18 ޔޫސުފުގެފާނު ވިދާޅުވިއެވެ. ”ތިޔަ ހުވަފެނުގެ ތަޢުބީރު ދައްކައިދެނީ މިފަދައިން. ތިބާއަށް ފެނުނު ތިން ވަށިގަނޑަކީ ތިން ދުވަސް.
ޔޫސުފުގެފާނު ވިދާޅުވިއެވެ. ”ތިޔަ ހުވަފެން ތިބާއަށް އަހަރެން ތަޢުބީރު ކޮށްދޭނަން. ތިން އޮފިގަނޑު މާނަކޮށްދެނީ ތިން ދުވަސްކަމުގައި.
އެ ވަށިގަނޑުތަކުގެ ތެރެއިން އެންމެމަތީގައި ބެހެއްޓިފައިވީ ވަށިގަނޑުގައި ހުރީ ރަސްގެފާނުގެ ފަރީއްކޮޅަށް ފިހެފައިވީ ކާތަކެތި. ނަމަވެސް އަހަރެންގެ ބޯމަތީގައި ވީ ވަށިގަނޑުގައި ހުރި ކާތަކެތި ދޫނިތައް އައިސް ކާންފެށި.“
ތިން ދުވަސް ނިމުމުގެ ކުރިން ރަސްގެފާނު ތިބާގެ ބޯ ކަނދުރާއިން ވަކިކުރައްވާނެ! އަދި ތިބާގެ ހަށިގަނޑު މުޑިއަކަށް ނަންގަވާނެ. އެއަށް ފަހު ދޫނިތައް އައިސް ތިބާގެ މަސްތައްކާނެ.“
އެ ހިނދު އަޅުގަނޑުމެންނާއި އެކުގައި ގަނޑުވަރުގެ އިސް ފާރަވެރިޔާގެ އަޅުކުއްޖާ ހައްޔަރު ކުރެވިފައިވި. އަޅުގަނޑުމެން ދެމީހުންގެ ހުވަފެން ތަޢުބީރު ކޮށްދިނީ އެ ޢިބްރާނީ އަޅު ކުއްޖާ.
ޅަނދޮޅު، ފަލަ ހަތް ގެރީގެ ތަޢުބީރަކީ ހަތް އަހަރު ދުވަސް. އަދި އެންމެ ކުރިއެއްގައި ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑުގެ ތަޢުބީރަކީ ވެސް ހަމަ ހަތް އަހަރު ދުވަސް.