމަކާ ކުރިމަތިވެފައިވެއެވެ. އެހެންކަމުން އަބްރާމް ވަޑައިގެންނެވީ މިޞްރަށެވެ. އެކަލޭގެފާނު ގަސްތުކުރެއްވީ މިތަދުމަޑުކަން ލުއިވަންދެން ކުޑަދުވަސްކޮޅަކު މިޞްރުގައި ދިރިއުޅުއްވުމަށެވެ.


ނަމަވެސް އޭގެފަހުގައި އަންނަ ހަތް އަހަރު ދުވަހަކީ ތަދުމަޑުކަމާއި ހައިހޫނުކަމުގެ ހަތް އަހަރު. އަދި ފާގަތިކަމާއި ތަނަވަސް ކަމުގައި ވީ ހަތް އަހަރު ދުވަހު ލިބިދިން ނަފާ މުޅިން ނެތިގެން ދާނެވެސްމެ. ހަމައެހެންމެ މި ތަދުމަޑުކަމާއި ހައިހޫނުކަމުގެ ސަބަބުން މުޅި މިޞްރު ބިކަޙާލުގައި ޖެހޭނެ.


އަދި މި ކަމުވޮށިވެގެންވާ ފަރާތްތަކަށް ފާގަތި ހަތް އަހަރު ދުވަހުގެ ތެރޭގައި ލިބޭ ގޮވާން ސަހަރުގައި ގުދަން ކުރުމުގެ ބާރާއި ހުއްދަ ދެއްވާ. އަދި ރަސްގެފާނުގެ ބެއްލެވުމުގެ ދަށުން އެ ތަކެތި ރައްކާތެރި ކުރައްވައި ބަލަހައްޓަވާ.


މުޅި މިޞްރުގައި ހައިހޫނުކަން އޭގެ ނިހާޔަތުގައި ވިއެވެ. ދެން ކާބޯތަކެއްޗަށް އެދި ރަސްގެފާނަށް މީސްތަކުން އާދޭސް ކުރާންފެށިއެވެ. އެ ހިނދު ފިރުޢައުނު ރަސްގެފާނު މީސްތަކުންނަށް މިފަދައިން ބުންޏެވެ. ”⁠ތިޔަބައިމީހުންގެ އެދުމާއިގެން ޔޫސުފުގެ ގާތަށް ދޭ. އަދި އޭނާ އަންގާ ގޮތެއްގެ މަތިން އަމަލުކުރޭ.⁠“


އަދި ހަމައެހެންމެ ދުނިޔޭގެ އެކިކަންކޮޅުތަކަށް މި ތަދުމަޑުކަމާއި ހައިހޫނުކަން ކުރިމަތިވެފައި ވުމުގެ ސަބަބުން އެކި ސަރަހައްދުތަކުން ގޮވާން ގަތުމަށް ޔޫސުފުގެފާނުގެ އަރިހަށް މިޞްރަށް މީސްތަކުން އަންނަމުން ދިޔައެވެ.


އޭރު މިޞްރުގެ ގަވަރުވަނަރަކަށް ހުންނެވީ ޔޫސުފުގެފާނެވެ. އެކަލޭގެފާނަކީ އެ ހުރިހާ ގޮވާމެއް ވިއްކުމާ ހަވާލުވެ ހުންނެވި ވެރިޔާއެވެ. ޔޫސުފުގެފާނުގެ ބޭބެއިން އައިސް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިފިއެވެ.


ކަންޢާނު ސަހަރަށް ދިމާވެފައިވީ ތަދުމަޑުކަން ބޮޑުވަމުން ދިޔައެވެ.


މަޅިއެއް ހެން ކަލޭމެން ބައްދާލަފާނެ. އޭރު ދުނިޔޭގައި ވާ ކޮންމެ މީހަކުމެ މި ދުވަހާއި ކުރިމަތިލާން ޖެހޭނެ.


އެންމެ އިންސާނަކުން މާތްރަސްކަލާނގެ ދުނިޔޭގައިވާ ހުރިހާ ނަސްލުތަކެއްގެ މީހުން އުފެއްދެވިއޭ. އަދި އެމީހުން ދުނިޔޭގެ އެކިތަންތަނުގައި ލެއްވި. އެމީހުން ދުނިޔޭގައި އުޅޭނެ ދުވަސްވަރާ އަދި އުޅޭނެ ސަރަހައްދު ތައް ވެސް އެކަލާނގެ މާކުރިއްސުރެ ވަނީ ރާއްވަވާ ނިންމަވާފައޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ