29 ކުރިއަށް އޮތް ހަތް އަހަރު ދުވަހަކީ މަނިކުފާނަށާއި މުޅި މިޞްރަށް ތިޔާގިކަމާއި ފާގަތި ހަތް އަހަރުދުވަސް ކަމުގައިވާނެ.
ޅަނދޮޅު، ފަލަ ހަތް ގެރީގެ ތަޢުބީރަކީ ހަތް އަހަރު ދުވަސް. އަދި އެންމެ ކުރިއެއްގައި ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑުގެ ތަޢުބީރަކީ ވެސް ހަމަ ހަތް އަހަރު ދުވަސް.
ނަމަވެސް އޭގެފަހުގައި އަންނަ ހަތް އަހަރު ދުވަހަކީ ތަދުމަޑުކަމާއި ހައިހޫނުކަމުގެ ހަތް އަހަރު. އަދި ފާގަތިކަމާއި ތަނަވަސް ކަމުގައި ވީ ހަތް އަހަރު ދުވަހު ލިބިދިން ނަފާ މުޅިން ނެތިގެން ދާނެވެސްމެ. ހަމައެހެންމެ މި ތަދުމަޑުކަމާއި ހައިހޫނުކަމުގެ ސަބަބުން މުޅި މިޞްރު ބިކަޙާލުގައި ޖެހޭނެ.
މި ހަތް އަހަރު ދުވަސް ނިމުމުގެ ކުރިން ގޮވާމުން ގުދަންތައް ފުރި އަދަދު ނުކުރެވޭފަދަ މިންވަރަށް އިތުރުވެގެން ދިޔައެވެ.