Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 41:25 - ކިތާބުލް މުޤައްދަސާ

25 ރަސްގެފާނުގެ ހުވަފެންފުޅު ޔޫސުފުގެފާނު މިފަދައިން ތަޢުބީރު ކޮށްދެއްވިއެވެ. ”⁠މާތްސާހިބާ. މަނިކުފާނަށް ފެނިވަޑައިގެންނެވި ދެ ހުވަފެންފުޅުގެ ތަޢުބީރަކީ ވެސް އެކައްޗެއް. އެ ހުވަފެންތަކުން ދައްކައިދެނީ މާތްކަލާނގެ ކަންތައް ކުރައްވާނޭ ގޮތް.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 41:25
18 ပူးပေါင်းရင်းမြစ်များ  

ދެ ޚާދިމުން ޖަވާބުގައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އަހަރެމެން ދެމީހުންނަށް ރޭގައި ދެ ހުވަފެނެއް ފެނުނު. ނަމަވެސް އެ ދެ ހުވަފެނުގެ މާނަ އަހަރެމެން ދެމީހުންނަށް އޮޅުންފިލުވައި ދެވޭވަރުގެ މީހަކު މިތަނަކު ނެތް.⁠“ އެ ދެ ޚާދިމުންނަށް ޔޫސުފުގެފާނު ވިދާޅުވިއެވެ. ”⁠ހުވަފެން ތަޢުބީރު ކޮށްދެއްވޭނޭ ހަމައެކަނި ފަރާތަކީ މާތްކަލާނގެ. ތިޔަބައިމީހުންނަށް ފެނުނު ހުވަފެން އަހަރެންނަށް ކިޔައިދީބަލަ.⁠“


ޔޫސުފުގެފާނު ވިދާޅުވިއެވެ. ”⁠ޢިއްޒަތްތެރި ސާހިބާ. ތިޔަފަދަ ކަންތައްތަކަކީ އަޅުގަނޑުގެ އަމިއްލަ ނަފްސަށް ކުޅަދާ ކަންތައްތަކެއް ނޫންމެ. ނަމަވެސް މާތްކަލާނގެ މަނިކުފާނު ހިތްޕުޅާވާ ފަދައިން ތިޔަ ހުވަފެންތަކުގެ މާނަ އަންގަވައި ދެއްވާނެ.⁠“


ޅަނދޮޅު، ފަލަ ހަތް ގެރީގެ ތަޢުބީރަކީ ހަތް އަހަރު ދުވަސް. އަދި އެންމެ ކުރިއެއްގައި ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑުގެ ތަޢުބީރަކީ ވެސް ހަމަ ހަތް އަހަރު ދުވަސް.


އަޅުގަނޑު މި ދެންނެވި މޭރުމުން މިކަންތައްތައް ހިނގާނެ. މާތްކަލާނގެ ރަސްގެފާނަށް އެ ދެއްކެވީ އެކަލާނގެ ކަންތައް ކުރައްވާނެ ގޮތް.


ސާހިބާއަށް ވިދިވިދިގެން އެއް މާނައެއް ދޭހަވާ ދެ ހުވަފެންފުޅެއް ފެނިވަޑައިގަތުމުގެ މާނައަކީ، މިކަމަކީ މާތްކަލާނގެ ކަނޑައަޅުއްވައި ނިންމަވާފައިވާ ކަމެއްކަން ދެއްކެވުމަށް. އަދި މި ޙާދިސާތައް އެކަލާނގެ އެފަދައިން އަވަސް ގޮތެއްގައި ކުރައްވާނެކަން.


މަނިކުފާނު އެކަންތައް އެ ގޮތަށް ނުކުރައްވައިފިނަމަ އިތުރު މުސީބާތްތައް މަނިކުފާނަށާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ މައްޗަށް ފޮނުއްވާނަމޭ. އޭރުން ތިމަންކަލާނގެ ފަދަ ދެވަނަ ފަރާތެއް މިދުނިޔެމަތީގައި ނުވާކަން މަނިކުފާނަށް އެނގި ވަޑައިގަންނަވާނެޔޭ.


ދެ މީހަކު ދަނޑުގައި ތިބޭނެ. އޭގެތެރެއިން އެކަކު ބަހައްޓާފައި އަނެކަކު ގެންދާނެ.


ތިޔަބައިމީހުންގެ ނަފްސުތަކަށް ސަމާލުވޭ! ވަގުތު އައުމުގެ ކުރީން ތިޔަބައިމީހުންނަށް ހުރިހާ ތަކެއްޗެއް އަހަރެން ބުނެފިން!⁠“


އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ، ތިޔަބައިމީހުންނަށް ރޫޙާނީ ޙިކުމަތްތެރިކަމަކާއި އަދި ފުރިހަމަ އިލްހާމެއް ދެއްވުމަށް އެދިދަންނަވަމެވެ. އޭރުން ތިޔަބައިމީހުންނަށް އެކަލާނގެ ފުރިހަމައަށް އެނގިގެންވާނެއެވެ.


އެއަށް ފަހު، އުޑުން ދޮރެއް ހުޅުވުނު ތަން އަހަރެން ދުށީމެވެ. އަދި ތާޅަފިލީގެ އަޑުފަދައިން އަޑެއް ވެސް އިވުނެވެ. އެއީ މީގެ ކުރިން އަހަރެންނާއި ވާހަކަ ދެއްކި އަޑެއްފަދަ އަޑެކެވެ. އެ އަޑު އަހަރެންނަށް ބުންޏެވެ. ”⁠މިތާ މައްޗަށް އާދޭ. އަދި މިއަށް ފަހު ހިނގައިދާނޭ ކަންތައްތަކުގެ ޙާދިސާތައް އަހަރެން ތިބާއަށް ދައްކައިދޭނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ