34 އެއަށް ފަހު ފާގަތި ހަތް އަހަރު ދުވަހުގައި ލިބޭ ގޮވާމުގެ ފަސްބައިކުޅަ އެއްބައި ރައްކާ ކުރުމަށް މުޅި މިޞްރުން ކަމުވޮށިވެގެންވާ ޚާއްސަ ބަޔަކު ރަސްގެފާނު ހަމަޖައްސަވާ.
އަޅުގަނޑަށް ފެންނަ ގޮތަކީ މުޅި މިޞްރުން ބުއްދިވެރި މީހަކު ހޯއްދަވައި ޢިއްޒަތްތެރި ރަސްގެފާނު އެމީހަކާ މުޅި މިޞްރުގެ އެންމެހާ ކަންތައްތައް ހިންގައި ބެލެހެއްޓުން ހަވާލު ކުރެއްވުން.
އަދި މި ކަމުވޮށިވެގެންވާ ފަރާތްތަކަށް ފާގަތި ހަތް އަހަރު ދުވަހުގެ ތެރޭގައި ލިބޭ ގޮވާން ސަހަރުގައި ގުދަން ކުރުމުގެ ބާރާއި ހުއްދަ ދެއްވާ. އަދި ރަސްގެފާނުގެ ބެއްލެވުމުގެ ދަށުން އެ ތަކެތި ރައްކާތެރި ކުރައްވައި ބަލަހައްޓަވާ.
އެ ދަނޑުތަކުން ގޮވާން ކަނޑާ ހިނދު އޭގެ ފަސްބައިކުޅަ އެއްބައި ރަސްގެފާނަށް ދޭންޖެހޭނެ. އަނެއް ފަސްބައިކުޅަ ހަތަރުބައި ތިޔަބައިމީހުން ނަގާ. އެއިން ތިޔަބައިމީހުން ގޮވާން އިންދުމަށާއި އަދި ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އާއިލާ ތަކާއި ތިޔަބައިމީހުންގެ ކުޑަކުދިން ކެއުމަށް ބޭނުން ކުރޭ.“
ވީމާ، މިޞްރުގައި ޔޫސުފުގެފާނު ޤާނޫނެއް ހެއްދެވިއެވެ. އެ ޤާނޫނު މިއަދާއި ހަމައަށް ވެސް ދެމިގެންވެއެވެ. އެއީ އެ ޤައުމުގައިވާ އެންމެހާ ތަކެތީގެ ފަސްބައިކުޅަ އެއްބަޔަކީ ރަސްގެފާނަށް މިލްކުވެގެންވާ ތަކެތި ކަމުގައެވެ. ހަމައެކަނި ރަސްގެފާނަށް ލިބިގެންނުވާ ބިމަކީ ފާދިރީންގެ ބިންތަކެވެ.
ވިސްނާ ހުންނަ މީހާއަށް ނުރައްކާ އަންނަން އުޅޭކަން އެނގި އެކަމަށް ތައްޔާރުވެއެވެ. ޖާހިލު މީހާ ލޯ މަރައިގެންގޮސް އެ ނުރައްކަލުގެ ތެރެއަށް ވަދެގަނެއެވެ.
ހެޔޮ ވިސްނޭ މީހާއަށް މުސީބާތެއް އެބަ އަންނަކަން ވިސްނި ދުރާލާ ތައްޔާރު ވެއެވެ. ނުވިސްނާ މީހާ ގޮސް އެމުސީބާތުގެ ތެރެއަށް ބޯމަހާލާނެ އެވެ.
ދެން އޭނާ އޭނާގެ ވެރިމީހާއަށް ދަރާފައިވާ ހުރިހާ މީހުން ފަހަރަކު މީހަކު ގެ މަތިން އޭނާގެ ކައިރިއަށް ގެނައި. މީނާ އޭގެތެރެއިން ފުރަތަމަ މީހާ ކުރެން ސުވާލު ކުރި. ’ކަލޭ އަހަރެންގެ ވެރިމީހާއަށް ދަރައި އޮތީ ކިހާވަރެއް ހޭ؟‘