Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 41:45 - ކިތާބުލް މުޤައްދަސާ

45 ފިރުޢައުނު ރަސްގެފާނު ޔޫސުފުގެފާނަށް މިޞްރު ބަހުން ދެއްވި ނަންފުޅަކީ ޞަފްނާތު ފަޢުނީޙު އެވެ. އަދި ޢައުނުގެ ފާދިރީ ފޫޠީފާރަޢަގެ އަންހެން ދަރިފުޅު އަސްނާތު އާއި ކައިވެނި ކުރުވިއެވެ. އެހެންކަމުން ޔޫސުފުގެފާނު މުޅި މިޞްރުގެ ގަވަރުނަރުކަމާއި ހަވާލުވެ ވަޑައިގެންނެވުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 41:45
11 ပူးပေါင်းရင်းမြစ်များ  

ސާލެމުގެ ރަސްގެފާނު މަލްކީޞާދިޤު އަކީ އެންމެ މަތިވެރި ރަސްކަލާނގެ ކިބަފުޅަށް އީމާންވާ މުހިންމު އިމާމެކެވެ. އެރަސްގެފާނު އަބްރާމްއަށް ހެޔޮ ދުޢާކޮށް، ޕާނާއި މޭބިސްކަދުރުގެ ދިޔަ އަބްރާމްއަށް ހަދިޔާ ކުރުމަށް ފަހު ބުންޏެވެ.


މިޞްރުގެ ފާގަތި ހަތް އަހަރު ދުވަހުގެ ތެރޭގައި ޔޫސުފުގެފާނަށާއި އެކަލޭގެފާނުގެ އަނބިކަނބަލުން އަސްނާތުއަށް ދެ ފިރިހެން ދަރިކަލުން ލިބިވަޑައިގަތެވެ.


ޔޫސުފުގެފާނަށް މިޞްރުގައި ލިބިވަޑައިގަތީ ދެ ދަރިކަލުންނެވެ. އެއީ މަނައްސާ އާއި އަފްރާއީމް އެވެ. މި ކުދިންގެ މަންމައަކީ އޫނުގެ ފާދިރީ ފޫޠީފާރަޢުގެ އަންހެން ދަރިފުޅު އަސްނާތު އެވެ.


އަދި ޔާއިރީގެ ޢީރާ ހަމަޖެއްސީ ދާއޫދުގެފާނުގެ ގަނޑުވަރުގެ އިމާމަކަށެވެ.


އަދި ޔޫޔާދަޢުގެ ދަރި ބަނާޔާއަކީ އެކަލޭގެފާނުގެ ހަށިފާރަވެރިންގެ އިސްމީހާއެވެ. އަދި ދާއޫދުގެފާނުގެ ދަރިންނަކީ ޝާހީ މުޝްތަޝާރުންނެވެ.


އޭރު މިދްޔާންގެ އިމާމު ޔަސްރޫގެ ހަތް އަންހެންދަރިން ތިބެއެވެ. މި ކުދިން އައިސް އުޅުނީ އެކުދިންގެ ފެންގުރާބަށް ފެންފުރައި އެކުދިންގެ ބައްޕަގެ ކަންބަޅިބަކަރިތަކަށް ފެން ދޭންވެގެންނެވެ.


ޔަޙުޔާގެފާނުގެ އުމުރުފުޅުން ގާތްގަނޑަކަށް ހަމަހުގައި އޭރު ރޯމު ކަރައިގެ ރަސްކަލަކަށް ހުންނެވި ކައިސަރު އައުގުސްތު އަމުރުފުޅެއް ނެރުއްވިއެވެ. އެ އަމުރުފުޅަކީ ރޯމުގެ ދައުލަތުގައި ހިމެނޭ ހުރިހާ ޤައުމެއްގެ އެންމެން އެމީހެއްގެ ކާބަފައިންގެ ރަށަށް ގޮސް ސަރުކާރުގެ ބޯހިމެނުމުގައި ނަން ނޯޓު ކުރުމަށެވެ. ފުރަތަމަ ފަހަރަށް މިބޯހިމެނުން ހިމެނުނީ ސޫރިޔާގެ ގަވަރުނަރަކަށް ކިރީނިޔުސް ހުންނެވި ދުވަސްވަރުއެވެ.


އޭގެ ތެރެއިން އެކަކު ކަމުގައި ވީ އަގާބުސް އޭ ނަމަކަށް ކިޔުނު މީހަކު ތެދުވެ މާތްރޫޙުފުޅުގެ ބާރުގެ ދަށުން އެންމެންނާ މުޚާޠަބުކޮށް ބުންޏެވެ: ”⁠މުޅި ދުނިޔެއަށް ވަރަށް ބޮޑު ތަދެއް އެބަ ކުރިމަތިވެއެވެ.⁠“ (މި ތަދު ކުރިމަތިވީ ކުލާއުދިއުސް ގެ ރަސްކަމުގެ ދުވަސްވަރުއެވެ.)


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ