Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 40:4 - ކިތާބުލް މުޤައްދަސާ

4 ގަނޑުވަރުގެ ޖަލުގެ އިސް ފާރަވެރިޔާ ފޫޠީފާރު މި ދެ ޚާދިމުން ޔޫސުފުގެފާނާއި ހަވާލު ކުރިއެވެ. އަދި އެ ދެ ޚާދިމުން ޖަލުގައި ދުވަސްތަކެއް ހޭދަކުރަމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 40:4
7 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ޔޫސުފުގެފާނު ގަތް ވިޔަފާރި ގާފިލާ މިޞްރަށް ހިނގައްޖެއެވެ. އަދި އެކަލޭގެފާނު ގަތް މިދްޔާން ވަންހައިގެ ވިޔަފާރިވެރިން މިޞްރުގެ ރަސްގެފާނުގެ ގަނޑުވަރުގެ ސަލާމަތީކަންތައް ބަލަހައްޓާ ވަޒީރު ފޫޠީފާރުއޭ ކިޔުނު މީހަކަށް އެކަލޭގެފާނު އަޅުކުއްޖެއްގެ ގޮތުގައި ވިއްކާލެއްވިއެވެ.


އިސްމާޢީލީންގެ ވިޔަފާރި ގާފިލާއިން ޔޫސުފުގެފާނު ބައްލަވައިގަތުމަށް ފަހު އެ ގާފިލާ އާއި އެކުގައި އެކަލޭގެފާނު މިޞްރަށް ގެންދެވިއެވެ. އަދި އިސްމާޢީލީންގެ މި ވިޔަފާރި ގާފިލާއިން މިޞްރުގެ ރަސްގެފާނު ސަލާމަތީކަންތަކާ ބެހޭ ވަޒީރު ފޫޠީފާރުއަށް މިޞްރުގައި އެކަލޭގެފާނު ވިއްކާލެއްވިއެވެ.


އަދި މި ދެ ޚާދިމުން ހައްޔަރު ކުރެވުނު ޖަލަކީ ރަސްގެފާނުގެ ގަނޑުވަރުގެ ފާރަވެރިންގެ އިސްވެރިޔާގެ ގޭގައި ހުންނަ ޖަލެވެ. އަދި ޔޫސުފުގެފާނު ވެސް ހައްޔަރު ކުރެވިފައި ވަނީ މިޖަލުގައެވެ.


އެއްރެއަކު ރަސްގެފާނަށް ބުއިންތައް އަރުވާ ޚާދިމަށާއި އަދި ފަރިއްކޮޅު ތައްޔާރުކުރާ ޚާދިމަށް ދެ ހުވަފެނެއް ފެނުނެވެ. ނަމަވެސް މި ދެ ހުވަފެނުގައި ވަނީ ތަފާތު ދެ މާނަ އެކެވެ.


އެއަށް ފަހު ޔޫސުފުގެފާނު އެބައިމީހުން ތިން ދުވަސް ވަންދެން ޖަލުގައި ހައްޔަރު ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ