12 އެ ހިނދު އަޅުގަނޑުމެންނާއި އެކުގައި ގަނޑުވަރުގެ އިސް ފާރަވެރިޔާގެ އަޅުކުއްޖާ ހައްޔަރު ކުރެވިފައިވި. އަޅުގަނޑުމެން ދެމީހުންގެ ހުވަފެން ތަޢުބީރު ކޮށްދިނީ އެ ޢިބްރާނީ އަޅު ކުއްޖާ.
އެ ހިނދު ޔޫސުފުގެފާނު ގަތް ވިޔަފާރި ގާފިލާ މިޞްރަށް ހިނގައްޖެއެވެ. އަދި އެކަލޭގެފާނު ގަތް މިދްޔާން ވަންހައިގެ ވިޔަފާރިވެރިން މިޞްރުގެ ރަސްގެފާނުގެ ގަނޑުވަރުގެ ސަލާމަތީކަންތައް ބަލަހައްޓާ ވަޒީރު ފޫޠީފާރުއޭ ކިޔުނު މީހަކަށް އެކަލޭގެފާނު އަޅުކުއްޖެއްގެ ގޮތުގައި ވިއްކާލެއްވިއެވެ.
އިސްމާޢީލީންގެ ވިޔަފާރި ގާފިލާއިން ޔޫސުފުގެފާނު ބައްލަވައިގަތުމަށް ފަހު އެ ގާފިލާ އާއި އެކުގައި އެކަލޭގެފާނު މިޞްރަށް ގެންދެވިއެވެ. އަދި އިސްމާޢީލީންގެ މި ވިޔަފާރި ގާފިލާއިން މިޞްރުގެ ރަސްގެފާނު ސަލާމަތީކަންތަކާ ބެހޭ ވަޒީރު ފޫޠީފާރުއަށް މިޞްރުގައި އެކަލޭގެފާނު ވިއްކާލެއްވިއެވެ.
އެގޮތުން ފޫޠީފާރު ޔޫސުފުގެފާނު ހައްޔަރުކޮށް ރަސްގެފާނުގެ ކުށްވެރިން ގައިދުކޮށްފައި ބައިތިއްބާ ޖަލަށް ޔޫސުފުގެފާނު ލައި ބަންދުކުރިއެވެ. ޔޫސުފުގެފާނު ޖަލުގައި ހުންނެވި ހިނދު