28 އަޅުގަނޑު މި ދެންނެވި މޭރުމުން މިކަންތައްތައް ހިނގާނެ. މާތްކަލާނގެ ރަސްގެފާނަށް އެ ދެއްކެވީ އެކަލާނގެ ކަންތައް ކުރައްވާނެ ގޮތް.
ޔޫސުފުގެފާނު ވިދާޅުވިއެވެ. ”ތިޔަ ހުވަފެން ތިބާއަށް އަހަރެން ތަޢުބީރު ކޮށްދޭނަން. ތިން އޮފިގަނޑު މާނަކޮށްދެނީ ތިން ދުވަސްކަމުގައި.
ޔޫސުފުގެފާނު ވިދާޅުވިއެވެ. ”ޢިއްޒަތްތެރި ސާހިބާ. ތިޔަފަދަ ކަންތައްތަކަކީ އަޅުގަނޑުގެ އަމިއްލަ ނަފްސަށް ކުޅަދާ ކަންތައްތަކެއް ނޫންމެ. ނަމަވެސް މާތްކަލާނގެ މަނިކުފާނު ހިތްޕުޅާވާ ފަދައިން ތިޔަ ހުވަފެންތަކުގެ މާނަ އަންގަވައި ދެއްވާނެ.“
ރަސްގެފާނުގެ ހުވަފެންފުޅު ޔޫސުފުގެފާނު މިފަދައިން ތަޢުބީރު ކޮށްދެއްވިއެވެ. ”މާތްސާހިބާ. މަނިކުފާނަށް ފެނިވަޑައިގެންނެވި ދެ ހުވަފެންފުޅުގެ ތަޢުބީރަކީ ވެސް އެކައްޗެއް. އެ ހުވަފެންތަކުން ދައްކައިދެނީ މާތްކަލާނގެ ކަންތައް ކުރައްވާނޭ ގޮތް.
ސާހިބާއަށް ވިދިވިދިގެން އެއް މާނައެއް ދޭހަވާ ދެ ހުވަފެންފުޅެއް ފެނިވަޑައިގަތުމުގެ މާނައަކީ، މިކަމަކީ މާތްކަލާނގެ ކަނޑައަޅުއްވައި ނިންމަވާފައިވާ ކަމެއްކަން ދެއްކެވުމަށް. އަދި މި ޙާދިސާތައް އެކަލާނގެ އެފަދައިން އަވަސް ގޮތެއްގައި ކުރައްވާނެކަން.