26 ޅަނދޮޅު، ފަލަ ހަތް ގެރީގެ ތަޢުބީރަކީ ހަތް އަހަރު ދުވަސް. އަދި އެންމެ ކުރިއެއްގައި ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑުގެ ތަޢުބީރަކީ ވެސް ހަމަ ހަތް އަހަރު ދުވަސް.
ފިރިހެނާ އޭނާގެ މައިންބަފައިން ދޫކޮށް ގޮސް އަންހެނާއާއެކު އެއް ހަށިގަނޑެއްގެ ގޮތުގައި ގުޅި އެކަތިގަނޑެއްގެ ގޮތުގައި އުޅެނީ މިހެންވެއެވެ.
ޔޫސުފުގެފާނު ވިދާޅުވިއެވެ. ”ތިޔަ ހުވަފެން ތިބާއަށް އަހަރެން ތަޢުބީރު ކޮށްދޭނަން. ތިން އޮފިގަނޑު މާނަކޮށްދެނީ ތިން ދުވަސްކަމުގައި.
ޔޫސުފުގެފާނު ވިދާޅުވިއެވެ. ”ތިޔަ ހުވަފެނުގެ ތަޢުބީރު ދައްކައިދެނީ މިފަދައިން. ތިބާއަށް ފެނުނު ތިން ވަށިގަނޑަކީ ތިން ދުވަސް.
މި ހުވަފެންފުޅުގައި ޅަނދޮޅު، ފަލަ ހަތް ގެރި ކުއްލިއަކަށް ކޯރުގެ ތެރެއިން އަރައިގެން އައިސް އައްސޭރި ފަށުގައިވާ ވިނަތައް ކާންތިއްބައި ފެނިވަޑައިގަތެވެ.
ރަސްގެފާނުގެ ހުވަފެންފުޅު ޔޫސުފުގެފާނު މިފަދައިން ތަޢުބީރު ކޮށްދެއްވިއެވެ. ”މާތްސާހިބާ. މަނިކުފާނަށް ފެނިވަޑައިގެންނެވި ދެ ހުވަފެންފުޅުގެ ތަޢުބީރަކީ ވެސް އެކައްޗެއް. އެ ހުވަފެންތަކުން ދައްކައިދެނީ މާތްކަލާނގެ ކަންތައް ކުރައްވާނޭ ގޮތް.
ފަހުން ކޯރުން އަރައިގެން އައި ހުތުރު ބަލިކަށި ހަތް ގެރިއާ އަދި އިރުވައިގެ ހޫނުވައިން މިލައިމޯޅިވެ ހިކިފައިވާ ހަތް ކުރާގަނޑު ތަޢުބީރު ކޮށްދެނީ ހަތް އަހަރު ދުވަހުގެ ތަދުމަޑުމަޑު ކަމެއް ކުރިމަތިވާނެކަން.
ކުރިއަށް އޮތް ހަތް އަހަރު ދުވަހަކީ މަނިކުފާނަށާއި މުޅި މިޞްރަށް ތިޔާގިކަމާއި ފާގަތި ހަތް އަހަރުދުވަސް ކަމުގައިވާނެ.
ޖެހިގެން އައި ހަތް އަހަރު ދުވަހު މުޅި މިޞްރުގައި ރަނގަޅަށް ގޮވާން ހެދި ފާގަތިކަން ލިބިފައިވިއެވެ.
އިސާހިތަކު ފިރުޢައުނު ރަސްގެފާނު ދެވަނަ ފަހަރަށް އަވަހާރަފުޅުގެ ތެރެއަށް ވެދެވަޑައިގެންނެވުނެވެ. އެ ހިނދު ދެވަނަ ހުވަފެންފުޅެއް ވެސް ފެނިވަޑައިގަތެވެ. މިފަހަރު ހުވަފެނުގައި ރަސްގެފާނަށް ފެނިވަޑައިގަތީ އެންމެ ކުރިއެއްގައި ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑު ހުއްޓައެވެ.
މިޞްރަށް ތިޔާގިކަން ލިބިގެންވީ ހަތް އަހަރު ނިމުމަކަށް އައެވެ.
މިއީ އެ ކެއުން ކާންވީ ގޮތޭ: އެންމެން ތިބެން ވާނީ އަރުވާޖަހައިގެންނޭ. ފައިވާނަށް އަރައި، ގެންގުޅޭ އަސާ ވެސް ހިފައިގެންނޭ. ކާން ވާނީ އަވަސްއަރުވައިގެންނޭ. އެހެނީ މިއީ ތިމަންކަލާނގެ ރަށުތެރޭން ފަހަނަޅައި ދިޔަކަން ފާހަގަ ކުރާ ރެޔޭ.
ދެން ރަނުގެ ފަންސާސް ބުޅި ހަދައި ބޮޑު ދެ ފަރުދާގައި ފުޅާ ކާރި ފަށުގައި ހަރުކުރޭ. އަދި އޭގައި ފަންސާސް ރަނުގެ ބުޅި ހަރުކޮށް އަނެއް ފަރުދާގައި ހުންނަ މަޅިތަކުގައި އަޅުވާ. މިގޮތުން ހެދިފައި ހުންނަ އިރު މުޅި ފޭލިގެ ވެސް ހުންނާނީ އެއް ފަރުދާއެއްގެ ގޮތުގައި.
މިކަންތަކުގެ މައްޗަށް ތިނެއްޗެއް ހެކިވެއެވެ.