ފެށުން 41:41 - ކިތާބުލް މުޤައްދަސާ41 އަދި ފިރުޢައުނު ރަސްގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”މިހިނދުން ފެށިގެން ތިބާ މުޅި މިޞްރުގެ ގަވަރުނަރު ކަމުގައި ޢައްޔަން ކޮށްފީމު.“ အခန်းကိုကြည့်ပါ။ |
އަހަރެން މިރަށަށް ފޮނުވީ ތިޔަބައިމީހުންނެއް ނޫން. އެއީ މާތްކަލާނގެ. މިޞްރުގެ ރަސްގެފާނުގެ އެންމެ މަތީ އޮފިސަރު ކަމުގައި މާތްކަލާނގެ ވަނީ އަހަރެން ހަމަޖައްސަވާފަ. އެ ރަސްގެފާނުގެ ގަނޑުވަރުގެ އެންމެހާ ކަމެއް އަހަރެންނާއި ވަނީ ހަވާލު ކުރެވިފަ. އަދި މުޅި މިޞްރުގެ މައްޗަށް ވެރިކަން ހިންގުމުގެ ބާރު އެކަލާނގެ އަހަރެންނަށް ދެއްވި.
މާތްރަސްކަލާނގެ އެކަލޭގެފާނަށް ދިމާވި ހުރިހާ އުނދަގުލެއްގައި އެކަލޭގެފާނަށް އެހީފުޅުވެ ވޮޑިގެންވި. އަދި މިޞްރުގެ ވެރިޔާ ފިރުޢައުނުގެ ހިތުގައި އެކަލޭގެފާނުގެ މައްޗަށް ޤަދަރު ލެއްވި. އަދި އޭގެ އިތުރުން މާތްރަސްކަލާނގެ ޔޫސުފުގެފާނަށް ވަރަށް މަތިވެރި ޙިކުމަތްތެރިކަން ވެސް ދެއްވި. މިޞްރުގެ ރަސްގެފާނު ޔޫސުފުގެފާނަށް މުޅި މިޞްރުގެ ގަވަރުނަރުކަން ދެއްވި. އަދި އެ ރަސްގެފާނުގެ ގަނޑުވަރުގެ ހުރިހާ މުދަލަކާއި އަގުހުރި އެއްޗެއް ޔޫސުފުގެފާނުގެ ބެއްލެވުމުގެ ދަށަށް ދޫކޮށްލެއްވި.