Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 41:52 - ކިތާބުލް މުޤައްދަސާ

52 ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެވަނަ ދަރިފުޅަށް އަފްރާއީމް އޭ ކިޔައި ނަން ދެއްވި ހިނދު މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ވޭނާއި މުސީބާތުގައި ވީ ރަށުގައި މާތްކަލާނގެ އަހަރެންނަށް ދަރިން ދެއްވައިފި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 41:52
21 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ ތިބާއަށް ގިނަވެގެންވާ ދަރިފަސްކޮޅެއް ދެއްވާނަން. އަދި މުސްތަޤުބަލުގައި އެބައިމީހުން ރަސްރަސްކަލުންނަށްވެ އެތައް ޤައުމެއް ބިނާ ކުރާނެ.


ކުޅަދުންވަންތަ ކަލާނގެ ދަރިފުޅުގެ ކައިވެންޏަށް ރަޙުމަތްލައްވައި ގިނަގުނަ ދަރިން ދެއްވާހުށި. އެގޮތުން ދަރިފުޅު ގިނަ ޤައުމުތަކެއްގެ ބަފައިކަލުން ކަމުގައިވާނެ!


ފުރަތަމަ ދަރިކަލުންނަށް ޔޫސުފުގެފާނު މަނައްސާ ގެ ނަމުން ނަންދެވި ހިނދު މިފަދައިން ވިދާޅުވެވުނެވެ. ”⁠މާތްކަލާނގެ އަހަރެންގެ އެންމެހާ މުސީބާތްތަކާއި އަދި އަހަރެންގެ ބަފައިކަލުންގެ އާއިލާގެ މަތިން ހަނދާން ނެތިކޮށްދެއްވައިފި.⁠“


މިޞްރަށް ތިޔާގިކަން ލިބިގެންވީ ހަތް އަހަރު ނިމުމަކަށް އައެވެ.


މީގެ ދުވަސްތަކެއްގެ ފަހުން ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނު ވަރަށް ބޮޑަށް އާލާސްކަންފުޅުގައި އޮންނެވި ޚަބަރު ލިބިވަޑައިގަތެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ މަނައްސާ އާއި އަފްރާއީމް ގޮވައިގެން ޔަޢުޤޫބުގެފާނުގެ އަރިހަށް ވަޑައިގެންނެވި ޙަބަރުފުޅު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތުމުން ހަށިކޮޅަށް ލެވުނުހާ ބާރެއްލައްވައި ޔަޢުޤޫބުގެފާނު ތެދުވެ ވަޑައިގެން އެދުމަތީގައި އިށީނދެ ވަޑައިގަތެވެ.


ނަމަވެސް ޔަޢުޤޫބުގެފާނު ދުޢާފުޅު ކުރެއްވުމަށް އެކަލޭގެފާނުގެ އަތްޕުޅު ހުރަސްކުރައްވައި އެ ދެބެއިންގެ ތެރެއިން ހަގު ކުއްޖާ ކަމުގައިވާ އަފްރާއީމްގެ ބޯމަތީގައި އެކަލޭގެފާނުގެ ކަނާތްޕުޅު ބޭއްވިއެވެ. އަދި ފުރަތަމަ އުފަންވި ފިރިހެން ދަރިފުޅު ކަމުގައިވާ މަނައްސާގެ ބޯމަތީގައި އެކަލޭގެފާނުގެ ވައަތްޕުޅު ބޭއްވިއެވެ.


އަހަރެން އައުމުގެ ކުރިން މިޞްރުގައި އުފަންވެފައިވާ ތިބާގެ ދެ ފިރިހެން ދަރިންނަކީ އަހަރެންގެ އަމިއްލަ ދެ ދަރިން ކަމުގައި އަހަރެން ހަދައިފީމު. މަނައްސާ އާއި އަފްރާއީމް އާއި ދެ ކުދިންނަކީ ރައޫބައިން އާއި ޝިމްޢޫން ފަދައިން އަހަރެންގެ ތަރިކަ މުދަލުން ލިބޭނޭ ދެ ދަރިންމެ.


”⁠ޔޫސުފު ވާނީ ފެންއާރެއްގެ ކައިރީގައި ވާ މޭބިސްކަދުރުވެލެއް ހެން. އޭގައި ގިނައިން މޭވާ އަޅާނެ. އެ ވެލުގެ އޮފިތައް މުޅި ފާރަށް ފެތުރިގެންވޭ.⁠“


އަފްރާއީމްއަށް ދަރިން ލިބި އަދި ކާފަ ދަރިން ލިބުނީ ވެސް ޔޫސުފުގެފާނު ދުނިޔޭގައި ހުންނަވަނިކޮށެވެ. އަދި ޔޫސުފުގެފާނުގެ ދަރިކަލުން މަނައްސާއަށް ފިރިހެން ދަރިއަކު ލިބުނެވެ. އޭނާގެ ނަމަކީ މާކީރު އެވެ. މާކީރުގެ ދަރިންނަކީ ޔޫސުފުގެފާނުގެ އުފަންދަރިން ކަމުގައި ހެއްދެވިއެވެ.


މާތްރަސްކަލާނގެ އެކަލޭގެފާނަށް ދިމާވި ހުރިހާ އުނދަގުލެއްގައި އެކަލޭގެފާނަށް އެހީފުޅުވެ ވޮޑިގެންވި. އަދި މިޞްރުގެ ވެރިޔާ ފިރުޢައުނުގެ ހިތުގައި އެކަލޭގެފާނުގެ މައްޗަށް ޤަދަރު ލެއްވި. އަދި އޭގެ އިތުރުން މާތްރަސްކަލާނގެ ޔޫސުފުގެފާނަށް ވަރަށް މަތިވެރި ޙިކުމަތްތެރިކަން ވެސް ދެއްވި. މިޞްރުގެ ރަސްގެފާނު ޔޫސުފުގެފާނަށް މުޅި މިޞްރުގެ ގަވަރުނަރުކަން ދެއްވި. އަދި އެ ރަސްގެފާނުގެ ގަނޑުވަރުގެ ހުރިހާ މުދަލަކާއި އަގުހުރި އެއްޗެއް ޔޫސުފުގެފާނުގެ ބެއްލެވުމުގެ ދަށަށް ދޫކޮށްލެއްވި.


އޭގެ ފަހުން ޙައްނާ ބަލިވެއިނދެ ދުވަސް ފުރާ ފިރިހެން ދަރިޔަކު ވިހައިފިއެވެ. އެކުއްޖާއަށް އޭނާ ޞަމޫއީލް އޭ ކިޔައި ނަން ދިނެވެ. ”⁠އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެދުނު ކަންތައް ހިންމަވައި ދެއްވި.⁠“ އޭނާ އެނަން ކީ މިހެން ބުނަމުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ