Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 40:5 - ކިތާބުލް މުޤައްދަސާ

5 އެއްރެއަކު ރަސްގެފާނަށް ބުއިންތައް އަރުވާ ޚާދިމަށާއި އަދި ފަރިއްކޮޅު ތައްޔާރުކުރާ ޚާދިމަށް ދެ ހުވަފެނެއް ފެނުނެވެ. ނަމަވެސް މި ދެ ހުވަފެނުގައި ވަނީ ތަފާތު ދެ މާނަ އެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 40:5
18 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެއްރެއަކު ހުވަފެނެއްގައި މާތްކަލާނގެ އަބީމާލިކަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭގެ ގާތަށް ތިޔަ ގެނައި އަންހެނާއަކީ މީހެއްގެ އަނތްބެއް. ކަލޭގެ ތިޔަ އަމަލުގެ ސަބަބުން ކަލޭ މަރުވެދާނެ.⁠“


ޔޫސުފުގެފާނު ޖަލުގައި ހައްޔަރު ކުރައްވާފައި ހުންނެވި ހިނދު މިޞްރުގެ ރަސްގެފާނު ފިރުޢައުނުގެ ޝާހީ ގަނޑުވަރުގެ ދެ ޚާދިމުންނަށް ރަސްގެފާނު ހިތްޕުޅާނުވާފަދަ ގޮތަކަށް ކަންތައް ކުރެވުނެވެ. އޭގެތެރެއިން އެކަކީ ބުއިންތައް އަރުވާ މީހާއެވެ. ދެވަނަ މީހާއަކީ ފަރިއްކޮޅު ތައްޔާރުކުރާ މީހާއެވެ.


ގަނޑުވަރުގެ ޖަލުގެ އިސް ފާރަވެރިޔާ ފޫޠީފާރު މި ދެ ޚާދިމުން ޔޫސުފުގެފާނާއި ހަވާލު ކުރިއެވެ. އަދި އެ ދެ ޚާދިމުން ޖަލުގައި ދުވަސްތަކެއް ހޭދަކުރަމުން ދިޔައެވެ.


އަނެއްދުވަހުގެ ހެނދުނު ޔޫސުފުގެފާނު މި ދެ ޚާދިމުންގެ ގާތަށް ވަޑައިގެންނެވި އިރު މި ދެ ޚާދިމުން ކަންބޮޑުވެފައި ވަނިކޮށް އެކަލޭގެފާނަށް ފެނިވަޑައިގެންވިއެވެ.


ދެ ޚާދިމުން ޖަވާބުގައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އަހަރެމެން ދެމީހުންނަށް ރޭގައި ދެ ހުވަފެނެއް ފެނުނު. ނަމަވެސް އެ ދެ ހުވަފެނުގެ މާނަ އަހަރެމެން ދެމީހުންނަށް އޮޅުންފިލުވައި ދެވޭވަރުގެ މީހަކު މިތަނަކު ނެތް.⁠“ އެ ދެ ޚާދިމުންނަށް ޔޫސުފުގެފާނު ވިދާޅުވިއެވެ. ”⁠ހުވަފެން ތަޢުބީރު ކޮށްދެއްވޭނޭ ހަމައެކަނި ފަރާތަކީ މާތްކަލާނގެ. ތިޔަބައިމީހުންނަށް ފެނުނު ހުވަފެން އަހަރެންނަށް ކިޔައިދީބަލަ.⁠“


އެއްރެއަކު އަޅުގަނޑުމެން ދެމީހުންނަށްމެ ހުވަފެނެއް ފެނުނު. އަދި އަޅުގަނޑުމެން ދެމީހުންނަށްމެ ފެނުނު ދެ ހުވަފެނުގެ ތަޢުބީރު ތަފާތު ދެ ގޮތަކަށް ކުރެވުނު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ