Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 41:51 - ކިތާބުލް މުޤައްދަސާ

51 ފުރަތަމަ ދަރިކަލުންނަށް ޔޫސުފުގެފާނު މަނައްސާ ގެ ނަމުން ނަންދެވި ހިނދު މިފަދައިން ވިދާޅުވެވުނެވެ. ”⁠މާތްކަލާނގެ އަހަރެންގެ އެންމެހާ މުސީބާތްތަކާއި އަދި އަހަރެންގެ ބަފައިކަލުންގެ އާއިލާގެ މަތިން ހަނދާން ނެތިކޮށްދެއްވައިފި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 41:51
19 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އޭގެފަހުގައި އަންނަ ހަތް އަހަރު ދުވަހަކީ ތަދުމަޑުކަމާއި ހައިހޫނުކަމުގެ ހަތް އަހަރު. އަދި ފާގަތިކަމާއި ތަނަވަސް ކަމުގައި ވީ ހަތް އަހަރު ދުވަހު ލިބިދިން ނަފާ މުޅިން ނެތިގެން ދާނެވެސްމެ. ހަމައެހެންމެ މި ތަދުމަޑުކަމާއި ހައިހޫނުކަމުގެ ސަބަބުން މުޅި މިޞްރު ބިކަޙާލުގައި ޖެހޭނެ.


މިޞްރުގެ ފާގަތި ހަތް އަހަރު ދުވަހުގެ ތެރޭގައި ޔޫސުފުގެފާނަށާއި އެކަލޭގެފާނުގެ އަނބިކަނބަލުން އަސްނާތުއަށް ދެ ފިރިހެން ދަރިކަލުން ލިބިވަޑައިގަތެވެ.


ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެވަނަ ދަރިފުޅަށް އަފްރާއީމް އޭ ކިޔައި ނަން ދެއްވި ހިނދު މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ވޭނާއި މުސީބާތުގައި ވީ ރަށުގައި މާތްކަލާނގެ އަހަރެންނަށް ދަރިން ދެއްވައިފި.⁠“


މީގެ ދުވަސްތަކެއްގެ ފަހުން ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނު ވަރަށް ބޮޑަށް އާލާސްކަންފުޅުގައި އޮންނެވި ޚަބަރު ލިބިވަޑައިގަތެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ މަނައްސާ އާއި އަފްރާއީމް ގޮވައިގެން ޔަޢުޤޫބުގެފާނުގެ އަރިހަށް ވަޑައިގެންނެވި ޙަބަރުފުޅު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތުމުން ހަށިކޮޅަށް ލެވުނުހާ ބާރެއްލައްވައި ޔަޢުޤޫބުގެފާނު ތެދުވެ ވަޑައިގެން އެދުމަތީގައި އިށީނދެ ވަޑައިގަތެވެ.


އަހަރެން އައުމުގެ ކުރިން މިޞްރުގައި އުފަންވެފައިވާ ތިބާގެ ދެ ފިރިހެން ދަރިންނަކީ އަހަރެންގެ އަމިއްލަ ދެ ދަރިން ކަމުގައި އަހަރެން ހަދައިފީމު. މަނައްސާ އާއި އަފްރާއީމް އާއި ދެ ކުދިންނަކީ ރައޫބައިން އާއި ޝިމްޢޫން ފަދައިން އަހަރެންގެ ތަރިކަ މުދަލުން ލިބޭނޭ ދެ ދަރިންމެ.


އެއީ އެމީހުންގެ ފަގީރުކަމާއި ޖެހިފައިވާ ހާލުގެ މަތިން ހަނދާން ނެތުނަ ދިނުމަށެވެ.


އޭގެ ފަހުން ޙައްނާ ބަލިވެއިނދެ ދުވަސް ފުރާ ފިރިހެން ދަރިޔަކު ވިހައިފިއެވެ. އެކުއްޖާއަށް އޭނާ ޞަމޫއީލް އޭ ކިޔައި ނަން ދިނެވެ. ”⁠އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެދުނު ކަންތައް ހިންމަވައި ދެއްވި.⁠“ އޭނާ އެނަން ކީ މިހެން ބުނަމުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ