47 ޖެހިގެން އައި ހަތް އަހަރު ދުވަހު މުޅި މިޞްރުގައި ރަނގަޅަށް ގޮވާން ހެދި ފާގަތިކަން ލިބިފައިވިއެވެ.
އެބިމުގައި އިސްޙާޤުގެފާނު ގޮވާން އިންދެވިއެވެ. އެއަހަރު އެކަލޭގެފާނުގެ އިންދެވި ގޮވާމުން ސަތޭކަ ބައި އިތުރަށް ލިބިވަޑައިގަތެވެ. މާތްރަސްކަލާނގެ އެކަލޭގެފާނަށް ރަޙުމަތާއި ބަރަކާތް ލެއްވިއެވެ.
ކުރިއަށް އޮތް ހަތް އަހަރު ދުވަހަކީ މަނިކުފާނަށާއި މުޅި މިޞްރަށް ތިޔާގިކަމާއި ފާގަތި ހަތް އަހަރުދުވަސް ކަމުގައިވާނެ.
މިޞްރުގެ ރަސްގެފާނު، ފިރުޢައުނަށް ޔޫސުފުގެފާނު ޚިދުމަތް ކޮށްދެއްވަން ފެއްޓެވިއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ތިރީސް އަހަރުފުޅެވެ. އަދި ރަސްގެފާނުގެ ދަރުބާރުން ނުކުމެ ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނު މުޅި މިޞްރު ބައްލަވާލެއްވުމަށް ދަތުރުފުޅު ކުރެއްވިއެވެ.
އެ ހަތް އަހަރުތެރޭގައި މިޞްރުގައި ހެއްދުނު ގޮވާންތައް އެކަލޭގެފާނު މިޞްރުގެ އެކި ރަށްރަށުގައި ރައްކާ ކުރެއްވިއެވެ. ކޮންމެ ރަށެއްގައި އެކަލޭގެފާނު ރައްކާ ކުރެއްވީ އެރަށަކާ ކައިރި ހިސާބުގެ ދަނޑުތަކުގައި ހެދުނު ގޮވާންތަކެވެ.