Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 41:37 - ކިތާބުލް މުޤައްދަސާ

37 ޔޫސުފުގެފާނުގެ މި ހުށަހެޅުއްވުންތައް ފިރުޢައުނު ރަސްގެފާނާއި އެ ރަސްގެފާނުގެ ވަޒީރުން ގަބޫލު ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 41:37
10 ပူးပေါင်းရင်းမြစ်များ  

އެގޮތުން ތަދުމަޑުކަމުގެ ހަތް އަހަރު ކުރިމަތި ވުމުން ބޭނުންވަރަކަށް ކާނެ އެއްޗެތި ލިބޭނެ. އެހެން ނޫނީ މުޅި ޤައުމު ހަލާކާއި ކުރިމަތިވެ އެންމެން މަރުވެ ނެތިދާނެ.⁠“


ދެން ފިރުޢައުނު ރަސްގެފާނު ދަރުބާރުގައިވާ ހުރިހާ އެންމެންނަށް ވިދާޅުވިއެވެ. ”⁠ޔޫސުފުއަށް ވުރެން ފުރިހަމައަށް ތިޔަ ކަންތައްތައް ޙައްލު ކުރެވޭނޭ މީހަކު އަހަރެމެންގެ ތެރެއިން ހޯދިދާނެތަ؟ މާތްކަލާނގެ ރޫޙުފުޅު އޭނާއާއި އެކުގައި ވޮޑިގެންވޭ!⁠“


މިޞްރުގެ ރަސްގެފާނާއި އަދި އެރަސްގެފާނުގެ ވަޒީރުންނަށް ޔޫސުފުގެފާނުގެ އަޚުން އެރަށަށް އައިކަން އެނގިވަޑައިގަތުމުން އެބޭފުޅުން ވަރަށް އުފާފުޅުވިއެވެ.


ދާއޫދުގެފާނު މި ކުރެއްވި ކަންތައް އެމީހުން އުފަލާއެކު ފާހަގަ ކުރިއެވެ. އަދި އެނޫނަސް އެކަލޭގެފާނު ކުރައްވާ ހުރިހާ ކަމެއް ވެސް މީސްތަކުން ބަލައިގަންނަނީ ހިތްހަމަ ޖެހުމާއެކުގައެވެ.


ހެޔޮމީހާގެ ބަސްތަކުގައި ސާފު ރިހިހާ އަގުހުރެއެވެ. ވިޔާނުދާ މީހާގެ ފިކުރަކު އަގެއް ނުހުރެއެވެ.


ރަނގަޅު ވަގުތުގައި ބުނެލާ ހެޔޮ ބަހެއް ރިހި ވަށިގަނޑެއްގައި ހުންނަ ރަން އާފަލުތަކެއް ފަދައެވެ.


މާތްރަސްކަލާނގެ އެކަލޭގެފާނަށް ދިމާވި ހުރިހާ އުނދަގުލެއްގައި އެކަލޭގެފާނަށް އެހީފުޅުވެ ވޮޑިގެންވި. އަދި މިޞްރުގެ ވެރިޔާ ފިރުޢައުނުގެ ހިތުގައި އެކަލޭގެފާނުގެ މައްޗަށް ޤަދަރު ލެއްވި. އަދި އޭގެ އިތުރުން މާތްރަސްކަލާނގެ ޔޫސުފުގެފާނަށް ވަރަށް މަތިވެރި ޙިކުމަތްތެރިކަން ވެސް ދެއްވި. މިޞްރުގެ ރަސްގެފާނު ޔޫސުފުގެފާނަށް މުޅި މިޞްރުގެ ގަވަރުނަރުކަން ދެއްވި. އަދި އެ ރަސްގެފާނުގެ ގަނޑުވަރުގެ ހުރިހާ މުދަލަކާއި އަގުހުރި އެއްޗެއް ޔޫސުފުގެފާނުގެ ބެއްލެވުމުގެ ދަށަށް ދޫކޮށްލެއްވި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ