ފެށުން 41:30 - ކިތާބުލް މުޤައްދަސާ30 ނަމަވެސް އޭގެފަހުގައި އަންނަ ހަތް އަހަރު ދުވަހަކީ ތަދުމަޑުކަމާއި ހައިހޫނުކަމުގެ ހަތް އަހަރު. އަދި ފާގަތިކަމާއި ތަނަވަސް ކަމުގައި ވީ ހަތް އަހަރު ދުވަހު ލިބިދިން ނަފާ މުޅިން ނެތިގެން ދާނެވެސްމެ. ހަމައެހެންމެ މި ތަދުމަޑުކަމާއި ހައިހޫނުކަމުގެ ސަބަބުން މުޅި މިޞްރު ބިކަޙާލުގައި ޖެހޭނެ. အခန်းကိုကြည့်ပါ။ |
ޖާދު ނަބީ ދާއޫދުގެފާނުގެ އަރިހަށް ގޮސް މިހެން ދެންނެވިއެވެ. ”މި ތިން ކަންތަކުގެ ތެރޭން އެއްކަމެއް ޚިޔާރު ކުރައްވާ: ކަލޭގެފާނާއި ކަލޭގެފާނުގެ ޤައުމަށް ހަތް އަހަރުގެ ބަނޑުހައި ހޫނު ކަމެއް އައުން ކަލޭގެފާނުގެ ދުޝްމިނުންގެ އަތްދަށުވެ ތިން މަސް ވަންދެން އެމީހުންނަށް ފިލަން ޖެހި ވަޑައިގަތުން ތިން ދުވަސް ވަންދެން މުޅި ޤައުމަށް ބޮޑު ބަލިމަޑުކަމެއް އައުން. މިކަންތަކާ މެދު ކަލޭގެފާނު ނިންމަވާ ގޮތެއް އަޅުގަނޑުގެ ގާތު ވިދާޅުވޭ. އޭރުން އަޅުގަނޑު އެވާހަކަ މާތްކަލާނގެއަށް ދަންނަވާނަން. އެއީ މިކަންތަކައިގެން ކަލޭގެފާނުގެ އަރިހަށް އެކަލާނގެ ފޮނުއްވާފައިވާ މީހަކީ އަޅުގަނޑު ވީމާ.“
އިލްޔާސްގެފާނާއި މެދުގައި ނިކަން ވިސްނައިބަލާށެވެ. އެކަލޭގެފާނަކީ ވެސް އަހަރެމެން ފަދަ އިންސާނެކެވެ. އެކަލޭގެފާނުގެ ޒަމާނުގައި ވާރޭ ނުވެއްސެވުމަށް އެދި އިޚުލާސްތެރިކަމާއެކު މާތްރަސްކަލާނގެ ކިބަފުޅަށް އެކަލޭގެފާނު ދުޢާފުޅު ކުރެއްވިއެވެ. އަދި އެކަލޭގެފާނު ކުރެއްވި ދުޢާފުޅު މާތްރަސްކަލާނގެ އިޖާބަ ކުރައްވައި ތިން އަހަރާއި ހަމަސްދުވަސް ވަންދެން އެ ރަށަށް ވާރޭ ނުވެއްސެވިއެވެ.