ފެށުން 40:19 - ކިތާބުލް މުޤައްދަސާ19 ތިން ދުވަސް ނިމުމުގެ ކުރިން ރަސްގެފާނު ތިބާގެ ބޯ ކަނދުރާއިން ވަކިކުރައްވާނެ! އަދި ތިބާގެ ހަށިގަނޑު މުޑިއަކަށް ނަންގަވާނެ. އެއަށް ފަހު ދޫނިތައް އައިސް ތިބާގެ މަސްތައްކާނެ.“ အခန်းကိုကြည့်ပါ။ |
އައްޔާގެ ދަރިފުޅު ރިސްފާ އައިސް ކިއްތާނީ ފޮތިގަނޑެއް ގަލެއްގެ މަތީ އަޅައިފިއެވެ. މި ފޮތިގަނޑު އެ ގާމަތީ ބަހާރު މޫސުން ނިމި ވިއްސާރަ މޫސުން އަންނަންދެން އޮވެއެވެ. ރިސްފާ ރެއާއި ދުވާލު އެތަނުގައި އެގަބުރުތަކަށް ބަލަހައްޓައިގެން އިނދެއެވެ. އޭނާ ދުވާލު އެތަނަށް އަންނަ ބާޒާއި ކާޅުތައް ފައްސައެވެ. ރޭނގަޑު އަންނަ ވަލު ޖަނަވާރުތައް ފައްސައެވެ.
އަޅުގަނޑުމެންނަށް ޝާއުލްގެފާނުގެ ހަތް ފިރިހެން ދަރިން ދެއްވާ. ޝާއުލްގެފާނަކީ މާތްރަސްކަލާނގެ އިސްކުރެއްވި ރަސްކަލެއް. އެހެންވީމާ އެކަލޭގެފާނުގެ ދަރިން ޖިބްއާގެ ފަރުބަދަ މަތީ މާތްރަސްކަލާނގެ ކުރިފުޅުމަތީގައި ދަންޖައްސާލެވޭނެ.“ ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”އެންމެ ރަނގަޅު. އަހަރެން އެމީހުން ކަލޭމެންނާ ހަވާލު ކޮށްފާނަން.“
އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން އަހަރެމެންގެ ބޮލުގައި އެޅިފައިވާ މުސީބާތާއި ކޯފާއިން އީސާ އަލްމަސީޙު އަހަރެމެން ދިންނަވައިފިއެވެ. އެކަލޭގެފާނު ސަލީބަށް ނެގިފައިވީ ހިނދު، އަހަރެމެން ކުރާނެ ނުބައި ކަންތަކުން އަހަރެމެންނަށް ލިބެންވީ މުސީބާތާއި، ކޯފާ، އެކަލޭގެފާނު އިސްތަށިފުޅުގައި އެޅުއްވިއެވެ. އެއީ ހަމަ ވަޙީކުރެއްވިގެންވީ ބަސްފުޅުގައި ލިޔެވިގެންވީ ފަދައިންނެވެ. ”މުޑިއަކަށް މޮހޮރުޖަހާ ނެގިފައިވާ ކޮންމެ މީހަކީ ލަޢުނަތް ލެއްވިފައިވާ މީހެކެވެ.“
މިއަދު މާތްރަސްކަލާނގެ ކަލޭގެ މައްޗަށް އަހަރެން ބާރުވެރި ކުރައްވާނެ. އަހަރެން ކަލޭ ބަލިކޮށް ކަލޭގެ ކަރު ބުރިކޮށްލާނަން. އަދި ފިލިސްޠީނުންގެ ހަނގުރާމަވެރިންގެ ގައިގައި ހުރި މަސްތައް މިތިބަ ދޫނިތަކާއި ވަލުޖަނަވާރުތަކަށް ކާންދޭނަން. އޭރުން މި ދުނިޔޭގެ އެންމެންނަށް ވެސް އެނގޭނެ ޙަޤީޤީ ކަލާނގެއަކީ އިސްރާއީލީންގެ ކަލާނގެ މާތްކަލާނގެ ކަން.