Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 4:9 - ކިތާބުލް މުޤައްދަސާ

9 މާތްރަސްކަލާނގެ ޤާއިންއަށް ވަޙީކުރެއްވިއެވެ. ”⁠ޤާޔީން! ކަލޭގެ ކޮއްކޮ ހާބީލް ކޮބާ؟⁠“ މީގެ ޖަވާބުގައި ޤާޔީން ދެންނެވީ މިހެންނެވެ. ”⁠އޭނާ ވީތަނެއް މަށަކަށް ނޭނގެ. މަމީ މަގޭ ކޮއްކޮ ބަލަހައްޓާ މީހާތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 4:9
11 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ޔަހޫޛާ އޭނާގެ އަޚުންނަށް މިފަދައިން ޚިޔާލު ދިނެވެ. ”⁠އަހަރެމެންގެ ކޮއްކޮ މަރާލާފައި، އެކަލޭގެ ހަށިގަނޑު ފޮރުވުމުން އަހަރެމެންނަށް އެކަމުން ކުރާނީ ކޮންފައިދާއެއް؟


އެއަށް ފަހު އެބައިމީހުން އަތްދިގު ރިދާކޮޅު ހިފައިގެން ގޮސް އެބައިމީހުންގެ ބަފައިކަލުންގެ އަތްޕުޅަށް އަރުވައި މިފަދައިން ދެންނެވިއެވެ. ”⁠މި ރިދާ އަޅުގަނޑުމެންނަށް ފެނުނީ މައިދާނުގެ ތެރެއިން! މިއީ ބަފައިކަލުންގެ ދަރިކަލުން ޔޫސުފުގެ ރިދާކޮޅުތޯ؟⁠“


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭ ތިޔަކުރީ ކޮންފަދަ އަނިޔާވެރި ކަމެއް؟ ބިންގަނޑުގެ މައްޗަށް އޮހޮރުނު ކަލޭގެ ކޮއްކޮގެ ލޭ ކަލެއަށް އަދަބު ދިނުމަށް އެދި އެބަ އާދޭސް ދަންނަވާ.


ފާފަތައް ފޮރުވާ މީހާއަކަށް ކާމިޔާބެއް ނެތެވެ. ފާފަތަކަށް އިޢުތިރާފްވެ އެނބުރިގަންނަ މީހާއަށް ރަޙުމަތް ލައްވައެވެ.


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ