Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 41:1 - ކިތާބުލް މުޤައްދަސާ

1 ދެ އަހަރު ދުވަސް ފާއިތުވެދިޔަ ފަހުން މިޞްރުގެ ރަސްގެފާނު ފިރުޢައުނަށް އެރަސްގެފާނު ނީލަ ކޯރުގެ އައްސޭރީގައި ކޮޅަށް ހުންނެވީތީ ހުވަފެންފުޅެއްގައި ފެނިވަޑައިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 41:1
21 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެއްރެއަކު ހުވަފެނެއްގައި މާތްކަލާނގެ އަބީމާލިކަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭގެ ގާތަށް ތިޔަ ގެނައި އަންހެނާއަކީ މީހެއްގެ އަނތްބެއް. ކަލޭގެ ތިޔަ އަމަލުގެ ސަބަބުން ކަލޭ މަރުވެދާނެ.⁠“


އެކަލޭގެފާނަށް އަވަހާރަފުޅުލެއްޕެވުނު ހިނދު ބިމުންފެށިގެން އުޑާއި ހަމައަށް ފޯރާވަރުގެ ހަރުގަނޑެއް އެކަލޭގެފާނަށް ހުވަފެން ފުޅުގައި ފެނިވަޑައިގަތެވެ. މާތްކަލާނގެ މަލާއިކަތުން އެ ހަރުގަނޑުން އަރުއްވައި އަދި ފައިބައި ވަޑައިގަންނަވާތަން ވެސް ފެނިވަޑައިގަތެވެ.


އެއަށް ފަހު ލަބާން ބުންޏެވެ. ”⁠ތިބާ އަކީ އަހަރެންގެ އެއްލޭގެ ގުޅުމުގައިވާ އަންހެން ކޮއްކޮގެ ފިރިހެން ދަރިފުޅު. އަދި ތިބާއަކީ އަހަރެންގެ ޢާއިލީ މެމްބަރެއްމެ.⁠“ ޔަޢުޤޫބުގެފާނު ލަބާންގެ ކައިރީގައި ހުންނަވާތާ މަސްދުވަސް ފަހުން،


ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މިލްކުގައިވާ އެންމެހާ ތަކެއްޗާއިގެން ކުއްލިއަކަށް ދަތުރަށް ފެއްޓެވިއެވެ. އަދި ފުރާތު ކޯރު ހުރަސްކުރައްވައި ޖިލްޢާދުގެ ފަރުބަދަތަކާ ދިމާއަށް ދަތުރު ކުރައްވައި ކުރިއަށް ވަޑައިގެންނެވިއެވެ.


ނަމަވެސް ރަސްގެފާނަށް ބުއިންތައް އަރުވާ ޚާއްސަ ޚާދިމު ޔޫސުފުގެފާނުގެ މަތިން ހަނދާނެއް ނުވިއެވެ.


އެއްރެއަކު ރަސްގެފާނަށް ބުއިންތައް އަރުވާ ޚާދިމަށާއި އަދި ފަރިއްކޮޅު ތައްޔާރުކުރާ ޚާދިމަށް ދެ ހުވަފެނެއް ފެނުނެވެ. ނަމަވެސް މި ދެ ހުވަފެނުގައި ވަނީ ތަފާތު ދެ މާނަ އެކެވެ.


މި ހުވަފެންފުޅުގައި ޅަނދޮޅު، ފަލަ ހަތް ގެރި ކުއްލިއަކަށް ކޯރުގެ ތެރެއިން އަރައިގެން އައިސް އައްސޭރި ފަށުގައިވާ ވިނަތައް ކާންތިއްބައި ފެނިވަޑައިގަތެވެ.


ދެން ފިރުޢައުނު އޭނާގެ އެންމެންނަށް އެންގެވިއެވެ. ”⁠އުފަންވާ ކޮންމެ ޢިބްރާނީ ފިރިހެން ދަރިއެއް ނީލަކޯރަށް އެއްލާލާ. އެކަމަކު އެއްވެސް އަންހެން ދަރިޔަކު ނުމަރާތި.⁠“


އަދި އެމީހުން މި ދެ މުޢުޖިޒާތް ފެނި އެކަން ބަލައިނުގެން އަދި ކަލޭ ބުނި ބަސްތައް އަހައި ގަބޫލު ނުކޮށްފިނަމަ އެމީހުންގެ ކުރިމަތީގައި ނީލަކޯރުން ފެންފޮދެއް ނަގައި އެފެން ބިންމައްޗަށް އޮއްސާލާ. އެ ހިނދު އެފެން ލެޔަށް ބަދަލުވާނެ.⁠“


ޕިލާތުސް ނިޔާ އިއްވާ ގޮނޑީގައި އިށީނދެގެން އިން ހިނދު އޭނާގެ އަންހެނުން އޭނާއަށް ނޯޓެއް ފޮނުވިއެވެ. ”⁠އެ ކުށެއް ނެތް މަޢުސޫމް އިންސާނާ އާއި މެދު އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާ. އެ އިންސާނާގެ ސަބަބުން އަހަރެންނަށް ވަނީ ރޭގައި ބިރުވެރި ހުވަފެނެއް ފެނިފައި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ