Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 40:15 - ކިތާބުލް މުޤައްދަސާ

15 އަހަރެންނަކީ އަހަރެންގެ އުފަންވި ރަށް ކަމުގައިވާ ޢިބްރާނީއިން ރަހީނުކުރެވިގެން މިޞްރަށް ގެނެވުނު މީހެއް. އަހަރެން ޖަލުގައި ހައްޔަރު ކުރެވިފައި މިވަނީ އެއްވެސް ކުށެއް ކޮށްގެންނެއް ނޫން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 40:15
19 ပူးပေါင်းရင်းမြစ်များ  

މި ހަނގުރާމައިން ސަލާމަތްވި މީހަކު ހިނގާދިޔަ ކަންތަކުގެ ވާހަކަ އަބްރާމްއަށް ކިޔައިދިނެވެ. އޭރު ޢިބްރާނީ ދަރިކޮޅުގެ އަބްރާމް ދިރިއުޅެމުން ގެންދަވަނީ އަމޫރީންގެ ގަބީލާގެ މަމްރާއަށް މިލްކުވެގެންވާ ބޮޑު ބިޔަ ގަސްތަކުގެ ތެރޭގައެވެ. މަމްރާ އާއި އޭނާގެ ދެ ކޮއްކޮ އަޝްކޫލް އާއި ޢާނިރު އަކީ އަބްރާމްގެ ބައިވެރިންނެވެ.


އެގޮތުން ފޫޠީފާރު ޔޫސުފުގެފާނު ހައްޔަރުކޮށް ރަސްގެފާނުގެ ކުށްވެރިން ގައިދުކޮށްފައި ބައިތިއްބާ ޖަލަށް ޔޫސުފުގެފާނު ލައި ބަންދުކުރިއެވެ. ޔޫސުފުގެފާނު ޖަލުގައި ހުންނެވި ހިނދު


އެއަށް ފަހު ރަސްގެފާނަށް ފަރިއްކޮޅު ތައްޔާރުކުރާ ޚާދިމު ޔޫސުފުގެފާނު ހުވަފެން ތަޢުބީރު ކޮށްދެއްވި ގޮތާއިމެދު ނުހަނު ހިތްހަމަޖެހި އޭނާގެ ހުވަފެން އެކަލޭގެފާނަށް މިފަދައިން ކިޔައިދެމުން ގެންދިޔައެވެ. ”⁠އަހަރެންގެ ހުވަފެނުގައި ދުށީ ފޮނިކާތަކެތި އަޅާފައިވީ ތިން ވަށިގަނޑު އަހަރެންގެ ބޯމަތީގައި ވަނިކޮށް.


އެ ހިނދު އަޅުގަނޑުމެންނާއި އެކުގައި ގަނޑުވަރުގެ އިސް ފާރަވެރިޔާގެ އަޅުކުއްޖާ ހައްޔަރު ކުރެވިފައިވި. އަޅުގަނޑުމެން ދެމީހުންގެ ހުވަފެން ތަޢުބީރު ކޮށްދިނީ އެ ޢިބްރާނީ އަޅު ކުއްޖާ.


ގަދަކަމުން މީހުން އަތުލައިގަންނަ މީހުން ވެސް މަރާލަން ޖެހޭނެ. އެއީ އެ އަތުލައިގަތް މީހުން އޭނާ ގެންގުޅުނު ކަމުގައިވިޔަސް ނުވަތަ ވިއްކާލި ކަމުގައިވިޔަސްމެ.


ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންގެ ބައްޕާފުޅު އެންގެވި ގޮތުގެ މަތިން އަހަރެން ކަލޭމެންނަށް އެތައް ރަނގަޅު ކަންތަކެއް އަންގާދީ ދައްކައި ދިނިން. ވީއިރު ކަލޭމެން އަހަރެން މަރާލަން ތިޔަ އުޅެނީ އެކަންތައްތަކުގެ ތެރެއިން ކޮންކަމެއްގެ ސަބަބުންތަ؟⁠“


މިހެން ކަންތައް ވުމުގެ ސަބަބުން ބާވައިލެއްވުނު ފޮތްތަކުގައި ލިޔެވިގެންވީ މިބަސްފުޅު ވެސް ތެދަކަށް ވެއްޖެ. އެއީ ލިޔެވިގެންވޭ. ’⁠އެމީހުން އަހަރެންދެކެ ރުޅިއައިސް ނަފްރަތުކުރީ އެއްވެސް ސަބަބަކާއި ނުލައޭ.⁠‘


މި ޤާނޫނުތައް ހިފެހެއްޓިފައި ވަނީ އިންސާނުންގެ ތެރެއިން ފާޙިޝް އަމަލުތައްކުރާ މީހުންނާއި އެއްޖިންސުން ގުޅުންހިންގާ މީހުންނާއި އަޅުން ގަނެވިއްކާ ފަރާތްތަކާއި ދޮގުވެރިންނާއި ހުވަޔާ ޚިލާފުވާ ފަރާތްތަކަށެވެ. އަދި ތެދު އުނގަންނައިދިނުންތަކާއި ދެކޮޅުވެރިވާ މިނޫން ވެސް ހުރިހާ ފަރާތްތަކަށެވެ.


ބައްޕާފުޅާ، ނިކަން ބައްލަވަ މިއޮތީ ކަލޭގެފާނުގެ ހެދުންކޮޅުން އަޅުގަނޑު ކަނޑާފައިވާ އެތިކޮޅެއް. އަޅުގަނޑު ކެނޑީ މި އެތިކޮޅު. އެކަމަކު ކަލޭގެފާނަށް ޣައްދާރުވެ އަވަހާރަ ކޮށެއް ނުލަން. މިހާރު ގަބޫލު ކުރެއްވޭނެ ނޫންތޯ މަނިކުފާނު އަޅުގަނޑު އަތުލައިގަނެ މަރާލަން އުޅުއްވި އިރު ވެސް އަޅުގަނޑު ކަލޭގެފާނަށް ގެއްލުމެއް ދޭން ނޫޅޭކަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ