Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 40:3 - ކިތާބުލް މުޤައްދަސާ

3 އަދި މި ދެ ޚާދިމުން ހައްޔަރު ކުރެވުނު ޖަލަކީ ރަސްގެފާނުގެ ގަނޑުވަރުގެ ފާރަވެރިންގެ އިސްވެރިޔާގެ ގޭގައި ހުންނަ ޖަލެވެ. އަދި ޔޫސުފުގެފާނު ވެސް ހައްޔަރު ކުރެވިފައި ވަނީ މިޖަލުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 40:3
6 ပူးပေါင်းရင်းမြစ်များ  

އިސްމާޢީލީންގެ ވިޔަފާރި ގާފިލާއިން ޔޫސުފުގެފާނު ބައްލަވައިގަތުމަށް ފަހު އެ ގާފިލާ އާއި އެކުގައި އެކަލޭގެފާނު މިޞްރަށް ގެންދެވިއެވެ. އަދި އިސްމާޢީލީންގެ މި ވިޔަފާރި ގާފިލާއިން މިޞްރުގެ ރަސްގެފާނު ސަލާމަތީކަންތަކާ ބެހޭ ވަޒީރު ފޫޠީފާރުއަށް މިޞްރުގައި އެކަލޭގެފާނު ވިއްކާލެއްވިއެވެ.


އެގޮތުން ފޫޠީފާރު ޔޫސުފުގެފާނު ހައްޔަރުކޮށް ރަސްގެފާނުގެ ކުށްވެރިން ގައިދުކޮށްފައި ބައިތިއްބާ ޖަލަށް ޔޫސުފުގެފާނު ލައި ބަންދުކުރިއެވެ. ޔޫސުފުގެފާނު ޖަލުގައި ހުންނެވި ހިނދު


ގިނަ މުއްދަތެއް ނުވަނީސް ޖަލު ބެލެހެއްޓުމުގެ އިސްވެރިޔާ ޖަލުގައިވާ ގައިދީންގެ ކަންތައްތައް ބެލެހެއްޓުން ޔޫސުފުގެފާނާއި ހަވާލު ކޮށްފިއެވެ.


އޭގެފަހުގައި ޖަލު ބެލެހެއްޓުމުގެ އިސްވެރިޔާ އެއިން އެއްވެސް ކަމަކާއި ކަންބޮޑުވެ ހާސްވާކަށް ނުޖެހެއެވެ. ސަބަބަކީ ޔޫސުފުގެފާނު އެންމެހާ ކަންތައްތަކަށް ސަމާލުކަން ދެއްވައި ފަރުވާތެރިކަމާއެކުގައި ކުރައްވަމުން ގެންދަވާ ކަމެވެ. އެހެނީ މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވޮޑިގެންވެ، އެންމެހާ ކަންތައްތައް އޮމާންކަމާއެކު ކުރެވޭނޭ ގޮތުގެ މަތިން އެކަލާނގެ ޔޫސުފުގެފާނަށް ކާމިޔާބުކަން ދެއްވުމުގައި ވޮޑިގެންވިއެވެ.


ގަނޑުވަރުގެ ޖަލުގެ އިސް ފާރަވެރިޔާ ފޫޠީފާރު މި ދެ ޚާދިމުން ޔޫސުފުގެފާނާއި ހަވާލު ކުރިއެވެ. އަދި އެ ދެ ޚާދިމުން ޖަލުގައި ދުވަސްތަކެއް ހޭދަކުރަމުން ދިޔައެވެ.


އެއީ އަޅުގަނޑާއި އަދި ސާހިބާއަށް ފަރިއްކޮޅު ތައްޔާރު ކުރާ ޚާދިމުންގެ ވެރިޔާއާ ދެމީހުންދެކެ މަނިކުފާނު ކޯފާވެ ވަޑައިގެން އަޅުގަނޑުމެން ދެމީހުން ގަނޑުވަރުގެ އިސް ފާރަވެރިޔާގެ ޖަލަށްލެއްވީމު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ