31 އޭގެ ސަބަބުން ތަނަވަސްކަމާއި ފާގަތި ކަމުގައި ވޭތުކުރި ހަތް އަހަރު ދުވަހުގެ ހަނދާންތައް ހުންނާނެ އެއްވެސް އަހުލުވެރިއެއް މުޅި މިޞްރުގައި ނުހުންނަ ވަރަށް ޙާލުގައި ޖެހިގެންދާނެ.
ނަމަވެސް އޭގެފަހުގައި އަންނަ ހަތް އަހަރު ދުވަހަކީ ތަދުމަޑުކަމާއި ހައިހޫނުކަމުގެ ހަތް އަހަރު. އަދި ފާގަތިކަމާއި ތަނަވަސް ކަމުގައި ވީ ހަތް އަހަރު ދުވަހު ލިބިދިން ނަފާ މުޅިން ނެތިގެން ދާނެވެސްމެ. ހަމައެހެންމެ މި ތަދުމަޑުކަމާއި ހައިހޫނުކަމުގެ ސަބަބުން މުޅި މިޞްރު ބިކަޙާލުގައި ޖެހޭނެ.
ސާހިބާއަށް ވިދިވިދިގެން އެއް މާނައެއް ދޭހަވާ ދެ ހުވަފެންފުޅެއް ފެނިވަޑައިގަތުމުގެ މާނައަކީ، މިކަމަކީ މާތްކަލާނގެ ކަނޑައަޅުއްވައި ނިންމަވާފައިވާ ކަމެއްކަން ދެއްކެވުމަށް. އަދި މި ޙާދިސާތައް އެކަލާނގެ އެފަދައިން އަވަސް ގޮތެއްގައި ކުރައްވާނެކަން.
އަޝްދޫދުގެ މީހުންނާއި އެ ހިސާބު ކައިރީގައިވާ އެންމެންނަށް މާތްރަސްކަލާނގެ ބޮޑުވެގެންވާ މުސީބާތެއް ފޮނުއްވިއެވެ. އެމީހުންގެ ގައިގެ ހަމުގައި މުލިހި ނަގައި މުޅި ހިސާބުގަނޑަށް ބިރުވެރިކަން ފެތުރިއްޖެއެވެ.